ފޮޓޯގެލަރީ / ކުޅިވަރު

ބަންޑާރަ ކަޕް 2025

ފަޔާޒް މޫސާ

8 މެއި 2025

މާލެ - މެއި 8، 2025: ބަންޑާރަ ނައިބުގެ އޮފީހުގެ ރެކްރިއޭޝަން ކްލަބް، ބަންޑާރަ ކްލަބުން އިންތިޒާމްކޮށްގެން ބާއްވާ 'ބަންޑާރަ ކަޕް މިއަދު ހެންވޭރު ދަނޑުގައި ފެށުން. މިއީ މި މުބާރާތް މެދުނުކެނޑި ބާއްވާ ހަތަރު ވަނަ އަހަރު. މި މަހުގެ 8 އިން 17 ގެ ނިޔަލަށް ކުރިއަށް ގެންދާ މި މުބާރާތުގައި ޖުމްލަ 24 ޓީމް ބައިވެރިވޭ. މި މުބާރާތަކީ ރާއްޖޭގެ ޝަރުޢީ އަދި ޤާނޫނީ ދާއިރާގައި ހިމެނޭ ދައުލަތުގެ މުއައްސަސާތަކާއި ޤާނޫނީ ޚިދުމަތްދޭ އަމިއްލަ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކޮށް، ކުޅިވަރުގެ ވާދަވެރި މާޙައުލެއްގައި އެކުވެރިކަން އާލާކުރަން ބަންޑާރަނައިބުގެ އޮފީހުން ކުރިއަށް ގެންދާ މުބާރާތެއް -- ފޮޓޯތައް: ފަޔާޒު މޫސާ | މިހާރު

ބަންޑާރަ ކަޕްގެ މެޗެއް ކުރިއަށް ދަނީ. މި އަހަރު މުބާރާތުގައި 24 ޓީމް ބައިވެރިވޭ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ބަންޑާރަ ކަޕްގެ މެޗެއް ކުރިއަށް ދަނީ. މި މުބާރާތް ކުރިއަށް ދާނީ މިއަދުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށް -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ބަންޑާރަ ކަޕްގަައި ސިވިލް ކޯޓްގެ ސީވީސީ ޓީމާއި ޕީޖީގެ ޓީމް ބައްދަލުކުރި މެޗުގައި ޕީޖީ ޓީމަށް އެ އޮފީހުން މުވައްޒަފުން ސަޕޯޓް ކުރަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ބަންޑާރަ ކަޕްގައި އަންހެން ޑިވިޝަންގެ މެޗެއް ކުރިއަށް ދަނީ. މި އަހަރު މުބާރާތުގައި އަންހެން ޑިވިޝަންގައި 11 ޓީމް ވަނީ ބައިވެރިވެފައި -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ބަންޑާރަ ކަޕްގެ މެޗެއް ކުރިއަށް ދަނީ. މި މުބާރާތް ކުރިއަށް ދާނީ މިއަދުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށް -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ބަންޑާރަ ކަޕްގައި އަންހެން ޑިވިޝަންގެ މެޗެއްގައި ގޯލް ޖެހުމަށްފަހު އުފާފާޅުކުރަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ބަންޑާރަ ކަޕްގަައި ސިވިލް ކޯޓްގެ ސީވީސީ ޓީމާއި ޕީޖީގެ ޓީމް ބައްދަލުކުރި މެޗު ކުރިއަށް ދަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ބަންޑާރަ ކަޕްގައި އަންހެން ޑިވިޝަންގެ މެޗެއް ކުރިއަށް ދަނީ. މި އަހަރު މުބާރާތުގައި 24 ޓީމް ބައިވެރިވޭ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ބަންޑާރަ ކަޕްގެ މެޗެއް ކުރިއަށް ދަނީ. މި އަހަރު މުބާރާތުގައި 24 ޓީމް ބައިވެރިވޭ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ބަންޑާރަ ކަޕްގަައި އޮޑިޓާ ޖެނެރަލް އޮފީހުގެ ޓީމް ގޯލް ކީޕަރުކަން އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ ބަލަހައްޓަވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ބަންޑާރަ ކަޕްގަައި ސިވިލް ކޯޓްގެ ސީވީސީ ޓީމާއި ޕީޖީގެ ޓީމް ބައްދަލުކުރި މެޗު ކުރިއަށް ދަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ހެންވޭރު ދަނޑުގައި ކުރިއަށް ގެންދާ ބަންޑާރަ ކަޕް ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ކްރިމިނަލް ކޯޓްގެ އިސް ގާޒީ އާދަމް މުހައްމަދު (ކ) އާއި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާ އަމްޖަދް މުސްތަފާ ވާހަކަ ދައްކަވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ބަންޑާރަ ކަޕް ފެށުމުގެ ކުރިން މި މުބާރާތުގައި ބައިވެރިވާ ޓީމްތަކާއެކު އޭޖީ އުޝާމާއި ޕީޖީ އައްބާސާއި ފަނޑިޔާރުން ގުރޫޕް ފޮޓޯއެއް ނަގަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ބަންޑާރަ ކަޕް ފެށުމަށް ބޭއްވި ކުޑަ ހަފްލާގައި ޕީޖީ އައްބާސް ޝަރީފް، އެޓާނީ ޖެނެރަލް އަހުމަދު އުޝާމްގެ އިތުރުން ކޯޓްތަކުގެ އިސްފަނޑިޔާރުންނާއި ޖޭއެސްސީގެ ރައީސް އަދި ގާނޫނީ ދާއިރާގެ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ބަންޑާރަ ކަޕް ފެށުމަށް ބޭއްވި ކުޑަ ހަފްލާގައި ޕީޖީ އައްބާސް ޝަރީފް، އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އަދި ހައި ކޯޓްގެ އިސް ފަނޑިޔާރު މުހައްމަދު ފައިސަލް ބައިވެރިވެ ވަޑައިގަންނަވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

mihaaru logo

Copyright © 2025 Mihaaru · Terms and Conditions · Privacy Policy