ޒުވާން ހަތީބް މަސްޖިދުލް އަމާނީގައި ކުރި ހުކުރު ނަމާދު
ހުޅުމާލެ - މާޗް 15، 2024: މަސްޖިދުލް އަމާނީގައި ކުރި، މި އަހަރު ރޯދަ މަހުގެ ފުރަތަމަ ހުކުރު ނަމާދު: މި މިސްކިތުގައި އިމާމްވެ ހުކުރު ކުރީ ޒުވާން ހަތީބް އަދި ހާއްސަ އެހީއަށް ބޭނުންވާ ހުސައިން ޒައިން އަލީއެވެ. ޒައިން އަލީގެ އިތުރުން މިއަދު ހުކުރު ނަމާދު މާލޭގެ 3 މިސްކިތެއްގައި ވެސް ކޮށްފައި ވަނީ ޒުވާން ހަތީބުންނެވެ. މި ރޯދަ މަހު، ތަރީވީހް ނަމާދު ކުރުމަށާއި އިމާމުވެ ހުކުރު ކުރުމަށް ޒުވާން ހަތީބުން ވަނީ ތަމްރީނު ކޮށްފައި. މަސްޖިދުލް އަމާނީގައި ކުރި ހުކުރު ނަމާދަށްފަހު ގިނަ ބަޔަކުވަނީ ޒައިން އާ ސަލާންކުރަން މަޑުކޮށްފައި. -- ފޮޓޯތައް: ފަޔާޒު މޫސާ | މިހާރު
މަސްޖިދުލް އަމާނީގައި ކުރެވުނު ހުކުރު ނަމާދަށްފަހު އެ މިސްކިތުގައި ހުކުރު ކުރި ޒުވާން ހަތީބް ހުސެއިން ޒައިން އަލީ މީހުންނާ ސަލާންކޮށްލަނީ: ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު އިމާމްވެ ހުކުރު ކުރި މިއީ ފުރަތަމަ ފަހަރު -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މަސްޖިދުލް އަމާނީގައި ހުކުރު ނަމާދު އިމާމްވެ ކުރުމަށް ޒުވާން ހަތީބް ހުސެއިން ޒައިން އަލީ ސަފުތައް ތަރުތީބުކޮށްލަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ޒުވާން ހަތީބް ޒައިން މިއަދު މަސްޖިދުލް އަމާނީގައި ކުރެވުނު ހުކުރު ނަމާދު ކުރުމަށް ތައްޔާރުވަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ހުޅުމާލެ، މަސްޖިދުލް އަމާނީގައި ކުރެވުނު ހުކުރު ނަމާދުގައި ޒުވާން ހަތީބް ޒައިން ހުކުރު ހުތުބާ އިއްވަނީ: މިއީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު ރާއްޖޭގައި ހުކުރު ނަމާދު އިމާމްވެ ކުރި ފުރަތަމަ ފަހަރު --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ހުޅުމާލެ، މަސްޖިދުލް އަމާނީގައި ކުރެވުނު ހުކުރު ނަމާދުގައި ޒުވާން ހަތީބް ޒައިން އިއްވަމުންގެންދިޔަ ހުކުރު ހުތުބާ ބަޔަކު އަޑުއަހަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ހުޅުމާލެ، މަސްޖިދުލް އަމާނީގައި ކުރެވުނު ހުކުރު ނަމާދުގައި ޒުވާން ހަތީބް ޒައިން އިއްވަމުންގެންދިޔަ ހުކުރު ހުތުބާ ކުދިންތަކެއް އަޑުއަހަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މިއަދުގެ ހުކުރު ނަމާދަށް މިސްކިތު ޖަމާއަތަށް ހާޒިރުވި ބަޔަކު ނަމާދުކުރަމުން ދަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ހުޅުމާލޭ މަސްޖިދުލް އަމާނީގައި އިމާމްވެ ހުކުރު ނަމާދުކުރި ޒުވާން ހަތީބު ހުސައިން ޒައިން އަލީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މިއަހަރު ރޯދަމަހުގެ ފުރަތަމަ ހުކުރު ނަމާދަށް ކުއްޖަކު ހުޅުމާލެ މަސްޖިދުލް އަމާނީ އަށް މުސައްލަ ހިފައިގެން ވަންނަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ބަޔަކު މިއަދު މަސްޖިދުލް އަމާނީގައި ހުކުރު ނަމާދަށް ޖަމާއަތް ހަދައިގެން: މިއަދު މީ މިއަހަރު ރޯދަމަހުގެ ފުރަތަމަ ހުކުރު -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ހުޅުމާލޭ މަސްޖިދުލް އަމާނީއަށް މީހުން ހުކުރު ނަމާދަށް ވަންނަމުން ދަނީ: މި މިސްކިތުގައި އިމާމްވެ ހުކުރު ކޮށްފައިވަނީ ތާޖުއްދީން ސްކޫލުގެ ގްރޭޑް 10 ގައި ކިޔަވަމުން އަންނަ 17 އަހަރުގެ ޒައިން -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މިއަދުގެ ހުކުރު ނަމާދަށް މަސްޖިދުލް އަމާނީއަށް މީހުން ޖަމާވަމުން ދަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު