ފޮޓޯގެލަރީ / ޖުމްހޫރީ ދުވަސް

ގައުމީ އިނާމު ދިނުން

ހަފީޒާ އަހުމަދު

12 ނޮވެމްބަރ 2017

މާލެ: ނޮވެމްބަރު 11، 2017: ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާ: މި ޖަލްސާގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ވަނީ ޝަރަފުގެ އައްޑަނައަކާއި ޝަރަފުގެ ބެޖަކާއި ހަނދާނީ ފިލައެއް ދީފައި. އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ވަނީ ހަނދާނީ ފިލައަކާއި ހަނދާނީ ލިޔުމެއް ދީފައި. އިނާމުތައް ދެއްވީ ރައީސް އަބްދުﷲ ޔާމީން. އެގޮތުން މި އަހަރުގެ ޝަރަފުވެރިކަމުގެ ގައުމީ އިނާމު ދެ ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 24 ބޭފުޅަކަށް ވަނީ ލިބިފައި. ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަތީ، ޅެންވެރިކަމުގެ ދާއިރާ އިން ގދ. ތިނަދޫ އަލިދޯދި އަބްދުﷲ އަފީފާއި ސިއްހީ ދާއިރާ އިން ހ. މިލާފަރު ޑރ. މުހައްމަދު އަހުމަދަށް.

މާލެ: ނޮވެމްބަރު 11، 2017- މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.---ފޮޓޯ: ރައީސް އޮފީސް

މާލެ: ނޮވެމްބަރު 11، 2017- މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ ސަލާމް ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

މާލެ: ނޮވެމްބަރު 11، 2017- މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.---ފޮޓޯ: ރައީސް އޮފީސް

މާލެ: ނޮވެމްބަރު 11، 2017- މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.---ފޮޓޯ: ރައީސް އޮފީސް

މާލެ: ނޮވެމްބަރު 11، 2017- މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.---ފޮޓޯ: ރައީސް އޮފީސް

މާލެ: ނޮވެމްބަރު 11، 2017- މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާ އަށް ރައީސް ޔާމީން ވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

މާލެ: ނޮވެމްބަރު 11، 2017: މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

މާލެ: ނޮވެމްބަރު 11، 2017: މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

މާލެ: ނޮވެމްބަރު 11، 2017- ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި، ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހާސިލްކުރި ހ. މިލާފަރު ޑރ. މުހައްމަދު އަހުމަދާ، ރައީސް ޔާމީން އިނާމު ހަވާލުކޮށްދެއްވަނީ: އޭނާ އަށް މި އިނާމު ލިބިވަޑައިގަތީ ރާއްޖޭގެ ސިއްހީ ދާއިރާ އަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކަށް.---ފޮޓޯ: ރައީސް އޮފީސް

މާލެ: ނޮވެމްބަރު 11، 2017- ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި، ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހާސިލްކުރި ގދ. ތިނަދޫ އަލިދޯދި އަބްދުﷲ އަފީފާ، ރައީސް ޔާމީން އިނާމު ހަވާލުކޮށްދެއްވަނީ: އޭނާ އަށް މި އިނާމު ލިބިވަޑައިގަތީ ދިވެހި އަދަބިއްޔާތުގެ ދާއިރާ އިން ޅެންވެރިކަމުގެ ރޮނގުން ކޮށްދެއްވާފައިވާ ޚިދުމަތްތަކަށް.---ފޮޓޯ: ރައީސް އޮފީސް

މާލެ: ނޮވެމްބަރު 11، 2017- ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި، ގުރުއާން ކިޔެވުމާއި އުނގެނުމުގެ ދާއިރާ އިން ގައުމީ އިނާމް ހާސިލްކުރި ހ. ކިވި ފާތުމަތު ރަޝީދާއާ، ރައީސް ޔާމީން އިނާމު ހަވާލުކޮށްދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

މާލެ: ނޮވެމްބަރު 11، 2017: ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން، ގައުމީ އިނާމް ހަވާލު ކުރައްވަނީ. - ފޮޓޯ: ރައީސް އޮފީސް

މާލެ: ނޮވެމްބަރު 11، 2017- ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި، ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާ އިން ގައުމީ އިނާމް ހާސިލްކުރި އަބްދުލް މުއީދު ހަސަންއާ، ރައީސް ޔާމީން އިނާމު ހަވާލުކޮށްދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

މާލެ: ނޮވެމްބަރު 11، 2017- ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި، ދިވެހި ތާރީޚާ ގުޅޭ ގޮތުން ހޭލުންތެރި ކުރުމުގެ ދާއިރާ އިން ގައުމީ އިނާމް ހާސިލްކުރި މުހައްމަދު ޝާތިރުއާ، ރައީސް ޔާމީން އިނާމު ހަވާލުކޮށްދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

މާލެ: ނޮވެމްބަރު 11، 2017- ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި، އިސްލާމްދީން އުނގަންނައި ދިނުމުގެ ދާއިރާ އިން ގައުމީ އިނާމް ހާސިލްކުރި ފުވައްމުލަކު ދަނޑިމަގު، ރިހިވިލާގޭ މޫސާ އަންވަރާ، ރައީސް ޔާމީން އިނާމު ހަވާލުކޮށްދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

މާލެ: ނޮވެމްބަރު 11، 2017- ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި، ހިންގުމުގެ ދާއިރާ އިން ގައުމީ އިނާމް ހާސިލްކުރި އަހުމަދިއްޔާ ސްކޫލުގެ ޕްރިންސިޕަލް، މ. ފަންތި މުހައްމަދު ރަޝީދުއާ، ރައީސް ޔާމީން އިނާމު ހަވާލުކޮށްދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

މާލެ: ނޮވެމްބަރު 11، 2017- ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި، ހިތްވަރު ދިނުމުގެ ގައުމީ އިނާމު ހާސިލްކުރި ބޭފުޅަކާ ރައީސް ޔާމީން އިނާމު ހަވާލުކޮށްދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

މާލެ: ނޮވެމްބަރު 11، 2017- ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި، ތައުލީމީ މުއައްސަސާތައް އުފައްދައި ހިންގުމުގެ ދާއިރާ އިން ގައުމީ އިނާމް ހާސިލްކުރި ގދ. ތިނަދޫ ޗާންދު އަހުމަދު މުސްތާގްއާ، ރައީސް ޔާމީން އިނާމު ހަވާލުކޮށްދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

މާލެ: ނޮވެމްބަރު 11، 2017- ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި، ހިތްވަރު ދިނުމުގެ ގައުމީ އިނާމު ހާސިލްކުރި އަންހެނަކާ ރައީސް ޔާމީން އިނާމު ހަވާލުކޮށްދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

މާލެ: ނޮވެމްބަރު 11، 2017- ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި، ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާ އިން ގައުމީ އިނާމް ހާސިލްކުރި އަބްދުﷲ އަޒްމީންއާ، ރައީސް ޔާމީން އިނާމު ހަވާލުކޮށްދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

މާލެ: ނޮވެމްބަރު 11، 2017- ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި، އިމާރާތް ކުރުމުގެ ދާއިރާ އިން ގައުމީ އިނާމް ހާސިލްކުރި މުހައްމަދު އަލީ ޖަނާހްއާ، ރައީސް ޔާމީން އިނާމު ހަވާލުކޮށްދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

މާލެ: ނޮވެމްބަރު 11، 2017- ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި، އޮޑިދޯނިފަހަރު ބަނުމާއި ފަރުމާ ކުރުމުގެ ދާއިރާ އިން ގައުމީ އިނާމް ހާސިލްކުރި ރ. އަލިފުށީ ފްލޮރެންސް އަލީ ހަސަންއާ، ރައީސް ޔާމީން އިނާމު ހަވާލުކޮށްދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

މާލެ: ނޮވެމްބަރު 11، 2017- ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި، ހިތްވަރު ދިނުމުގެ ގައުމީ އިނާމު ހާސިލްކުރި އަންހެނަކާ ރައީސް ޔާމީން އިނާމު ހަވާލުކޮށްދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

މާލެ: ނޮވެމްބަރު 11، 2017- ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި، ކުޅިވަރުގެ ދާއިރާ އިން ކުޅިވަރު ހިންގުމާއި ފަންނީ ގޮތުން ކުޅިވަރަށް ހިދުމަތްކުރުމުގެ ރޮނގުން ގައުމީ އިނާމް ހާސިލްކުރި އަލީ ސަލީމްއާ، ރައީސް ޔާމީން އިނާމު ހަވާލުކޮށްދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

މާލެ: ނޮވެމްބަރު 11، 2017- ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި، ކަސްރަތު ކުރިއެރުވުމުގެ ރޮނގުން ގައުމީ އިނާމް ހާސިލްކުރި މ. އާސިޔާ މަންޒިލް އަބްދުﷲ ނިޔާޒްއާ، ރައީސް ޔާމީން އިނާމު ހަވާލުކޮށްދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

މާލެ: ނޮވެމްބަރު 11، 2017- ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި، ކުޅިވަރުގެ ދާއިރާ އިން މޫދު ކުޅިވަރު ކުޅުމާއި މީހުން ތަމްރީން ކުރުމުގެ ރޮނގުން ގައުމީ އިނާމް ހާސިލްކުރި އަބްދުލްގަފޫރު އަލީ (ގައްބެ)އާ، ރައީސް ޔާމީން އިނާމު ހަވާލުކޮށްދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

މާލެ: ނޮވެމްބަރު 11، 2017- ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި، ކުޅިވަރުގެ ދާއިރާ އިން ކުޅިވަރު ކުޅުމާއި މީހުން ތަމްރީން ކުރުމުގެ ރޮނގުން ގައުމީ ހާސިލްކުރި ފާތުމަތު ރިޝްމާއާ، ރައީސް ޔާމީން އިނާމު ހަވާލުކޮށްދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

މާލެ: ނޮވެމްބަރު 11، 2017- ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި، އާންމުކޮށް އަންހެނުން ކޮށް ނޫޅޭ މަސައްކަތުގެ ދާއިރާއަކުން ގައުމީ އިނާމު ހާސިލްކުރި މ. ހިޔަލީ ގުލްޝަން މަރްޔަމް ޝިފްޒާންއާ، ރައީސް ޔާމީން އިނާމު ހަވާލުކޮށްދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

މާލެ: ނޮވެމްބަރު 11، 2017- ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި، ލަވަ ކިޔުމާއި މީހުން ތަމްރީން ކުރުން ރޮނގުން ގައުމީ އިނާމު ހާސިލްކުރި މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ)އާ، ރައީސް ޔާމީން އިނާމު ހަވާލުކޮށްދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

މާލެ: ނޮވެމްބަރު 11، 2017- ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި، ފޮޓޯގްރަފީގެ ރޮނގުން ގައުމީ އިނާމު ހާސިލްކުރި ސ. މަރަދޫ ވެސްޓްކޯސްޓް މުހައްމަދު ޝާފީއާ، ރައީސް ޔާމީން އިނާމު ހަވާލުކޮށްދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

މާލެ: ނޮވެމްބަރު 11، 2017- ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި، ޕާފޯމިން އާޓްސްގެ ދާއިރާއިން، ފިލްމާއި ޑްރާމާ ކުޅުމާއި މީހުން ތަމްރީން ކުރުމާއި ސްކްރިޕްޓް ލިޔުމުގެ ރޮނގުން ގައުމީ އިނާމު ހާސިލްކުރި ގ. ތަލްވާރުގޭ އިބްރާހިމް ރަޝީދުއާ، ރައީސް ޔާމީން އިނާމު ހަވާލުކޮށްދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

މާލެ: ނޮވެމްބަރު 11، 2017- ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި، މުޖުތަމައަށް ފައިދާހުރި އުފެއްދުންތަކާއި ޚިދުމަތްތައް ތައާރަފް ކުރުން ދާއިރާ އިން ގައުމީ އިނާމު ހާސިލްކުރި އދ. މާމިގިލީ މަރިޔާދު މުހައްމަދު ޝާރިފްއާ، ރައީސް ޔާމީން އިނާމު ހަވާލުކޮށްދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

މާލެ: ނޮވެމްބަރު 11، 2017- ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި، އާންމުކޮށް އަންހެނުން ކޮށް ނޫޅޭ ބާވަތުގެ މަސައްކަތުގެ ދާއިރާ އިން ގައުމީ އިނާމު ހާސިލްކުރި ޅ. ނައިފަރު މާތިލަ، ސަމްހާ ޔޫސުފްއާ ރައީސް ޔާމީން އިނާމު ހަވާލުކޮށްދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

މާލެ: ނޮވެމްބަރު 11، 2017- ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި، އަންހެނުންގެ ދާއިރާ އިން ގައުމީ އިނާމު ހާސިލްކުރި ބ. މާޅޮހު، ފެންފިޔާޒުގޭ ރާބިއާ ހުސައިންއާ ރައީސް ޔާމީން އިނާމު ހަވާލުކޮށްދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

ފަހުގެ ފޮޓޯ ގެލަރީ

photo gallery icon

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

mihaaru logo

Copyright © 2021 Mihaaru · Terms and Conditions · Privacy Policy