މަނަދޫގެ އެންމެންގެ އުފާވެރިކަމާ ގުޅިފައިވާ "ނާމަގު" ޖެޓީ:

ނ. މަނަދޫ- މި ޖެޓީއަކީ މި ރަށުގެ ކުދިބޮޑު އެންމެން ފޫހި ފިލުވާލަން މަސް ބާނަން ދާ ތަނެއް. މީގެ ދެމަހެއްހާ ދުވަސް ކުރިން ހެދި "މަނަދޫ ނާމަގު ޖެޓީ" އަކީ މި ރަށުގައި މަސްވެރިކަމަށް ޝައުގު ހުންނަ މީހުން ސިފަކުރި ގޮތުގައި ލިބުނު ނިއުމަތެއް. ނައިޓް ފިޝިންއަށް ދޯނިތަކުގައި ދިއުމުގެ ބަދަލުގައި މިހާރު އާއިލާގެ އެންމެންނާއި ރައްޓެހިންނާ އެކު ދަނީ ޖެޓީ ކައިރިއަށް ދޮށި އުކަން. މި ޖެޓީގަ ހުރެގެން ފަރު މަހުގެ އެކި ބާވަތްތަކުގެ އިތުރުން ކަނޑު މަސް، ލައްޓި, ރާގޮނޑި ފަދަ މަސް ވެސް ބޭނޭ ކަމަށް އެ ރަށު މީހުން ބުނޭ. އެމްޓީސީސީން ހަދަމުން އަންނަ ޖެޓީގެ މަސައްކަތް އެއްކޮށް ނުނިމުނު ނަމަވެސް މި ރޯދަމަހާ ދިމާކޮށް ކައުންސިލުން ވަނީ އެ ތަން އާންމުންނަށް ބޭނުން ކުރެވޭނެހެން ހުޅުވާލާފައި .--- ފޮޓޯތައް: ފަޔާޒު މޫސާ | މިހާރު

ފަޔާޒް މޫސާ
ފަޔާޒް މޫސާ
04 މާރިޗު 2025
މަނަދޫގައި އަލަށް ހެދި "ނާމަގު ޖެޓީ" ގެ މަތިން ނަގާފައިވާ ފޮޓޯއެއް: މި ރަށުގެ އެންމެން ފޫހިފިލުވާލަން މިހާރު ދަނީ މި ޖެޓީ އަށް މަސްބާނަން: އެމްމްޓީސީސީން ހަދަމުން އަންނަ ޖެޓީގެ މަސައްކަތް އެއްކޮށް ނުނިމުނު ނަމަވެސް ކައުންސިލުން ވަނީ އެ ތަން އާންމުންނަށް ބޭނުން ކުރެވޭނެހެން ހުޅުވާލާފައި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މަނަދޫ "ނާމަގު ޖެޓީ": ހުސް ވަގުތުތަކުގައި މި ރަށު މީހުން މިހާރު ދަނީ ދޮށި އެއްލައިގެން މަސް ބާނަން މި ޖެޓީ އަށް.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މަނަދޫގައި އަލަށް ހެދި "ނާމަގު ޖެޓީ" ގައި ބަޔަކު ހަރަކާތްތެރިވަނީ: ނައިޓް ފިޝިން އަށް ދޯނިތަކުގައި ދިއުމުގެ ބަދަލުގައި މި ރަށު އެންމެން މިހާރު މަސްބާނަން ދަނީ މި ޖެޓީ އަށް.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މަނަދޫގައި އަލަށް ހެދި "ނާމަގު ޖެޓީ" ގައި ބަޔަކު އިރުއޮއްސުނުއިރު މަސްބާނަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މަނަދޫގައި އަލަށް ހެދި "ނާމަގު ޖެޓީ" ގައި ބަޔަކު މަސްބާނަން ތިބި އިރު، އާއިލާގެ ބައެއް މީހުން ކުދިން ގޮވައިގެން ޖެޓީގައި މަޑުކޮށްލައިގެން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މަނަދޫގެ އާ ޖެޓީ މަތީގައި މަސްބާނަން މޫދަށް ދޮށި އެއްލައިގެން ހުރި އިރު ކައިރީ އެހެން މީހަކު މަޑުކޮއްލައިގެން: މި ރަށުގެ މީހުންގެ މުނިފޫހިފިލުވުމާ މިހާރު ގުޅިފައި ވަނީ މި ޖެޓީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ނ. މަނަދޫގައި އަލަށް ހެދި "ނާމަގު ޖެޓީ" ގެ މަތިން ނަގާފައިވާ ފޮޓޯއެއް: ހެނދުނާއި މެންދުރުގެ އެންމެ ހޫނުގަދަވާ ވަގުތާއި އަދި ރޭގަނޑު ކިތަންމެ ދަންވިޔަސް މި ރަށުގެ އެންމެން ފޫހިފިލުވާލަން މިހާރު ދަނީ މި ޖެޓީއަށް މަސްބާނަން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މަނަދޫގައި އަލަށް ހެދި "ނާމަގު ޖެޓީ އަށް ގޮސްގެން ބޭނި ފަރުމަހެއް ކަނޑަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މަނަދޫ " ނާމަގު ޖެޓީ"ގައި އެ ރަށުގެ ބަޔަކު މަސްބާނަނީ: ނައިޓް ފިޝިން އަށް ދޯނިތަކުގައި ދިއުމުގެ ބަދަލުގައި އާއިލާގެ އެންމެންނާއި ރައްޓެހިންނާ އެކު މިހާރު ދަނީ މި ޖެޓީ އަށް.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ދޮށި އުކައިގެން ބޭނި ތޮޅިއެއް ޖެޓީ މަތީގައި: މަނަދޫ ކުދި ބޮޑު އެންމެން ވެސް މިހާރު ހުސް ވަގުތު ހޭދަކުރަން ދަނީ މި "ނާމަގު ޖެޓީ"އަށް މަސްބާނަން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މަނަދޫގައި އަލަށް ހެދި "ނާމަގު ޖެޓީ"ގައި ކުޑަކުއްޖަކު މަސް ބާނަން މޫދަށް ދޮށިއެއްލައިގެން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މަނަދޫ "ނާމަގު ޖެޓީ": ހުސް ވަގުތެއް ލިބިއްޖިއްޔާ މި ރަށު މީހުން މިހާރު ދަނީ މި ޖެޓީގައި ދޮށި އެއްލައިގެން މަސް ބާނަން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އިތުރު ފޮޓޯ ގެލަރީ