ފޮޓޯގެލަރީ / ރޯދަ މަސް

ވިލިމާލެ އިން ހިތްގައިމު، ތަފާތު މަންޒަރުތަކެއް

ހުސެއިން ވަހީދު

28 މެއި 2017

މޭ 28، 2017- "މިހާރު" ގެ ފޮޓޯގްރާފަރު ހުސެއިން ވަހީދުގެ ކެމެރާ މި ފަހަރު ފޯކަސްކޮށްލީ މާލޭގެ ފަސްވަނަ އަވަށް، ވިލިމާލެ އަށް. ތޮއްޖެހިފައިވާ މާލެ އަދި މިހާރު އެ ދިމާލަށް މިސްރާބު ޖަހާފައިވާ ހުޅުމާލެއާ ބަލާއިރު، ވިލިމާލެ އިން ފެނުނީ ވަރަށް ހިތްގައިމު، ތަފާތު މަންޒަރުތަކެއް. ރޯދަމަހުގެ ދުވާލުގެ ވަގުތުތައް އާއިލާއާ އެކު ކުޑަކުދިން ގޮނޑުދޮށުގައި ހުސްވަގުތު ހޭދަކުރުން، އެއްވެސް ކަހަލަ ޓްރެފިކެއް ނެތް މަގުތަކުގައި ކުޑަކުދިން ބައިސިކަލް އަދި ސްކޭޓް ބޯޑު ދުއްވާ ތަން، ބީޗްގައި ކުޑަކުދިން ހިނގާ ތަން، ރޯދަ ކުރުކޮށްލުމަށްޓަކައި ޒުވާނުން އަތިރިމަތީގައި ތާސްކުޅޭ ތަން. މިއިން ކޮންމެ މަންޒަރަކުން ވެސް ފެންނަނީ ހިޔާ ބޮޑު ވިލިމާލޭގެ އުފާވެރިކަމާއި ހިތްހަމަޖެހުން.

