ފޮޓޯގެލަރީ / ކުޅިވަރު

ކާވާ ކަޕްގެ ޗެމްޕިއަންކަން ކިރިގިސްތާނުން ހޯދުން

ފަޔާޒް މޫސާ

26 ޑިސެމްބަރ 2025

މާލެ - ޑިސެމްބަރު 25، 2025؛ ފަހަތުން އަރައި ރާއްޖެ ބަލިކޮށް، ކާވާ ކަޕްގެ އަންހެން މުބާރާތުގެ ޗެމްޕިއަންކަން ކިރިގިސްތާނުން ހޯދުން: މި މެޗު ތަޖިކިސްތާނުން ކާމިޔާބު ކުރީ 3-1 ސެޓުން. މިއީ ވިދިވިދިގެން ކިރިގިސްތާނު އަތުން ފައިނަލުގައި އަމިއްލަ ގައުމުގައި ކުޅެ ރާއްޖެ ބަލިވި ދެވަނަ ފަހަރު. މުބާރާތުގެ ރައުންޑް ރޮބިން ބުރުގައި ރާއްޖޭން ވަނީ ކިރިގިސްތާނުގެ މައްޗަށް 3-1 ސެޓުން މޮޅުވެފައި. މުބާރާތް ކާމިޔާބުކުރި ޓީމަށް ތަށި ހަވާލުކޮށްދެއްވީ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު.--- ފޮޓޯތައް: ފަޔާޒު މޫސާ | މިހާރު

ކާވާ ކަޕް ކާމިޔާބް ފައިނަލުގައި 3-1 ސެޓުން ރާއްޖެ ބަލިކޮށް މުބާރާތް ކާމިޔާބުކުރީ ކިރިގިސްތާންގެ ގައުމީ ވޮލީ އަންހެން ޓީމާ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ތަށި ހަވާލުކޮށްދެއްވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކާވާ ކަޕް ކާމިޔާބް ފައިނަލުގައި 3-1 ސެޓުން ރާއްޖެ ބަލިކޮށް މުބާރާތް ކާމިޔާބުކުރި ކިރިގިސްތާން ޓީމުގެ ކޯޗު ތައްޓާއެކު އުފާފާޅުކުރަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކާވާ ކަޕްގެ ފައިނަލުގައި 3-1 ސެޓުން ރާއްޖެ ބަލިކޮށް މުބާރާތް ކާމިޔާބުކުރި ކިރިގިސްތާންގެ ގައުމީ އަންހެން ވޮލީ ޓީމުގެ ކުޅުންތެރިން ތައްޓާއެކު އުފާފާޅުކުރަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކާވާ ކަޕް ކާމިޔާބުކުރާ ޓީމަށް ދޭ ތަށި ސްޓޭޖަށް އަރުވަނީ: ފައިނަލުގައި 3-1 ސެޓުން ރާއްޖެ ބަލިކޮށް މުބާރާތް ކާމިޔާބުކުރީ ކިރިގިސްތާން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު.

ކާވާ ކަޕްގެ ދެވަނަ ޓީމަކަށް ހޮވުނު ރާއްޖޭގެ ގައުމީ ވޮލީ އަންހެން ޓީމު ފޮޓޯއަކަށް ހުއްޓިލައިގެން: ފައިނަލް މެޗުގައި ކިރިގިސްތާނާ ވާދަކޮށް ރާއްޖެ ބަލިވީ 3-1 ސެޓުން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކާވާ ކަޕްގެ ދެވަނަ ޓީމަކަށް ހޮވުނު ރާއްޖޭގެ ގައުމީ ވޮލީ އަންހެން ޓީމގެ ކުޅުންތެރިންނާ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު މެޑަލް ހަވާލުކޮށްދެއްވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކާވާ ކަޕް 2025ގެ ޑްރީމް ޓީމަށް ހޮވުނު ކުޅުންތެރިން ފޮޓޯއަކަށް ހުއްޓިގެން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކާވާ ކަޕްގެ ފައިނަލް މެޗުގައި ރާއްޖެ އާއި ކިރިގިސްތާން ބައްދަލުކުރި މެޗަށް ފަހު، ދިވެހި ގައުމީ ވޮލީ ޓީމުގެ ކުޅުންތެރިން ބައްދާލަނީ: މި މެޗު 3-1 ސެޓުން ކާމިޔާބުކުރީ ކިރިގިސްތާން ޓީމު.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކާވާ ކަޕްގެ ފައިނަލް މެޗުގައި ރާއްޖެ އާއި ކިރިގިސްތާން ބައްދަލުކުރި މެޗުގެ ފަހު ޕޮއިންޓް ހޯދައި، މުބާރާތް ކާމިޔާބުކުރުމަށް ފަހު ކިރިގިސްތާންގެ ގައުމީ ވޮލީ ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކާވާ ކަޕް ފައިނަލް މެޗުގައި 3-1 ސެޓުން ކިރިގިސްތާނު އަތުން ބަލިވުމާ ގުޅިގެން، ދިވެހި ގައުމީ ވޮލީ އަންހެން ޓީމުގެ ކުޅުންތެރިން ކޯޓު ތެރޭގައި މަޑުކޮށްލައިގެން: މިއީ ކިރިގިސްތާނު އަތުން ފައިނަލުގައި ރާއްޖޭން އަމިއްލަ ގައުމުގައި ކުޅެ ވިދިވިދިގެން ބަލިވި ދެވަނަ ފަހަރު.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކާވާ ކަޕްގެ ފައިނަލް މެޗުގައި ރާއްޖެ އާއި ކިރިގިސްތާން ބައްދަލުކުރި މެޗުގެ ފަހު ޕޮއިންޓު ހޯދައި، މުބާރާތް ކާމިޔާބު ކުރުމަށް ފަހު ކިރިގިސްތާން ކުޅުންތެރިޔާ އުފާފާޅުކުރަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކާވާ ކަޕްގެ ފައިނަލް މެޗުގައި ރާއްޖެ އާއި ކިރިގިސްތާން ބައްދަލުކުރި މެޗުގައި ރާއްޖޭގެ ގައުމީ ޓީމުގެ ކުޅުންތެރިން ފޮނުވައިލި ބޯޅަ މަތަކުރަން ކިރިގިސްތާން ކުޅުންތެރިން މަސައްކަތް ކުރަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކާވާ ކަޕްގެ ފައިނަލް މެޗުގައި ރާއްޖެ އާއި ކިރިގިސްތާން ބައްދަލުކުރި މެޗުގައި ގިނަ އަދަދެއްގެ ބަޔަކު ސޯޝަލް ސެންޓަރަށް ވަދެ ވަނީ ގައުމީ ޓީމަށް ހިތްވަރު ދީފައި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކާވާ ކަޕްގެ ފައިނަލް މެޗުގައި ރާއްޖެ އާއި ކިރިގިސްތާން ބައްދަލުކުރި މެޗުގައި ޕޮއިންޓެއް ހޯދުމަށް ފަހު ގައުމީ ޓީމް ކުޅުންތެރިން އުފާ ފާޅުުކުރަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކާވާ ކަޕްގެ ފައިނަލް މެޗުގައި ކިރިގިސްތާނުން ފޮނުވާލި ބޯޅަ ބްލޮކް ކުރަން ރާއްޖޭގެ ގައުމީ ޓީމް ކުޅުންތެރިން މަސައްކަތް ކުރަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

mihaaru logo

Copyright © 2026 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy