ޣައްޒާގައި ހިތްދަތި ރޯދަމަހެއް
ފަލަސްތީނުގެ ޣައްޒާގައި މި އަހަރުގެ ރަމަޟާން މަސް ފެށި އިރު އޮތީ 15 މަސް ދުވަސް ވަންދެން އިޒްރޭލުން ދިން ހަމަލާތަކުގައި ހުރިހާ އިމާރާތްތަކެއްހެން ބިމާ ހަމަވެފައި. ވަގުތީ ގޮތުން ހަމަލާތައް މެދުކަނޑާލަފައި އޮތް ނަމަވެސް އިޒްރޭލުން ދަނީ ކާބޯތަކެއްޗާއި އަސާސީ އެހެނިހެން ސާމާނު ޣައްޒާއަށް ވެއްދުމަށް ހުރަސްއަޅަމުން. މި ނިކަމެތިކަމާއި ހިތްދަތިކަމުގައި ވެސް ޣައްޒާގައި ރޯދަ މަހު އާންމުން ތިބީ ސާބިތުކަމާ އެކު. -- ފޮޓޯތައް: އޭއެފްޕީ
މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ފަލަސްތީނުގެ ޣައްޒާގެ އާއިލާއަކުން، އިޒްރޭލުގެ ހަމަލާތަކުގައި ހަލާކުވެފައިވާ ގެޔަކުން ހުސްކޮށް ހުރި ތަންކޮޅެއްގައި ތިބެ ރޯދަ ވީއްލަނީ. -- ފޮޓޯ: އޭއެފްޕީ
މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ފަލަސްތީނުގެ ޣައްޒާގެ އާއިލާއަކުން ރޯދަ ވީއްލަން ކާތަކެތި ހަދަނީ. -- ފޮޓޯ: އޭއެފްޕީ
މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ފަލަސްތީނުގެ ޣައްޒާގައި، އިޒްރޭލުން ހަމަލާދީ ހަލާކުކޮށްލާފައިވާ ގެއެއްގެ ތެރޭގައި އާއިލާއެއްގެ ބަޔަކު ރޯދަ ވީއްލަނީ. -- ފޮޓޯ: އޭއެފްޕީ
މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ފަލަސްތީނުގެ ޣައްޒާގައި ބޭއްވި ރޯދަ ވީއްލުމެއްގައި މީހުން ބައިވެރިވަނީ. ޣައްޒާގައި ރޯދަ މަސް ފެށި އިރު އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން އާންމުން ވަނީ ވަރަށް ނިކަމެތި ހާލުގައި. -- ފޮޓޯ: އޭއެފްޕީ
މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ޣައްޒާގެ އުތުރުގެ ޖަބަލިޔާގައި އެންމެން އެއްވެ ރޯދަ ވީއްލުމުގައި ބައިވެރިވަނީ. -- ފޮޓޯ: އޭއެފްޕީ
މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ފަލަސްތީނުގެ ޣައްޒާގައި، އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ހަލާކުވެފައިވާ ގެއެއްގެ ތެރޭގައި، ރޯދަ ވީއްލަން ކާތަކެތި ހަދަނީ. -- ފޮޓޯ: އޭއެފްޕީ
މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ފަލަސްތީނުގެ ޣައްޒާގެ ޖަބަލިޔާގައި އޮތް ރޯދަ ވީއްލުމަކަށް މީހުން ޖަމާވެފައި. -- ފޮޓޯ: އޭއެފްޕީ
މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ފަލަސްތީނުގެ ޣައްޒާގައި ބޭއްވި ރޯދަ ވީއްލުމެއް. ޣައްޒާގައި ރޯދަ މަސް ފެށި އިރު އިޒްރޭލުގެ ހަމަލާތަކުގައި އާންމުންގެ ގެދޮރު ގެއްލި ހާލުގައި ޖެހިފައި ވާއިރު ކާބޯތަކެތި ލިބޭނެ މަގުތަކަށް ވެސް ވަނީ ހުރަސް އަޅާފައި. -- ފޮޓޯ: އޭއެފްޕީ
މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ފަލަސްތީނުގެ ޣައްޒާގައި، އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ހަލާކުވެފައިވާ ގެއެއްގެ ތެރޭގައި، ރޯދަ ވީއްލަން ކާތަކެތި ހަދަނީ. -- ފޮޓޯ: އޭއެފްޕީ
މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ފަލަސްތީނުގެ އާއިލާއަކުން ރޯދަ ވީއްލަނީ: ރޯދަ މަސް ފެށުނު އިރު ޣައްޒާގެ ރައްޔިތުން ތިބީ އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައި. -- ފޮޓޯ: އޭއެފްޕީ
މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ފަލަސްތީނުގެ ޣައްޒާގައި ބޭއްވި ރޯދަ ވީއްލުމެއް. ޣައްޒާގައި ރޯދަ މަސް ފެށި އިރު އިޒްރޭލުގެ ހަމަލާތަކުގައި އާންމުންގެ ގެދޮރު ގެއްލި ހާލުގައި ޖެހިފައި ވާއިރު ކާބޯތަކެތި ލިބޭނެ މަގުތަކަށް ވެސް ވަނީ ހުރަސް އަޅާފައި. -- ފޮޓޯ: އޭއެފްޕީ
މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ޣައްޒާގެ އުތުރުގެ ޖަބަލިޔާ ފެންނަން އޮތް ގޮތް. ޣައްޒާގެ ރައްޔިތުންނަށް ރޯދަ މަސް ފެށުނީ އިޒްރޭލުގެ ހަމަލާތަކުގައި އެ މީހުން ދިރިއުޅުން އަޅިއަށް ހަދާލާފައި ވަނިކޮށް. -- ފޮޓޯ: އޭއެފްޕީ
އިޒްރޭލުން 15 މަސް ދުވަސް ވަންދެން ދިން ހަމަލާތަކުގައި އެއްކޮށް ހަލާކުވެފައިވާ ފަލަސްތީނުގެ ޣައްޒާގައި މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ގިނަ ބަޔަކު ބައިވެރިވެގެން އިންތިޒާމުކުރި ރޯދަ ވީއްލުމަކަށް މީހުން ޖަމާވަނީ. -- ފޮޓޯ: އޭއެފްޕީ
އިޒްރޭލުން 15 މަސް ދުވަސް ވަންދެން ދިން ހަމަލާތަކުގައި އެއްކޮށް ހަލާކުވެފައިވާ ފަލަސްތީނުގެ ޣައްޒާގައި މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ގިނަ ބަޔަކު ބައިވެރިވެގެން އިންތިޒާމުކުރި ރޯދަ ވީއްލުމެއްގައި މީހުން ބައިވެރިވަނީ. -- ފޮޓޯ: އޭއެފްޕީ
އިޒްރޭލުން 15 މަސް ދުވަސް ވަންދެން ދިން ހަމަލާތަކުގައި އެއްކޮށް ހަލާކުވެފައިވާ ފަލަސްތީނުގެ ޣައްޒާގައި މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ގިނަ ބަޔަކު ބައިވެރިވެގެން އިންތިޒާމުކުރި ރޯދަ ވީއްލުމެއްގައި މީހުން ބައިވެރިވަނީ. -- ފޮޓޯ: އޭއެފްޕީ
އިޒްރޭލުގެ ހަމަލާތަކުގައި ސުންނާފަތިވެފައިވާ، ޣައްޒާގެ ގެއެއްގައި މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ރޯދަ ވީއްލަން ކާބޯތަކެތި ހަދަނީ. -- ފޮޓޯ: އޭއެފްޕީ
އިޒްރޭލުގެ ހަމަލާތަކުގައި ސުންނާފަތިވެފައިވާ، ޣައްޒާގެ އިމާރާތެއްގެ ތެރޭގައި ހަދާފައިވާ ތަންކޮޅެއްގެ ތެރޭގައި ތިބެ މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުގެ ރޯދަ ވީއްލުމަށް ކާތަކެތި ހަދަނީ. -- ފޮޓޯ: އޭއެފްޕީ
އިޒްރޭލުގެ ހަމަލާތަކުގައި ބިމާ ހަމަކޮށްފައިވާ ޣައްޒާގެ އިމާރާތްތަކުގެ ކައިރިން މަގެއް ހަދައި، މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހު، އެންމެން ބައިވެރިވާ ރޯދަ ވީއްލުމަކަށް ތައްޔާރުވަނީ. -- ފޮޓޯ: އޭއެފްޕީ
އިޒްރޭލުގެ ހަމަލާތަކުގައި ބިމާ ހަމަކޮށްފައިވާ ޣައްޒާގައި މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހު، އެންމެން ބައިވެރިވާ ރޯދަ ވީއްލުމަކަށް މީހުން ޖަމާވެފައި. -- ފޮޓޯ: އޭއެފްޕީ
އިޒްރޭލުގެ ހަމަލާތަކުގައި ބިމާ ހަމަކޮށްލާފައިވާ ފަލަސްތީނުގެ ޣައްޒާގައި، ވެއްޓިފައިވާ ގެއެއްގެ ކައިރީ ތިބި ބަޔަކު މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ރޯދަ ވީއްލަން ކާބޯތަކެތި ހަދަނީ. -- ފޮޓޯ: އޭއެފްޕީ
އިޒްރޭލުގެ ހަމަލާތަކުގައި ބިމާ ހަމަކޮށްލާފައިވާ ފަލަސްތީނުގެ ޣައްޒާގައި، ވެއްޓިފައިވާ ގެއެއްގެ ކައިރީ ތިބެ މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ރޯދަ ވީއްލަން ކާބޯތަކެތި ހަދަނީ. -- ފޮޓޯ: އޭއެފްޕީ