ފޮޓޯގެލަރީ / ރޯދަ މަސް

ރޯދަމަހާއި ލޯކަލް މާރުކޭޓް

ހުސެއިން ވަހީދު

26 މެއި 2017

މާލެ: މޭ 26، 2017- ކޮންމެ އަހަރެއްގެ ވެސް ރޯދަމަހާ އެކު އެންމެ ހަލަބޮލިވާ އެއް ތަނަކީ ލޯކަލް މާރުކޭޓް ސަރަހައްދު ނުވަތަ ބާޒާރުމަތި؛ މި އަހަރުގެ ރޯދަމަސް މާދަމާ ފަށާއިރު، ކާބޯތަކެތި ގަތުމަށް ބާޒާރުމަތީގައި މީހުން ވަނީ ތޮއްޖެހި ބާރުވެފައި. ހާއްސަކޮށް ލޯކަލް މާރުކޭޓުގެ ހަލަބޮލިކަން ވަކިން ވަނީ އިތުރުވެފައި. ރޯދަމަސް ފަށާއިރު ލޯކަލް މާރުކޭޓުގައި ވިއްކާ ތަކެތީގެ އަގު ވަނީ އިންތިހާ އަށް އުފުލި، އާންމުންގެ އަތްނުފޯރާ ހިސާބަށް ގޮސްފައި. މިރުސް ކިލޯއެއްގެ އަގު 700ރ. އަށް ވަނީ އަރާފައި. މި ނޫނަސް ރޯދަމަހު ފަނި ގިރަން ބޭނުންކުރާ މޭވާގެ ބާވަތްތަކާއި ތަރުކާރީގެ އަގު ވެސް ވަނީ އުފުލިފައި.---މިހާރު ފޮޓޯތައް: ހުސެއިން ވަހީދު

މާލެ: މޭ 26، 2017- ރޯދަމަހާ އެކު ލޯކަލް މާރުކޭޓުގައި މީހުން ތޮއްޖެހި ބާރުވެފައި: ރޯދަމަހާ އެކު އެންމެ ބާރުބޮޑުވާ ތަނަކީ އަބަދުވެސް ލޯކަލް މާރުކޭޓާއި ބާޒާރުމަތި.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މާލެ: މޭ 26، 2017- ލޯކަލް މާރުކޭޓުގެ ގޮޅިއެއްގައި މީހަކު ކުރުނބާ ހަދަނީ: މިއީ ރޯދަމަހު އެންމެ ތިޔާގި އެއް ބާވަތް.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މާލެ: މޭ 26، 2017- ރަށަކުން މާލެ އަށް ބޭލި ކުރުނބާތަކެއް ލޯކަލް މާރުކޭޓަށް ގެންދިއުމަށް ތައްޔާރުކޮށްފައި.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މާލެ: މޭ 26، 2017- ލޯކަލް މާރުކޭޓުން މީހަކު ކެޔޮގަނޑެއް ގަންނަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މާލެ: މޭ 26، 2017- މަސް މާރުކޭޓުން މަސް ކަނޑަން މީހުން މަޑުކޮށްލައިގެން.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މާލެ: މޭ 26، 2017- ރޯދަ އަށް ބޭނުންވާ ކާބޯތަކެތި ގަންނަން ބާޒާރުމަތީގައި މީހުން ހަރަކާތްތެރިވަނީ: ރޯދަމަހާ އެކު ބާޒާރުމަތި ވަނީ ހަލަބޮލިވެ، ޓްރެފިކަށް ބާރު ބޮޑުވެފައި.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މާލެ: މޭ 26، 2017- ލޯކަލް މާރުކޭޓުގެ ގޮޅިއަކުން މީހަކު މިރުސް ގަންނަނީ: މިރުހުގެ އަގު ވަނީ އަތްފޯރާ ވަރަށް ވުރެ މަތީގައި.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މާލެ: މޭ 26، 2017- ލޯކަލް މާރުކޭޓުން ދޮންކެޔޮގަނޑެއް ގަނެގެން މީހަކު ސައިކަލްގައި ދަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މާލެ: މޭ 26، 2017- ބާޒާރުމަތީގެ ފިހާރައަކުން މީހަކު އެއްޗެހިތަކެއް ގަންނަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މާލެ: މޭ 26، 2017- ލޯކަލް މާރުކޭޓުގައި ގޮޅިއެއްގައި ކާބޯތަކެތި ވިއްކަން މީހަކު ހަރަކާތްތެރިވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މާލެ: މޭ 26، 2017- ރަށަކަށް ގެންދިއުމަށްޓަކައި ބިސްކޭސްތަކެއް ބޯޓަކަށް އަރުވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މާލެ: މޭ 26، 2017- ލޯކަލް މާރުކޭޓުގައި ވިއްކުމަށް ރަށަކުން ގެނައި ކުރުނބާތަކެއް ބާލަނީ: ރޯދަމަހުގައި މާރުކޭޓުގައި އެންމެ ތިޔާގި އެކައްޗަކީ ކުރުނބާ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މާލެ: މޭ 26، 2017- ލޯކަލް މާރުކޭޓުގައި ވިއްކުމަށް ރަށަކުން ގެނައި ކުރުނބާތަކެއް ބާލަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މާލެ: މޭ 26، 2017- ލޯކަލް މާރުކޭޓުގެ ގޮޅިއަކުން މީހަކު އެއްޗެހިތަކެއް ވިއްކަނީ: ގިނަ ބާވަތްތަކުގެ އަގު ވަނީ އުފުލިފައި.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މާލެ: މޭ 26، 2017- ލޯކަލް މާރުކޭޓުގެ ގޮޅިއެއްގައި ވިއްކުމަށް ބަހައްޓާފައި ހުރި ކަރާ: މީގެ ހަފުތާއެއްހާ ދުވަސް ކުރިން 12-15ރ. އަށް ވިއްކި ކަރަލުގެ އަގު މިހާރު ވަނީ 18ރ. އަށް އުފުލިފައި.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މާލެ: މޭ 26، 2017- ރޯދަމަހާ އެކު ލޯކަލް މާރުކޭޓުގައި މީހުން ތޮއްޖެހި ބާރުވެފައި: ރޯދަމަހާ އެކު އެންމެ ބާރުބޮޑުވާ ތަނަކީ އަބަދުވެސް ލޯކަލް މާރުކޭޓާއި ބާޒާރުމަތި.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ފަހުގެ ފޮޓޯ ގެލަރީ

photo gallery icon

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

mihaaru logo

Copyright © 2021 Mihaaru · Terms and Conditions · Privacy Policy