މޭ 28، 2017- ވިލިމާލޭގައި އޮޅުކޮށްގެން ގެންގުޅޭ ބުޅަލެއް ކުއްޖެއްގެ ކޮނޑުމަތީގައި: މި ރަށުގައި ގިނަބަޔަކު ބުޅަލާއި ގުރާ ފަދަ ދިރޭ އެއްޗެހި އޮޅުކޮށްގެން ގޭގައި ގެންގުޅޭ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މޭ 28، 2017- ވިލިމާލޭގައި އުޅޭ ޒުވާނުންތަކެއް، ރޯދަ ކުރުކޮށްލުމަށްޓަކައި ތާސްކުޅެނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މޭ 28، 2017- ވިލިމާލޭގައި އޮޅުކޮށްގެން ގެންގުޅޭ ބުޅަލެއް އަތަށް ނަގައިގެން: މި ރަށުގައި ގިނަބަޔަކު ބުޅަލާއި ގުރާ ފަދަ ދިރޭ އެއްޗެހި އޮޅުކޮށްގެން ގޭގައި ގެންގުޅޭ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މޭ 28، 2017- ކާފަދަރިފުޅު ގޮވައިގެން ވިލިމާލޭގައި ހަވީރު ފިންޏަށް ހިނގާލަން ނުކުމެ އުޅުނު މީހަކު، މަގުމަތީގައި އޮތް ބުޅަލެއް އެ ކުއްޖާ އަށް ދައްކަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މޭ 28، 2017- ވިލިމާލޭގައި އުޅޭ އާއިލާއެއްގެ ބަޔަކު ރޯދަ ކުރުކޮށްލުމުގެ ގޮތުން މި ރަށުގެ ގޮނޑުދޮށުގައި އިށީނދެލައިގެން.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މޭ 28، 2017- ވިލިމާލޭގެ ގެއެއްގެ ދޮރުމަތީގައި ފިނިކޮށްލަން ނުކުމެ ތިބި އުމުރުން ދުވަސްވީ ދެ މީހަކާ، ފުލުހަކު ވާހަކަ ދައްކަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މޭ 28، 2017- ވިލިމާލޭގައި އުޅޭ މީހަކު އޭނާގެ ދަރިފުޅު ގޮވައިގެން މި ރަށު އަތިރިމަތީގައި ހިނގާލަނީ: މިގޮތަށް ހަވީރު ފިންޏަށް ނުކުމެ ހިނގާލުމުގައި ވިލިމާލޭގައި އެއްވެސް ދަތިކަމެއް ނެތް.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މޭ 28، 2017- ވިލިމާލޭގެ ބޯޅަދަނޑުގައި ހަދާފައިވާ ޕާކެއްގައި ކުޑަކުއްޖަކު ކުޅެނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މޭ 28، 2017- ވިލިމާލޭގެ ގޮނޑުދޮަށުގައި ކުދިބަޔަކު ކުޅެނީ: ވިލިމާލޭގެ އެންމެ ހިތްގައިމު ކަމަކީ މިގޮތަށް ކުޑަކުދިން އަތިރިމައްޗަށް އެރި ކުޅެލާނެ ފުރުސަތު ފަސޭހައިން ފަހިވެފައި އޮތުން.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މޭ 28، 2017- ވިލިމާލޭގައި ދިރިއުޅޭ އަންހެނަކު އޮޅުކޮށްގެން ގޭގައި ގެންގުޅޭ ގުރައަކަށް ކާންދެނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މޭ 28، 2017- ވިލިމާލޭގައި އުޅޭ ޒުވާނުންތަކެއް ރޯދަ ކުރުކޮށްލުމަށްޓަކައި، މި ރަށުގެ އަތިރިމަތީގައި ހުރި ޖޯއްޔެއްގައި އިށީނދެ ތާސްކުޅެން ތައްޔާރުވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މޭ 28، 2017- ވިލިމާލޭގެ މަގެއްގެ މަތީގައި ބަހައްޓާފައި ހުރި ޖޯއްޔެއްގައި، ތުއްތު ކުއްޖަކު ގޮވައިގެން އަންހެނަކު އޮށޯވެލައިގެން.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މޭ 28، 2017- ވިލިމާލޭގެ ގޮނޑުދޮަށުގައި ކުދިބަޔަކު ކުޅެނީ: ވިލިމާލޭގެ އެންމެ ހިތްގައިމު ކަމަކީ މިގޮތަށް ކުޑަކުދިން އަތިރިމައްޗަށް އެރި ކުޅެލާނެ ފުރުސަތު ފަސޭހައިން ފަހިވެފައި އޮތުން.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މޭ 28، 2017- ވިލިމާލޭގައި ދިރިއުޅޭ ކުއްޖަކު އޭނާގެ މާމަގެ އެހީތެރިކަމާއެކު މަޑިއަރުވަނީ: މިއީ މާލެއެކޭ އެއްގޮތަށް ވިލިމާލޭގައި ވެސް ރޯދަ ކުރުކުރުމުގެ ގޮތުން އާންމުކޮށް ކުރާ ކަމެއް.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މޭ 28، 2017- ވިލިމާލޭގެ މަގެއްގެ އެއް ފަރާތުގައި ހަރުކޮށްފައިވާ ދަގަނޑު ހޮޅިތަކެއްގެ މަތީގައި ކުޑަކުދިންތަކެއް ވަގުތުކޮޅެއް ހޭދަކުރާއިރު، "މިހާރު"ގެ ކެމެރާ އަށް އަތުން އިޝާރާތް ކޮށްލަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މޭ 28، 2017- ރޯދަ ކުރުކުރުމުގެ ގޮތުން ކުޑަ ދެކުއްޖަކު ވިލިމާލޭގެ ގޮނޑުދޮށުގައި ހިނގާލަނީ: މި ރަށުގެ އަތިރިމަތީގައި އެކި އާއިލާތަކުން ރޯދަވީއްލުމަކީ ވެސް ވަރަށް އާންމު ކަމެއް.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މޭ 28، 2017- ވިލިމާލޭގެ މަގެއްގެ މަތީގައި ދެ ކުއްޖަކު ބައިސިކަލްގައި ދަނީ: މިއީ އިންޖީނުލީ ވެހިކަލް އާންމުކޮށް ނުދުއްވާ ރަށަކަށް ވުމުން، މިއީ މި ރަށުން ވަރަށް އާންމު މަންޒަރު. ވިލިމާލޭގައި މީހުން އުފުލުމަށް އާންމުކޮށް ބޭނުންކުރަނީ ބަގީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

mihaaru logo

Copyright © 2021 Mihaaru · Terms and Conditions · Privacy Policy