ފޮޓޯގެލަރީ / ކުޅިވަރު

މާޒިޔާ ހަ ވަނަ ފަހަރަށް ޗެރިޓީ ޝީލްޑް ކާމިޔާބުކުރުން

ފަޔާޒް މޫސާ

16 ސެޕްޓެމްބަރ 2025

މާލެ - ސެޕްޓެމްބަރު 15، 2025: މި އަހަރުގެ ފުޓުބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗު: މި މެޗު 0-2 ލަނޑުން އީގަލްސް ބަލިކޮށް ޗެރިޓީ ޝީލްޑް މެޗު ކާމިޔާބުކުރީ މާޒިޔާ. މިދިޔަ މޭ މަހު އެފްއޭއެމުން ބޭއްވި ނުރަސްމީ މުބާރާތް ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދީ މާޒިޔާ އިން. ޗެރިޓީ ޝީލްޑް މާޒިޔާއިން ކާމިޔާބުކުރި މީ ހަވަނަ ފަހަރު. ޗެރިޓީ ޝީލްޑާ އެކު، މާޒިޔާ އަށް އިނާމު ފައިސާގެ ގޮތުގައި ލިބުނު 100،000ރ. ގެ ތެރެއިން ބައެއް އެ ކްލަބުން ވަނީ ލޯފަން މީހުންގެ ޖަމިއްޔާ (ބީވީއައިއެސްއެމް) އަށް ހަދިޔާ ކުރަން ނިންމާފައި.--- ފޮޓޯތައް: ފަޔާޒު މޫސާ | މިހާރު

އީގަލްސް ބަލިކޮށް އެފްއޭއެމް ޗެރިޓީ ޝީލްޑް ކާމިޔާބު ކުރުމަށް ފަހު، މާޒިޔާގެ ކުޅުންތެރިން އައްޑަނައާ އެކު އުފާފާޅު ކުރަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޗެރިޓީ ޝީލްޑް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މާޒިޔާގެ އައިހަމް، އެ ޓީމުގެ އެހެން ކުޅުންތެރިންނާ އެކު އުފާފާޅު ކުރަނީ.---- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާ އާއި އިގާލްސް ކުޅުނު މެޗުގައި އީގަލްސް ކުޅުންތެރިޔާ ބޯޅަ ހިފައިގެން ދާން މަސައްކަތް ކުރަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މާޒިޔާގެ ހަމްޒާ (ކ) އަތުން ބޯޅަ ހޯދަން އީގަލްސްގެ ކުޅުންތެރިން މަސައްކަތް ކުރަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާގެ ޒުވާން ކުޅުންތެރިޔާ އިލާން ބޮލުން ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށަން ކުޅޭ ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާ ކުޅުންތެރިން އަތުން ބޯޅަ ހޯދަން އީގަލްސް ކުޅުންތެރިޔާ މަސައްކަތް ކުރަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މި އަހަރުގެ ފުޓުބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން މާޒިޔާ އާއި އީގަލްސް ކުޅުނު ޗެރިޓީ ޝީލްޑް މެޗަށް ފަހު، ދެ ޓީމުގެ ކޯޗުން ސަލާން ކުރަނީ: 0-2 އިން ލަނޑުން މެޗު ކާމިޔާބު ކުރީ މާޒިޔާ އިން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މި އަހަރުގެ ފުޓުބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗު އެފްއޭއެމްގެ ރައީސް ތޯރިގް (ޓޮމް) އާއި އެފްއޭއެމްގެ އިސްބޭފުޅުން ބައްލަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މާޒިޔާ އާއި އީގަލްސް ކުޅުނު ޗެރިޓީ ޝީލްޑް މެޗު ބެލުމަށް ގަލޮޅު ދަނޑަށް މީހުން ވަދެ އިށީނދެގެން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޗެރިޓީ ޝީލްޑް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މާޒިޔާގެ އައިހަމް އަށް ހަނދާނީ ފިލާ ދެނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޗެރިޓީ ޝީލްޑާ އެކު، މާޒިޔާ އަށް އިނާމު ފައިސާގެ ގޮތުގައި ލިބުނު 100،000ރ. ގެ ތެރެއިން ބައެއް، ލޯފަން މީހުންގެ ޖަމިއްޔާ (ބީވީއައިއެސްއެމް) އަށް ހަދިޔާ ކުރަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އީގަލްސް ބަލިކޮށް އެފްއޭއެމް ޗެރިޓީ ޝީލްޑް ކާމިޔާބު ކުރުމަށް ފަހު، މާޒިޔާގެ ކުޅުންތެރިން އައްޑަނައާ އެކު އުފާފާޅު ކުރަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އީގަލްސް ބަލިކޮށް އެފްއޭއެމް ޗެރިޓީ ޝީލްޑް ކާމިޔާބު ކުރުމަށް ފަހު، މާޒިޔާގެ ނާއިޒު ހަސަން (ދާދު) ޝީލްޑާ އެކު، ފޮޓޯއަކަށް ހުއްޓިގެން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އީގަލްސް ބަލިކޮށް އެފްއޭއެމް ޗެރިޓީ ޝީލްޑް ކާމިޔާބު ކުރުމަށް ފަހު، މާޒިޔާގެ ކޯޗު ލުއިސްމާ ހެނާންޑޭޒް ޝީލްޑާ އެކު، ފޮޓޯއަކަށް ހުއްޓިގެން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އީގަލްސް ބަލިކޮށް އެފްއޭއެމް ޗެރިޓީ ޝީލްޑް ކާމިޔާބު ކުރުމަށް ފަހު، ޒުވާން ކުޅުންތެރިޔާ މުހައްމަދު އިލާން އިމްރާނާއި މާޒިޔާގެ ކޯޗު ލުއިސްމާ ހެނާންޑޭޒް ޝީލްޑް އެކު، ފޮޓޯއަކަށް ހުއްޓިގެން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެފްއޭއެމް ޗެރިޓީ ޝީލްޑް ކާމިޔާބު ކުރުމަށް ފަހު، ޒުވާން ކުޅުންތެރިޔާ މުހައްމަދު އިލާން އިމްރާން ޝީލްޑާ އެކު، ފޮޓޯއަކަށް ހުއްޓިގެން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މާޒިޔާގެ ތިން ގޯލްކީޕަރުން މެޗަށް ފަހު، ޝީލްޑްއާ އެކު ފޮޓޯއަކަށް ހުއްޓިގެން---- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

mihaaru logo

Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy