އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބު
މާލެ - ޖޫން 12، 2026: މައި އިދިކޮޅު ޕާޓީ، އެމްޑީޕީ ހިންގުމުގެ އެންމެ މުހިންމު މަގާމު ކަމަށްވާ ޗެއާޕާސަން ހޮވުމުގެ ވާދަވެރި އިންތިހާބުގެ ބައެއް ފޮޓޯތައް: ބޮޑު ތަފާތަކުން މި އިންތިހާބު ކާމިޔާބު ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު. އިންތިހާބުގައި ޖުމްލަ 241 ފޮށި ބެހެއްޓިއިރު 70 ޕަސެންޓަށް ވުރެ މަތިން ނަޝީދު ވޯޓު ހޯއްދެވި.---ފޮޓޯތައް: ފަޔާޒު މޫސާ| މިހާރު
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވޯޓުލައްވަނީ: އެ މަނިކުފާނު އެ އިންތިހާބު ކާމިޔާބު ކުރެއްވީ ބޮޑު އަޣުލަބިއްޔަތަކުން.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އެމްޑީޕީ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވޯޓުލައްވަނީ: އެ މަނިކުފާނު ތާއީދު ކުރެއްވި ކެންޑިޑޭޓް މީކާއިލް ނަސީމް ވީ ބަލި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މައި އިދިކޮޅު ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި މީހަކު ވޯޓުލަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މައި އިދިކޮޅު ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި ވޯޓުލީ މީހެއްގެ އިނގިލީގައި ފާހަގަ ޖަހަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މައި އިދިކޮޅު ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބު ކުރިއަށް ގެންދަނީ: މިއީ ފަހުގެ ތާރީހެއްގައި އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގައި ބަހުގެ ހަމަލާތައް އެންމެ ހޫނުވި އަދި ޕާޓީގެ މިސްރާބު ބަދަލުކުރުމުގެ ވަރުގަދަ ކެމްޕޭނެއް ފެނިގެންދިޔަ ފަހަރެއް.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މައި އިދިކޮޅު ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބު ކުރިއަށް ގެންދަނީ: މި އިންތިހާބުގެ ވޯޓުލުން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށް ގެންދިޔަ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މައި އިދިކޮޅު ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި މީހަކު ވޯޓުލަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މައި އިދިކޮޅު ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި މީހަކު ވޯޓުލަނީ: އެމްޑީޕީއަކީ މިވަގުތު ރާއްޖޭގައި އޮތް ދެވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެމްޑީޕީ ޗެއާޕާސަން އިންތިހާބުގެ ވޯޓުލާން ހަމަ ޖެހިފައިވާ ވަގުތު ހަމަވުމުން ވޯޓުލުން ބަންދުވެފައި: މި އިންތިހާބުގެ ނަތީޖާ ބޮޑު ތަފާތަކުން އަނބުރާލީ ކުރީގެ ރައީސް ނަޝީދުގެ ކޮޅަށް.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށް ގެންދަނީ: މި އިންތިހާބު ކާމިޔާބު ކުރެއްވީ ކުރީގެ ރައީސް ނަޝީދު.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ކުރީގެ ރައީސް މުހައްމަދު ނަޝީދު ކާމިޔާބު ކުރެއްވުމަށް ފަހު، އާޓިފިޝަލް ބީޗުގައި ބޭއްވި އުފާ ފާޅުކުރުމުގެ ހަރަކާތުގައި ސަޕޯޓަރުންނާ ސަލާން ކުރައްވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބު ކުރީގެ ރައީސް މުހައްމަދު ނަޝީދު ކާމިޔާބު ކުރެއްވުމަށް ފަހު، އާޓިފިޝަލް ބީޗުގައި ބޭއްވި އުފާ ފާޅުކުރުމުގެ ހަރަކާތުގައި އެ މަނިކުފާނު އެމްޑީޕީގެ ދިދަ ވިހުރުވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބު ކުރީގެ ރައީސް މުހައްމަދު ނަޝީދު ކާމިޔާބު ކުރެއްވުމަށް ފަހު، އާޓިފިޝަލް ބީޗުގައި ބޭއްވި އުފާ ފާޅުކުރުމުގެ ހަރަކާތުގައި ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބު ކުރީގެ ރައީސް މުހައްމަދު ނަޝީދު ކާމިޔާބު ކުރެއްވުމަށް ފަހު، އާޓިފިޝަލް ބީޗުގައި ބޭއްވި އުފާ ފާޅުކުރުމުގެ ހަރަކާތުގައި ވާހަކަފުޅު ދައްކަވަނީ: ސަރުކާރު ބަދަލުކުރަން އެކުގައި މަސައްކަތްކުރަން ވާދަވެރިންނަށް ނަޝީދު ދައުވަތު ދެއްވި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެމްޑީޕީ ޗެއާޕާސަން އިންތިހާބުގައި ވާދަކުރެއްވި މީކާއިލް ވޯޓުލައްވަނީ: ކުރީގެ ރައީސް ނަޝީދާ ވާދަކުރައްވައި ބޮޑު ތަފާތަކުން ވީ ބަލި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު