ފޮޓޯގެލަރީ / ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް މުއިއްޒުގެ ސިންގަޕޫރު ދަތުރުފުޅު

ފަޔާޒް މޫސާ

2 ޖުލައި 2025

ސިންގަޕޫރު - ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅު: މި ދަތުރުފުޅަކީ ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދައުވަތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅެއް. މިނިސްޓަރުންނާ ބައެއް ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެރިވެ ވަޑައިގަންނަވާ މި ދަތުރުފުޅުގައި މޯލްޑިވްސް-ސިންގަޕޫރު ބިޒްނަސް ފޯރަމް ބާއްވައި ރާއްޖޭގެ ފުރަތަމަ އެސްއީޒެޑް އިންވެސްޓްމަންޓް މަޝްރޫއުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައި. -- ފޮޓޯތައް: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރަން ބޭއްވި ހަފްލާގައި ބަޔަކު ރައީސްއާ އެކު ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރަން ބޭއްވި ހަފްލާގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު (މ) އާ އެކު ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒި ސިންގަޕޫރަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރަން ބޭއްވި ހަފްލާގައި ފިލްމީ ތަރި އިސްމާއިލް ވަޖީހުއާ އެކު. -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒި ސިންގަޕޫރަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރަން ބޭއްވި ހަފްލާގައި ދިވެހި އާއިލާއެއް ރައީސްގެ ދެކަނބަލުންނާ އެކު ފޮޓޯއެއް ނަގަނީ. -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒި ސިންގަޕޫރަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރަން ބޭއްވި ހަފްލާގައި ބައެއް ދިވެހިން. -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒި ސިންގަޕޫރަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރަން ބޭއްވި ހަފްލާގައި ބައެއް ދިވެހިން. -- ފޮޓޯ: ރައީސް އޮފީސް

ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރެއްވުމަށް ބޭއްވި ހަފްލާގައި ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ވާހަކަދައްކަނީ. -- ފޮޓޯ: ރައީސް އޮފީސް

ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވި ހަފްލާގައި ކެބިނެޓް މިނިސްޓަރުންނާއި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވަނީ. -- ފޮޓޯ: ރައީސް އޮފީސް

ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ބޭއްވި ހަފްލާގައި ރައީސް ޑރ މުހައްމަދު މުއިއްޒުގެ ދެކަނބަލުންނާއި ކެބިނެޓް މިނިސްޓަރުން. -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ވަޑައިގަތުމުން މަރުހަބާ ކިޔަނީ. -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު އައި.ޓީ.އީ ހެޑްކުއާޓާސް އެންޑް އައި.ޓީ.އީ ކޮލެޖް ސެންޓްރަލަށް ކުރެއްވި ޒިޔާރަތުގައި އެ ތަނުގެ އިސްވެރިންނާ އެކު ގްރޫޕް ފޮޓޯއެއް ނަންގަވަނީ. -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން އައި.ޓީ.އީ ހެޑްކުއާޓާސް އެންޑް އައި.ޓީ.އީ ކޮލެޖް ސެންޓްރަލަށް ކުރެއްވި ޒިޔާރަތުގައި އެތަނުގެ މަސައްކަތް ބައްލަވާލައްވަނީ. -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އައި.ޓީ.އީ ހެޑްކުއާޓާސް އެންޑް އައި.ޓީ.އީ ކޮލެޖް ސެންޓްރަލަށް ކުރެއްވި ޒިޔާރަތުގައި އެ ތަނުގެ އިސްވެރިންނާ ބައްދަލުކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު އައި.ޓީ.އީ ހެޑްކުއާޓާސް އެންޑް އައި.ޓީ.އީ ކޮލެޖް ސެންޓްރަލަށް ކުރެއްވި ޒިޔާރަތުގައި އެ ތަނުގެ އިސްވެރިންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން އައި.ޓީ.އީ ހެޑްކުއާޓާސް އެންޑް އައި.ޓީ.އީ ކޮލެޖް ސެންޓްރަލަށް ކުރެއްވި ޒިޔާރަތުގައި އެ ތަނުގެ އިސްވެރިން ރައީސްއާ ބައްދަލުކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އައި.ޓީ.އީ ހެޑްކުއާޓާސް އެންޑް އައި.ޓީ.އީ ކޮލެޖް ސެންޓްރަލަށް ވަޑައިގެން އެ ތަނުގެ އިސްވެރިންނާ ބައްދަލުކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އައި.ޓީ.އީ ހެޑްކުއާޓާސް އެންޑް އައި.ޓީ.އީ ކޮލެޖް ސެންޓްރަލަށް ޒިޔާރަތްކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް

ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިހާރު ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ ރައީސް ދެއްވި ފަރިއްކޮޅަށް ފަހު ދެ ގައުމުގެ ރައީސުންނާއި އަނބިކަނބަލުން ފޮޓޯއަަކަށް ހުއްޓިވަޑައިގެން -- ފޮޓޯ؛ ރައީސް އޮފީސް

ރައީސްދެކަނބަލުންގެ ޝަރަފުގައި ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް ދެއްވި ރަސްމީ ފަރިއްކޮޅުގައި ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ މުހައްމަދު މުއިއްޒު ދެކަނބަލުންގެ ޝަރަފުގައި ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް ދެއްވި ރަސްމީ ފަރިއްކޮޅުގައި، ރާއްޖެ އާއި ސިންގަޕޫރުގެ 50 އަހަރުގެ ސިޔާސީ ގުޅުން ފާހަގަކުރުމުގެ ގޮތުން، ހަނދާނީ ސްޓޭމްޕެއް ނެރެދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންގެ ޝަރަފުގައި ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް ދެއްވި ރަސްމީ ފަރިއްކޮޅުގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: ރައީސް އޮފީސް

ސިންގަޕޫރުގެ ރައީސް ބޭއްވެވި ރަސްމީ ޖާފަތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސިންގަޕޫރުގެ ރައީސް މަޝްވަރާ ކުރައްވަނީ: ދެ ގައުމު ގުޅިގެން ކުރިއަށް ދިއުމުގެ މުހިންމުކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައި. --- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެ ދެކަނބަލުންގެ ޝަރަފުގައި ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް ދެއްވި ރަސްމީ ފަރިއްކޮޅުގެ ހަފްލާއަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް

ސިންގަޕޫރުގެ ނޭޝަނަލް އޯކިޑް ގާޑަންގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދުގެ ނަމުން އޯކިޑަކަށް ނަން ދިނުމުގެ ރަސްމިއްޔާތުގައި އެ ދެކަނބަލުންގެ ނަމުން ނަން ދިން އޯކިޑުގަހާ އެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން. -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ސިންގަޕޫރުގެ ޕްރާނަކަން މިއުޒިއަމަށް ޒިޔާރަތްކުރައްވައި އެތަން ބައްލަވާލައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ފަސްޓްލޭޑީ ސާޖިދާ މުހައްމަދު (ވ) އެ ގައުުމުގެ ފުޑް އޭޖެންސީއަށް ކުރެއްވި ޒިޔާރަތުގައި އެތަނުގެ އިސްވެރިޔާ އެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން. -- ފޮޓޯ: ރައީސް އޮފީސް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

mihaaru logo

Copyright © 2025 Mihaaru · Terms and Conditions · Privacy Policy