ފޮޓޯގެލަރީ / އެމްޑީޕީ

އެމްޑީޕީގެ ބޮޑު އެއްވުން

ފަޔާޒް މޫސާ

4 އޮކްޓޯބަރ 2025

މާލެ - އޮކްޓޫބަރު 3، 2025: އިދިކޮޅު އެމްޑީޕީން އިސްނަގައިގެން މާލޭގައި ބޭއްވި ބޮޑު އެއްވުން: އާޓިފިޝަލް ބީޗު ސަރަހައްދުގައި ރޭގަނޑު ނުވައެއް ޖެހިއިރު ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބައިވެރި ކޮށްގެން އެއްވުން ފެށި ނަމަވެސް ފުލުހުންނާ އެކު އެމްޑީޕީން އެއްބަސްވި ގޮތާ ހިލާފަށް އެއްވުމުގެ ބައިވެރިން މަޖީދީ މަގުން ދާން ދިމާކުރުމުން ފުލުހުންނާ ދެމެދު ބޮޑު ކުރިމަތިލުންތަކެއް ހިނގައި ބައެއް މީހުންނަށް އަނިޔާވި. އެއްވުން ކޮންޓްރޯލް ކުރަން ޕެޕާސްޕްރޭ ވެސް ފުލުހުން ބޭނުންކުރި. އަދި ފުލުހުން ވަނީ ބާރުގަދަ އަޑެއް އިއްވާ "ސޮނިކް ވެޕަން" ވެސް އެއްވުމުގެ ބައިވެރިން ހުއްޓުވަން ބޭނުންކޮށްފައި. ފުލުހުން ބުނީ އެއްވުން ބާއްވަން އެމްޑީން އެއްބަަސްވީ އަމީނީ މަގާއި ބޮޑުތަކުރުފާނު މަގުގައި ކަމަށް. އެކަމަކު، އެމްޑީޕީން ބުނީ އެއްބަސްވުމާ ހިލާފުވީ ފުލުހުން ކަމަށް.--- ފޮޓޯތައް: ފަޔާޒު މޫސާ އަދި ނިޝާން އަލީ| މިހާރު

މަޖީދީ މަގުން އެމްޑީޕީގެ އެއްވުމުގެ ބައިވެރިން ކުރިއަށް ދާން ފުރުސަތު ނުލިބުމުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުލުހުންގެ ޝީލްޑުތައް ކައިރީގައި މަޑުކޮށްލައްވައިގެން: ފުލުހުން ބުނެފައި ވަނީ މި އެއްވުމަށް ހުއްދަ ދިނީ އަމީނީ މަގާއި ބޮޑުތަކުރުފާނު މަގުން ކުރިއަށް ދާން ކަމަށް.---ފޮޓޯ: ނިޝާން އަލީ| މިހާރު

އިދިކޮޅު އެމްޑީޕީން ބޭއްވި އެއްވުމުގެ ބައިވެރިއަކު ފުލުހުންގެ ޝީލްޑުގައި އަތްއަޅައި ކޮއްޕަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މަޖީދީ މަގުން އެމްޑީޕީގެ އެއްވުމުގެ ބައިވެރިން ކުރިއަށް ދާން ފުރުސަތު ނުލިބުމުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުން އަދި އަދާލަތު ޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲ ފުލުހުންގެ ޝީލްޑުތައް ކައިރީގައި އިށީނދެވަޑައިގެން: ފުލުހުން ބުނެފައި ވަނީ މި އެއްވުމަށް ހުއްދަ ދިނީ އަމީނީ މަގާއި ބޮޑުތަކުރުފާނު މަގުން ކުރިއަށް ދާން ކަމަށް.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އިދިކޮޅު އެމްޑީޕީން ބޭއްވި އެއްވުމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުލުހުންގެ ޝީލްޑުތައް ކައިރީގައި މަޑުކޮށްލައްވައިގެން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"ލޫޓުވައިފި ލޫޓޫވައިފި" ނަމުގައި އިދިކޮޅު އެމްޑީޕީން ބޭއްވި އެއްވުމުގެ ބައެއް ބައިވެރިން ފުލުހުންގެ އެންގުމާ ހިލާފަށް މަޖީދީ މަގުން ކުރިއަށް ދާން މަސައްކަތް ކުރާއިރު، ފުލުހުން ޝީލްޑް ބޭނުންކޮށްގެން އެ މީހުން ހުއްޓުވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެމްޑީޕީން މާލޭގެ އާޓިފިޝަލް ބީޗު ސަރަހަްދުގައި ބޭއްވި ބޮޑު އެއްވުމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުން މަޑުކޮށްލައްވައިގެން.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އިދިކޮޅު އެމްޑީޕީގެ ބޮޑު އެއްވުމުގެ ބައިވެރިން ފުލުހުންގެ އެންގުމާ ހިލާފަށް މަޖީދީ މަގުން ދާން މަސައްކަތް ކުރުމުން، އެ މީހުން ފަހަތަށް ޖައްސަން ފުލުހުން ޕެޕާސްޕްރޭ ޖެހުމާ ގުޅިގެން ލޮލަށް ފެން އަޅަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އިދިކޮޅު އެމްޑީޕީގެ ބޮޑު އެއްވުމުގެ ބައިވެރިން ފުލުހުންގެ އެންގުމާ ހިލާފަށް މަޖީދީ މަގުން ދާން މަސައްކަތް ކުރުމުން، އެ މީހުން ފަހަތަށް ޖައްސަން ފުލުހުން ޕެޕާސްޕްރޭ ޖަހަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އެމްޑީޕީގެ އެއްވުމުގެ ބައިވެރިން ފުލުހުންގެ އެންގުމާ ހިލާފަށް މަޖީދީ މަގަށް ވަނުމަށްޓަކައި ފުލުހުންގެ ސަފު ފޫއަޅުވައިލަން އުޅުމުން ފުލުހުންނާ ދެމެދު ހަމަނުޖެހުން ހިނގަނީ: އެ މީހުން ފަހަތަށް ޖައްސަން ފުލުހުން ޕެޕާސްޕްރޭ ވެސް ބޭނުންކުރި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

"ލޫޓުވައިފި ލޫޓޫވައިފި" ނަމުގައި އިދިކޮޅު އެމްޑީޕީން ބޭއްވި އެއްވުމުގެ ބައިވެރިއަކު ފުލުހުންގެ އެންގުމާ ހިލާފަށް މަޖީދީ މަގުން ކުރިއަށް ދާން މަސައްކަތް ކުރާއިރު، ފުލުހުން ޝީލްޑް ބޭނުންކޮށްގެން އޭނާ ހުއްޓުވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އިދިކޮޅު އެމްޑީޕީގެ ބޮޑު އެއްވުމުގެ ބައިވެރިން ފުލުހުންގެ އެންގުމާ ހިލާފަށް މަޖީދީ މަގުން ދާން މަސައްކަތް ކުރުމުން، އެ މީހުން ފަހަތަށް ޖައްސަން ފުލުހުން ޕެޕާސްޕްރޭ ޖަހަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

"ލޫޓުވައިފި ލޫޓޫވައިފި" ނަމުގައި އިދިކޮޅު އެމްޑީޕީން ބޭއްވި އެއްވުމުގައި މާލޭގެ މޭޔަރު އާދަމް އާޒިމް ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އިދިކޮޅު އެމްޑީޕީގެ ބޮޑު އެއްވުމުގެ ބައިވެރިން ފުލުހުންގެ އެންގުމާ ހިލާފަށް މަޖީދީ މަގުން ދާން މަސައްކަތް ކުރުމުން، އެ މީހުން ފަހަތަށް ޖައްސަން ފުލުހުން ޕެޕާސްޕްރޭ ޖެހުމާ ގުޅިގެން ލޮލަށް ފެން އަޅަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

"ލޫޓުވައިފި ލޫޓޫވައިފި" ނަމުގައި އިދިކޮޅު އެމްޑީޕީން ބޭއްވި އެއްވުމުގައި އެ ޕާޓީގެ އެކްޓިވިސްޓު މާޒް ސަލީމް ވާހަކަ ދައްކަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"ލޫޓުވައިފި ލޫޓޫވައިފި" ނަމުގައި އިދިކޮޅު އެމްޑީޕީން ބޭއްވި އެއްވުމުގެ ބައިވެރިން މަޖީދީ މަގުން ކުރިއަށް ދާން މަސައްކަތް ކުރާއިރު ފުލުހުން އެއްވުމުގެ ބައިވެރިޔަކާ ވާހަކަ ދައްކަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"ލޫޓުވައިފި ލޫޓޫވައިފި" ނަމުގައި އިދިކޮޅު އެމްޑީޕީން ބޭއްވި އެއްވުމުގެ ބައެއް ބައިވެރިން މަޖީދީ މަގުން ކުރިއަށް ދާން މަސައްކަތް ކުރާއިރު، ފުލުހުން ޝީލްޑް ބޭނުންކޮށްގެން އެ މީހުން ހުއްޓުވުމަށް މަސައްކަތް ކުރަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"ލޫޓުވައިފި ލޫޓޫވައިފި" ނަމުގައި އިދިކޮޅު އެމްޑީޕީން ބޭއްވި އެއްވުން އާޓިފިޝަލް ބީޗުގައި ކުރިއަށް ގެންދަނީ: މި އެއްވުމަށް އެކި ރަށްރަށުން ވެސް ގިނަ ބަޔަކު މާލެ އައި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"ލޫޓުވައިފި ލޫޓޫވައިފި" ނަމުގައި އިދިކޮޅު އެމްޑީޕީއިން ބޭއްވި އެއްވުމުގައި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އެމްޑީޕީން މާލޭގެ އާޓިފިޝަލް ބީޗު ސަރަހަްދުގައި ބޭއްވި ބޮޑު އެއްވުމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުން މަޑުކޮށްލައްވައިގެން.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

mihaaru logo

Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy