"އޯޝަން މޭން މޯލްޑިވްސް" 2026
ކ. މާފުށި - އޭޕްރީލް 10، 2026: ދުނިޔޭގެ މަޝްހޫރު އޯޕަން ވޯޓާ ސްވިމިން ފްރެންޗައިސް "އޯޝަން މޭން ގްލޯބަލް" އާ ގުޅިގެން ރާއްޖޭގައި މިހާރު ކުރިއަށް ގެންދާ "އޯޝަން މޭން މޯލްޑިވްސް" ފެތުމުގެ މުބާރާތް: ރާއްޖޭގެ އަމިއްލަ ކްލަބެއް ކަމަށްވާ "ސްވިމް މޯލްޑިވްސް" އިން އިންތިޒާމު ކޮށްގެން މާފުށީގައި ކުރިއަށް ގެންދާ މި ބައިނަލްއަގުވާމީ ފެތުމުގެ ބޮޑު މުބާރާތުގައި 40 ގައުމަކުން 532 ފެތުންތެރިން ބައިވެރިވޭ. ހޮނިހިރު ދުވަހު ކުރިއަށް ގެންދާނީ 5-10 ކިލޯމީޓަރުގެ އިވެންޓުތައް.--- ފޮޓޯތައް: ފަޔާޒު މޫސާ | މިހާރު
މާފުށީގައި މިހާރު ކުރިއަށް ގެންދާ "އޯޝަން މޭން މޯލްޑިވްސް"ގެ ސްޕްރިންޓްގައި ބައިވެރިވެފައިވާ ފެތުންތެރިން ފެތުން ފަށަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މާފުށީގައި ކުރިއަށް ގެންދާ "އޯޝަން މޭން މޯލްޑިވްސް"ގެ އޯޝަން ކިޑްސްގައި ވާދަކުރާ ފެތުންތެރިންގެ ފެތުން ފަށަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ދުނިޔޭގެ މަޝްހޫރު އޯޕަން ވޯޓާ ސްވިމިން ފްރެންޗައިސް "އޯޝަން މޭން ގްލޯބަލް" އާ ގުޅިގެން ރާއްޖޭގައި މިހާރު ކުރިއަށް ގެންދާ "އޯޝަން މޭން މޯލްޑިވްސް"ގައި ވާދަކުރާ ފެތުންތެރިއަކު ފަތަނީ: މި ހަރަކާތް ކުރިއަށް ގެންދަނީ ރާއްޖޭގެ "ގެސްޓް ހައުސް އައިލެންޑް" މާފުށީގައި.- -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ދުނިޔޭގެ މަޝްހޫރު އޯޕަން ވޯޓާ ސްވިމިން ފްރެންޗައިސް "އޯޝަން މޭން ގްލޯބަލް" އާ ގުޅިގެން ރާއްޖޭގައި މިހާރު ކުރިއަށް ގެންދާ "އޯޝަން މޭން މޯލްޑިވްސް"ގެ އޯޝަން ކިޑްސްގެ އުމުރުފުރާގެ ފެތުންތެރިން ތައްޔާރަށް އަދި ބައެއް ދިވެހި ފެތުންތެރިން މާފުށީ ބީޗުގައި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މާފުށީގައި މިހާރު ކުރިއަށް ގެންދާ "އޯޝަން މޭން މޯލްޑިވްސް"ގެ ސްޕްރިންޓްގައި ރާއްޖެ އިން ބޭރުގެ ފެތުންތެރިއަކު ފަތަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"އޯޝަން މޭން މޯލްޑިވްސް" ގައި ބައިވެރިވެ، ފެތުން ފުރިހަމަކުރި ފެތުންތެރިންނަށް މެޑެލް ހަވާލުކުރަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"އޯޝަން މޭން މޯލްޑިވްސް"ގެ ޓީމުގެ ބައިން ބައިވެރިވި ޓީމުތަކުން ރޭސް ނިންމުމަށް ފަހު ބީޗުގައި މަޑުކޮށްލައިގެން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"އޯޝަން މޭން މޯލްޑިވްސް" ގައި ވާދަކުރާ ހާއްސަ އެހީއަށް ބޭނުންވާ، ރާއްޖެ އިން ބޭރުގެ މީހަކު ރޭސް ނިންމުމަށް ފަހު އެއްގަމަށް އަރަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"އޯޝަން މޭން މޯލްޑިވްސް" ގައި ބައިވެރިވެ ރޭސް ނިންމި ބައެއް ފެތުންތެރިން ފޮޓޯއަކަށް ތައްޔާރުވެގެން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ދުނިޔޭގެ މަޝްހޫރު އޯޕަން ވޯޓާ ސްވިމިން ފްރެންޗައިސް "އޯޝަން މޭން ގްލޯބަލް" އާ ގުޅިގެން ރާއްޖޭގައި މިހާރު ކުރިއަށް ގެންދާ "އޯޝަން މޭން މޯލްޑިވްސް"ގެ އޯޝަން ކިޑްސް ބައިން ފަތަން ތައްޔާރުވެގެން ހުރި ކުއްޖެއް.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"އޯޝަން މޭން ގްލޯބަލް" އާ ގުޅިގެން ރާއްޖޭގައި މިހާރު ކުރިއަށް ގެންދާ "އޯޝަން މޭން މޯލްޑިވްސް"ގެ އޯޝަން ކިޑްސްގައި ވާދަކުރި ކުއްޖަކު މެޑެލްއާއެކު ފޮޓޯއަކަށް ހުއްޓިލައިގެން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"އޯޝަން މޭން މޯލްޑިވްސް" ގައި ބައިވެރިވެ، ރޭސް ނިންމި ފެތުންތެރިއަކު މެޑެލްއާ އެކު ފޮޓޯއަކަށް ހުއްޓިލައިގެން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"އޯޝަން މޭން މޯލްޑިވްސް" ގައި ޓީމް އިވެންޓްގައި ވާދަކުރި ޓީމުގެ ފެތުންތެރިން ރޭސް ނިންމުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މާފުށީގައި މިހާރު ކުރިއަށް ގެންދާ "އޯޝަން މޭން މޯލްޑިވްސް"ގެ ސްޕްރިންޓްގައި ވާދަކުރާ ފެތުންތެރިން ބީޗުގައި: ފެތުމުގެ މި ބޮޑު މުބާރާތުގައި 40 ގައުމުން އެތުލީޓުން ވާދަކުރޭ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"އޯޝަން މޭން މޯލްޑިވްސް" ގައި ވާދަކުރި ބޭރުގެ ހާއްސަ އެހީއަށް ބޭނުންވާ މީހާ، އެވޯޑް ރަސްމިއްޔާތުގައި މެޑެލްއާ އެކު ސްޓޭޖުން ފައިބަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"އޯޝަން މޭން މޯލްޑިވްސް" ގެ ޓީމް އިވެންޓުން ވަނަތަކަށް ހޮވުނު ޓީމުތައް މެޑެލްއާ އެކު ސްޓޭޖްމަތީގައި ފޮޓޯއަކަށް ހުއްޓިލައިގެން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރިއަށް ގެންދާ ބައިނަލްއަގުވާމީ އޯޕަން ވޯޓާ ސްވިމިން މުބާރާތް މާފުށީގައި ކުރިއަށް ގެންދަނީ: "އޯޝަންމަން މޯލްޑިވްސް 2026" ގެ ސްޕްރިންޓް ކެޓަގަރީން އެއްވަނަ ހޯދި ދިވެހި ފެތުންތެރިޔާ ޔޫސުފް ޒިޔާން ޒާހިދު، ދެވަނަ ހޯދި ފެތުންތެރިޔާއާ އެކު ފޮޓޯއަކަށް ހުއްޓިލައިގެން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ރާއްޖޭގެ އަމިއްލަ ކްލަބެއް ކަމަށްވާ "ސްވިމް މޯލްޑިވްސް" އިން އިންތިޒާމު ކޮށްގެން މާފުށީގައި މިހާރު ކުރިއަށް ގެންދާ "އޯޝަން މޭން މޯލްޑިވްސް" ބައިނަލްއަގުވާމީ ފެތުމުގެ މުބާރާތުގައި ވާދަކުރާ ފެތުންތެރިން ރޭހުގައި ފަތަނީ: މި މުބާރާތުގައި 532 ފެތުންތެރިން ބައިވެރިވޭ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު