އީދު އުފާ: ކެންދޫގައި ކޯޑި އާއި ނައުކޮޅުގެ ކުޅިވަރު

ބ. ކެންދޫ: ޖޫން 20، 2024: ކެންދޫގައި ކޯޑި ކުޅިވަރު ކުޅެމުން އަންނަނީ އިހުގެ އެންމެ ސަގާފީ ގޮތަށް. މި ކުޅިވަރު ދެ ދުވަހަށް ދެމިގެންދޭ. ފުރަތަމަ ދުވަހު އަންހެނުން ކޯޑި ޖެހުމުން ފިރިހެނުން ކޯޑި ކަނޑައި، ކޯޑި ކުޅެ، ރަށުގެ ހުރިހާ އެންމެންނަށް މެންދުރު ކެއުން ދޭ. ދެ ވަނަ ދުވަހު ފިރިހެނުން ކޯޑި ޖެހުމުން އަންހެނުން ކޯޑި ކަނޑައި، ކޯޑި ކުޅެ، ރަށުގެ އެންމެންނަށް މެންދުރު ކެއުން ދޭނެ. އަދި އެ ދުވަހު ނައު ކަނޑާފައި، ޖެހިގެން އަންނަ ދުވަހު ނައުން ދަތުރުކުރި މެހުމާނުން ރަށަށް ފޭބުމުން އެ މީހުންނަށް މަރުހަބާ ކިޔައި ރަށް ދައްކާލުން ކުރިއަށް ގެންދޭ. މި ފަހަރު ކެންދޫގައި ބޮޑު އީދުގެ ކުޅިވަރުތައް ވަނީ ކުލަގަދަކޮށް ކުރިއަށް ގެންގޮސްފައި. އޭގެ ތެރެއިން އެންމެ ބޮޑު ތަރުހީބެއް ލިބުނު އެއް ހަރަކާތަކީ ވެސް ކޯޑި ކެނޑުމާއި ނައުކޮޅުގެ ކުޅިވަރަށް.--- ފޮޓޯތައް: ފަޔާޒު މޫސާ | މިހާރު

ފަޔާޒް މޫސާ
ފަޔާޒް މޫސާ
20 ޖޫން 2024
ކެންދޫގެ އަންހެނުން ކޯޑި ޖެހުމުން، ފިރިހެނުން ކޯޑި ކަނޑައިގެން ރަށުތެރޭގައި ކޯޑި ކުޅެނީ: މި ހަރަކާތުގައި ކެންދޫގެ ކުދި ބޮޑު ގިނަ ފިރިހެނުން ބައިވެރިވި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކެންދޫގައި ކޯޑި ކުޅެނީ: މި ހަރަކާތުގައި ރަށުގެ ގިނަބަ ޔާކައި އީދަށް ރަށަށް ޒިޔާރަތް ކުރި ގިނަ ބަޔަކު ބައިވެރިވި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކެންދޫ ރަށުތެރޭގައި ފިރިހެނުން ކޯޑި ކުޅެނީ: މި ކުޅިވަރުގައި ރަށުގެ ގިނަ ފިރިހެނުން ބައިވެރިވޭ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކެންދޫގެ ފިރިހެނުން ކޯޑި ކެނޑުމުން، އެ ރަށުގައި ބޭއްވި ކޯޑި ކުޅުމުގެ ހަރަކާތުގައި ކުޑަކުދިންތަކެއް ބައިވެރިވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކޯޑި ކެނޑުމަށް ފަހު، ކެންދޫގެ އެންމެންނަށް ފިރިހެނުންދޭ ކެއުމުގައި މީހުން ބައިވެރިވަނީ: މި ހަރަކާތުގައި ރަށުގެ ރައްޔިތުންނާއި ރަށަށް އީދަށް ޒިޔާރަތްކުރި މެހުމާނުން ވެސް ބައިވެރިވި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކޯޑި ކެނޑުމަށް ފަހު، ކެންދޫގެ އެންމެންނަށް އަންހެނުންދޭ ކެއުމުގައި މީހުން ބައިވެރިވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކޯޑި ކެނޑުމަށް ފަހު، ކެންދޫގެ އެންމެންނަށް ފިރިހެނުން ދޭ ކެއުމުގައި މީހުން ބައިވެރިވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މި ފަހަރުގެ ބޮޑު އީދު ފާހަގަކުރުމަަށް ކެންދޫގައި އަންހެނުން ކޯޑި ޖެހުމުން، އެ ރަށުގެ ފިރިހެނުން ރަށުގެ ރައްޔިތުނަށްނަށް މެންދުރުގެ ކެއުން ތައްޔާރުކުރަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މި ފަހަރު ކުލަގަދަކޮށް ބޮޑު އީދު ފާހަގަކުރި ކެންދޫގައި ނައުކޮޅުގެ ކުޅިވަރު ހަރަކާތުގައި ނައުކޮޅުން ފޭބި އިއްޒަތްތެރިންނަށް މަރުހަބާ ކިޔަން އެ ރަށުގެ ގިނަ ބަޔަކު ބަނދަރު ސަރަހައްދަށް ޖަމާވެފައި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ނައުކޮޅުން ދަތުރުކުރި އިއްޒަތްތެރިން ކެންދު އަށް ފޭބުމުން މަރުހަބާ ކިޔަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ނައުކޮޅުން ދަތުރުކުރި އިއްޒަތްތެރިން ގޮވައިގެން ކުޑަ ދޯންޏެއްގައި ކެންދޫގެ ފަޅުތެރެއަށް ވަންނަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މި ފަހަރު ކުލަ ގަދަކޮށް ބޮޑު އީދު ފާހަގަކުރި ކެންދޫގައި ނައުކޮޅު ބޭލުމަށް ފަހު، ނައުކޮޅު ރަށް ކައިރީގައި ދުއްވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކެންދޫގައި ކުލަގަދަކޮށް ފާހަގަކުރި މި އަހަރުގެ ބޮޑު އީދުގައި އެ ރަށުގައި ނައުކޮޅުގެ ކުޅިވަރު ކުރިއަށް ގެންދަނީ: ކޮންމެ އީދެއްގައި ސަގާފީ ކުޅިވަރެއްގެ ގޮތުގައި މި ރަށުގައި ވެސް ނައުކޮޅުގެ ކުޅިވަރު ބާއްވާ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ނައުކޮޅުގެ ކުޅިވަރަށް ކެންދޫގައި ނައުކޮޅު މޫދަށް ބާލަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކެންދޫގައި ނައުކޮޅު ކުޅިވަރަށް ނައު ބަނުމަށް ފަހު، އެ ރަށުގެ ފިރިހެނުން ނައު ކޮޅު މޫދަށް ބޭލުމުގެ މަސައްްކަތް ކުރަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކޯޑި ކެނޑުމަށް ފަހު، ކެންދޫގެ އަންހެނުން ރަށުތެރޭގައި ކޯޑި ކުޅެނީ: ކޯޑި ކެނޑުމަށްފަ ހު ރަށުގެ އެންމެންނަށް އަންހެނުން ކާން ދޭ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކެންދޫގައި ފިރިހެނުން ކޯޑި ޖެހުމުން، އަންހެނުން ކޯޑި ކަނޑައިގެން ރަށުތެރޭގައި ކޯޑި ކުޅެނީ: މި ހަރަކާތުގައި ރަށުގެ ހުރިހާ އަންހެނުން ބައިވެރިވޭ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ފިރިހެނުން ކޯޑި ޖެހުމުން، އަންހެނުން ކޯޑި ކަޑައިގެން ރަށުތެރޭގައި ކޯޑި ކުޅެނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އިތުރު ފޮޓޯ ގެލަރީ