ފޮޓޯގެލަރީ / ރާއްޖެ އިސްލާމްވި ދުވަސް

ރާއްޖެ އިސްލާމްވި ދުވަހުގެ ޚާއްސަ ޖަލްސާ

ހުސެއިން ވަހީދު

22 ޑިސެމްބަރ 2017

މާލެ: ޑިސެމްބަރު 21، 2017- ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް އިސްލާމީ މަރުކަޒު ސަރަހައްދުގައި ބޭއްވި ޖަލްސާ:---ފޮޓޯތައް: ހުސެއިން ވަހީދު/މިހާރު

މާލެ: ޑިސެމްބަރު 21، 2017- ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި އިސްލާމީ މަރުކަޒު ސަރަހައްދުގައި ބޭއްވި ޖަލްސާގައި، (ކ-ވ) ހޯމް މިނިސްޓަރު އަޒްލީން އަހުމަދު، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އަދި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ގައުމީ ސަލާމް ވިދާޅުވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މާލެ: ޑިސެމްބަރު 21، 2017- ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި އިސްލާމީ މަރުކަޒު ސަރަހައްދުގައި ބޭއްވި ޖަލްސާގައި، ދައުލަތަށް ގިނަ ދުވަސްތަކެއްގެ ޚިދުމަތް ކުރައްވާފައިވާ ދެބޭފުޅުން ކަމަށްވާ އަބްދުއްރަޝީދު ހުސައިން (ވ) އަދި އައްބާސް އިބްރާހިމް ގައުމީ ސަލާމުގައި ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މާލެ: ޑިސެމްބަރު 21، 2017- ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި އިސްލާމީ މަރުކަޒު ސަރަހައްދުގައި ބޭއްވި ޖަލްސާގައި އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. ޒިޔާދު ބާގިރު ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މާލެ: ޑިސެމްބަރު 21، 2017- ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި އިސްލާމީ މަރުކަޒު ސަރަހައްދުގައި ބޭއްވި ޖަލްސާގައި ބައިވެރިވި ބައެއް މީހުން.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މާލެ: ޑިސެމްބަރު 21، 2017- ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި މިރޭ ވަނީ އިސްލާމީ މަރުކަޒު ސަރަހައްދުގައި ބާއްވާފައި. މި ޖަލްސާގެ ޝަރަފުވެރި މެހުމާނަކީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މާލެ: ޑިސެމްބަރު 21، 2017- ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގެ ޝަރަފުވެރި މެހުމާން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު (ވ) ޚާއްސަ ފޮތެއް ނެރެދެއްވާއިރު، އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. ޒިޔާދު އެމަނިކުފާނުގެ އަރިހުގައި.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މާލެ: ޑިސެމްބަރު 21، 2017- ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގެ ޝަރަފުވެރި މެހުމާން، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވާހަކަފުޅު ދައްކަވަނީ: މި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ، އިސްލާމްދީނުގެ އަގީދާ ވަރުގަދަ ކުރަން މިހާރުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް. އެގޮތުން އިސްލާމީ ތައުލީމް ހަރުދަނާ ކުރުމާއި އިސްލާމީ ޔުނިވާސިޓީ ގާއިމް ކުރުން ފަދަ ކަންކަން އެމަނިކުފާނު ފާހަގަ ކުރެއްވި.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މާލެ: ޑިސެމްބަރު 21، 2017- ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ބައިވެރިވި ފުލުހުންގެ ބައެެއް އޮފިސަރުން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މާލެ: ޑިސެމްބަރު 21، 2017- ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގެ ޝަރަފުވެރި މެހުމާން، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވާހަކަފުޅު ދައްކަވަނީ: މި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ، ޓެރަރިޒަމާ އިސްލާމް ދީނާ ގުޅުވައިގެން ވާހަކަ ދައްކަމުން ދަނީ އިސްލާމީ އަގީދާ ބަލިކަށި ކޮށްލުމަށް ކަމަށް.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މާލެ: ޑިސެމްބަރު 21، 2017- ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ބައިވެރިވި ސިފައިންގެ ބައެެއް މީހުން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މާލެ: ޑިސެމްބަރު 21، 2017- ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައިބޭއްވި ޖަލްސާގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ބޭރުގެ އެކި ފަރާތްތަކުން ރާއްޖޭގައި ތަފާތު ދީންތައް ފެތުރުމަށް ނުފޫޒު ފޯރުވާ ކަމަށާއި މިއީ ސަމާލުވާން ޖެހޭ ކަމެއް ކަމަށް.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މާލެ: ޑިސެމްބަރު 21، 2017- ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ބައިވެރިވެރިވި ބައެއް މީހުން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މާލެ: ޑިސެމްބަރު 21، 2017- ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައިބޭއްވި ޖަލްސާގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ ރާއްޖޭގެ ސިޔާސީ ނިޒާމު ގާއިމުވެފައި އޮންނަ ގޮތުން، ރިޔާސީ އިންތިޚާބެއް ކައިރިވެގެން އަންނައިރު، ދީނީ ތަފާތު ފިކުރުތަކުގެ މީހުން ދީން ފެތުރުމަށް ނުފޫޒު ފޯރުވާ ކަމަށް.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މާލެ: ޑިސެމްބަރު 21، 2017- ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

mihaaru logo

Copyright © 2021 Mihaaru · Terms and Conditions · Privacy Policy