ރޯދަ ކުރުކުރުން އެކި ތަންތަނުން
މާޗް - 17، 2024: ރޯދަ ކުރުކުރުމަކީ، ޒަމާންވީ އާދައެކެވެ. ރޯދަމަހުގެ ހަވީރުގެ ވަގުތަކީ، ޓެކްނޮލޮޖީއާ އެކު ވެސް ބަދަލުނުވި ކަމެކެވެ. ގިނަ މީހުން އަދިވެސް، ރޯދަ ކުރުކުރަނީ ގެއިން ބޭރަށް ގޮސް އެކިއެކި ކަންކަމުގަ އެވެ. މަޑި އެރުވުމާއި އެކިއެކި ކުޅިވަރުތައް ކުޅުމާއި ސައިކަލް ބުރު ޖެހުމަކީ، ކުރިން ވެސް އަދި މިހާރު ވެސް އޮތް އާދައެކެވެ. މިއީ މި ރޯދަމަހުގެ ވޭތުވެދިޔަ ފަސް ވަރަކަށް ދުވަހުގެ ރޯދަ ކުރުކުރުމުގެ ބައެއް ފޮޓޯތަކެވެ.--- ފޮޓޯތައް: ފަޔަޒު މޫސާ | މިހާރު
ރޯދަ ކުރުކޮށްލުމަށްޓަކައި ބަޔަކު ސައިކަލް ދުއްވަނީ: ކޮންމެ އަހަރެއްގެ ރޯދަމަހު ވެސް މިއީ ރޯދަ ކުރުކޮށްލުމަށްޓަކައި އެންމެ ގިނަ މީހުން ކޮށް އުޅޭ އެއް ކަންތައް.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ރޯދަ ކުރުކޮށްލުމަށްޓަކައި ކުޑަކުއްޖަކަށް އެ ކުއްޖާގެ ބެލެނިވެރިން މަޑި އަރުވައި ދެނީ: މިއީ ކޮންމެ ރޯދަމަހެއްގެ ހަވީރު މާލެ އިން އާންމުކޮށް ފެންނަ މަންޒަރެއް.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ޖުމްހޫރީ މައިދާން ސަރަހައްދުގައި ކުޑަކުއްޖަކު ކޮތަރުތައް ފަހާ ދުވަނީ: ކޮތަރުތަކަށް ކާން ދިނުމާއި ކޮތަރުތައް ފަހާ ދުވުމަކީ ޖުމްހޫރީ މައިދާނަށް ދާ ކުޑަކުދިން ވަރަށް ގަޔާވެގެން ކުރާ ކަމެއް.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
މާލޭގެ މަސްމާރުކޭޓު ކުރިމަތީ ފަޅުތެރޭގައި އޮތް ދޯންޏެއްގައި މަސައްކަތް ކުރާ ބިދޭސީންތަކެއް، މުނިފޫހިފިލުވުމުގެ ގޮތުން ފޯނާ ކުޅެނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މާލޭގެ ހެލިޕޭޑް ސަރަހައްދުގައި ފުއްޕާހަމުން ތަފާތު އެއްޗެހި ހަދައިގެން ވިއްކާ މީހަކު ފުއްޕާހަމުން އެއްޗެއް ތައްޔާރު ކުރަނީ: ފުއްޕާހަމަކީ ރޯދަމަހު ކުޑަކުދިންގެ މެދުގައި ޑިމާންޑް ބޮޑު އެއްޗެއް.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ކުޑަކުއްޖަކު ބެލެނިވެެރިޔާ އެކު ބީޗުގައި ބަބުލް އަރުވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މަސްވެރިންގެ ޕާކު ސަރަހައްދުގައި ބަޔަކު މަސް ބާނަނީ: މިއީ ވެސް ރޯދަމަހު އާންމުކޮށް ފެންނަ މަންޒަރެއް.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ކުޑަކުދިންތަކެއް ބީޗު ސަރަހައްދުގައި އުޅޭ ކޮތަރުތަކަށް ކާން ދެނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ރޯދަމަހު ހަވީރު ވަގުތުގައި ބަޔަކު ރޯދަ ކުރުކޮށްލުމަށްޓަކައި އާޓިފިޝަލް ބީޗުގައި ހުރި އުނދޯއްޔެއްގައި އިށީނދެލައިގެން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ރޯދަ ކުރުކުރަން މީހަކު ރާޅުގަނޑު ސަރަހައްދުގައި ބޮޑީބޯޑް އަޅަނީ.---ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މާލޭ ހެލިޕޭޑް ސަރަހައްދުގައި ކުޑަކުއްޖަކު ރޯލަބްލޭޑް ދުއްވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ރޯދަމަހުގެ ކޮންމެ ދުވަހެއްގެ ހަވީރު މާލޭގެ އުސްފަސްގަނޑުގައި އެންމެ އާންމުކޮށް ކުރާ ކަމަކީ މަޑިއެރުވުން: ކުޑަކުދިންނަށް މަޑި އަރުވައިދީ، އެ ކުދިންނާ އެކު އެ ވަގުތުގެ ބޭނުން ބެލެނިވެރިން ވަރަށް ރަނގަޅަށް ހިފާ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ރޯދަ ކުރުކޮށްލުމަށްޓަކައި ބަޔަކު ސައިކަލް ދުއްވަނީ: ކޮންމެ އަހަރެއްގެ ރޯދަމަހު ވެސް މިއީ ރޯދަ ކުރުކޮށްލުމަށްޓަކައި އެންމެ ގިނަ މީހުން ކޮށް އުޅޭ އެއް ކަންތައް.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ރޯދަމަހުގެ ހަވީރުގެ ވަގުތުގައި ދެ މީހަކު ބޮޑުތަކުރުފާނުމަގުގައި ދުވަނީ: ރޯދަމަހުގެ ހަވީރު ވަގުތު ކަސްރަތަށް ހާއްސަކުރާ ބަޔަކު ވެސް އުޅޭ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ފުައްޕާހަން ވިއްކާ މީހަކު ރަސްފަންނު ސަރަހައްދުގައި މަޑުކޮށްލައިގެން،: މަޑި އާއި ފުއްޕާހަމަކީ ރޯދަމަހު ކުޑަކުދިންގެ މެދުގައި ޑިމާންޑް ބޮޑު އެއްޗެއް.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ރޯދަ ކުރުކޮށްލުމަށްޓަކައި ދެމަފިރިއަކު އެ މީހުންގެ ކުދިން ގޮވައިގެން ހުޅުމާލޭގައި މަސްބާނަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ހުޅުމާލެ ބީޗު ސަރަހައްދުގައި ހުރި އުނދޯލިތަކެއްގައި ބަޔަކު ރޯދަ ކުރުކޮށްލުމަށްޓަކައި މަޑުކޮށްލައިގެން: ރޯދަމަހުގެ ހަވީރުގެ ވަގުތުކޮޅަކީ ގިނަ ބަޔަކު ކުޅިވަރު ކުޅުމާއި އާއިލާތައް ހިތްހަމަޖައްސާލުމަށް ހޭދަކުރާ ވަގުތުކޮޅެއް.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ބީޗުގައި ބަޔަކު ވޮލީ ބޯޅަ ކުޅޭއިރު މީހަކު ބޯޅަ ޖަހަނީ: ރޯދަމަހުގެ ހަވީރުގެ ވަގުތުތައް ގިނަ މީހުން ހޭދަކުރަނީ ރޯދަ ކުރުކޮށްލުމަށްޓަކައި ތަފާތު ކުޅިވަރުތައް ކުޅުމާއި ބުރު ޖެހުމުގައި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ހުޅުމާލެ ބީޗުގައި ހުރި އުނދޯއްޔެއްގައި މީހަކު އޭނާގެ ދަރިފުޅު ގޮވައިގެން ރޯދަ ކުރުކޮށްލުމަށްޓަކައި އިށީނދެ ގުދުރަތީ ރީތި މަންޒަރު ބަލަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މަސްވެރިންގެ ޕާކުގައި ރޯދަ ކުރުކޮށްލުމަށްޓަކައި ބަޔަކު ތާސް ކުޅެނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ރޯދަ ކުރުކޮށްލުމަށްޓަކައި ކުދިންތަކެއް ހުޅުމާލޭ ބީޗުގައި ފުޓްބޯޅަ ކުޅެނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު