ފަޔާޒް މޫސާ
14 އޮކްޓޯބަރ 2025
މާލެ - އޮކްޓޫބަރު 14، 2025: އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާ ތަޖިކިސްތާން ބައްދަލުކުރި މެޗު. މި މެޗު 3-0 ލަނޑުން ކާމިޔާބުކުރީ ތަޖިކިސްތާން. މި ދެ ޓީމުގެ ފުރަތަމަ ލެގް މެޗުގައި މިދިޔަ ބުރާސްފަތި ދުވަހު ތަޖިކިސްތާނުގެ ވެރިރަށް ޑުޝާންބޭގައި ކުޅުނު. އެ މެޗް ވެސް ޓީމުން ކާމިޔާބު ކުރީ 2-0 އިން. އެ މެޗަކީ ދެ އަހަރަށްފަހު ދިވެހި ގައުމީ ޓީމުން އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗު. މީގެ ކުރިން ރާއްޖެއިން އަމިއްލަ ދަނޑުގައި މެޗެއް ކުޅުނީ 2023 ގެ އޮކްޓޯބަރު 13 ގައި. --- ފޮޓޯތައް: ފަޔާޒު މޫސާ އަދި ނިޝާން އަލީ | މިހާރު
އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ އާއި ތަޖިކިސްތާން ބައްދަލުކުރި މެޗު ފެށުމުގެ ކުރިން ދިވެހި ގައުމީ ޓީމް ގައުމީ ސަލާން ކިޔަނީ --- މިހާރު ފޮޓޯ/ނިޝާން އަލީ
އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ އާއި ތަޖިކިސްތާން ބައްދަލުކުރި މެޗަށްފަހު ދިވެހި ގައުމީ ޓީމު ކުޅުންތެރިން ސަޕޯޓަރުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން އަތްޖަހަނީ: އެ މެޗު 3-0 ލަނޑުން ކާމިޔާބުކުރީ ތަޖިކިސްތާންގެ ޓީމުން --- މިހާރު ފޮޓޯ/ފަޔާޒު މޫސާ
އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ އާއި ތަޖިކިސްތާން ބައްދަލުކުރި މެޗަށްފަހު ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ކުޅުންތެރިންނާ ސަލާން ކުރައްވަނީ --- މިހާރު ފޮޓޯ/ފަޔާޒު މޫސާ
އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާ ތަޖިކިސްތާން ބައްދަލުކުރި މެޗަށް ފަށަން ދިވެހި ޓީމް ދަނޑުމަތީގައި --- މިހާރު ފޮޓޯ/ނިޝާން އަލީ
އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ އާއި ތަޖިކިސްތާން ބައްދަލުކުރި މެޗަށްފަހު ޓީމު ކުޅުންތެރިން ސަޕޯޓަރުންނާ ސަލާންކުރަނީ --- މިހާރު ފޮޓޯ/ނިޝާން އަލީ
އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާ ތަޖިކިސްތާން ބައްދަލުކުރި މެޗު ބަލަން ދަނޑުގައި ހުރި ކުއްޖަކު ގައުމީ ދިދަ ހިފައިގެން ގައުމީ ޓީމަށް ސަޕޯޓްކުރަނީ --- މިހާރު ފޮޓޯ/ފަޔާޒް މޫސާ
މެޗުގައި ރާއްޖެއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތުގައި ފޮނުވާލި ބޯޅަ ގޯލަށް ނުވަނުމުން އައިހަމް ދަނޑުމަތީ މަޑުކޮށްލައިގެން --- މިހާރު ފޮޓޯ/ނިޝާން އަލީ
ތަޖިކިސްތާން ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ތަޖިކިސްތާން ގޯލަށް ބޯޅަ ފޮނުވާލަން އަހުމަދު އައިހަމް މަސައްކަތް ކުރަނީ، އައިހަމް ވަނީ މި މެޗުގައި މޮޅު ކުޅުމެއް ކުޅެފައި --- މިހާރު ފޮޓޯ/ނިޝާން އަލީ
އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާ ތަޖިކިސްތާން ބައްދަލުކުރި މެޗުގައި ތަޖިކިސްތާން ކުޅުންތެރިން ބޯޅަ ފޮނުވާލަނީ --- މިހާރު ފޮޓޯ/ނިޝާން އަލީ
ތަޖިކިސްތާން ރާއްްޖެ ބައްދަލުކުރި މެޗުގައި ހަމްޒާ މުހައްމަދު (ހަމްޕު) ބޯޅަ ފޮނުވާލަނީ --- މިހާރު ފޮޓޯ/ފަޔާޒް މޫސާ
އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާ ތަޖިކިސްތާން ބައްދަލުކުރި މެޗުގައި ރާއްޖޭގެ އިބްރާހިމް މަހުދީ ބޯޅަ ހިފައިގެން ކުރިއަށް ދާން މަސައްކަތްކުރަނީ --- މިހާރު ފޮޓޯ/ނިޝާން އަލީ
ތަޖިކިސްތާން ރާއްްޖެ ބައްދަލުކުރި މެޗުގައި ހަމްޒާ މުހައްމަދު (ހަމްޕު) ބޯޅަ ފޮނުވާލަނީ --- މިހާރު ފޮޓޯ/ނިޝާން އަލީ
ތަޖިކިސްތާނުން ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ރާއްޖޭގެ 21 ނަންބަރު މުހައްމަދު ނައިމް ބޯޅަ ތަޖިކިސްތާން ގޯލަށް ފޮނުވާލަނީ --- މިހާރު ފޮޓޯ/ނިޝާން އަލީ
ތަޖިކިސްތާން ކުޅުންތެރިން ކައިރިން ބޯޅަ ހިފައިގެން ހަމްޒާ މުހައްމަދު (ހަމްޕު) ދާން މަސައްކަތް ކުރަނީ --- މިހާރު ފޮޓޯ/ނިޝާން އަލީ
އޭޝިއަން ކަޕް ކޮލިފައިންގެ ދެވަނަ ލެގު މެޗުގައި ރާއްޖޭ ކުޅުންތެރިން ފޮނުވާލި ބޯޅަ ތަޖިކިސްތާން ގޯލް ކީޕަރު އަތުން ޖަހާ ބޭރުކޮށްލަނީ --- މިހާރު ފޮޓޯ/ފަޔާޒު މޫސާ
ތަޖިކިސްތާން ޓީމް ކުޅުންތެރިޔާ އަތުން ބޯޅަ ހޯދަން ރާއްޖޭ ޓީމްގެ ކެޕްޓަން އަލީ ސަމޫހް މަސައްކަތް ކުރަނީ --- މިހާރު ފޮޓޯ/ފަޔާޒު މޫސާ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy