ފެންވަރު ރަނގަޅު މާމުޔެއް ލިބިއްޖެނަމަ އެއީ ސިއްހަތަށް ރަނގަޅު އެއްޗެކެވެ. ރޯގާ އާއި އެހެނިހެން ކުދި ކުދި ބަލިތަކަށް ޝިފާ އެކެވެ. އެކަން އަމިއްލަ އަށް ތަރުޖިބާ ކޮށްލުމުން ވެސް އެނގިގެންދާނެ އެވެ. ނަމަވެސް ކޮލިޓީ ރަނގަޅު މާމުޔެއް ހޯދުމަކީ އުނދަގޫ ކަމެކެވެ. އެކަމަށް މިފަހަރު ހައްލެއް ގެނެސްދީފައި ވަނީ ޔޫރޯ ސްޓޯރުންނެވެ. އެ ކުންފުނިން ރާއްޖެ ގެނެސް ވިއްކާ ލަންގްނީސް ބްރޭންޑް މާމުޔަކީ ކޮލިޓީ ރަނގަޅު މާމުޔެކެވެ.
ޖަރުމަނުގެ އެ އުފެއްދުމަކީ މުޅި ދުނިޔޭގައި ވެސް މަގުބޫލު އެއްޗެކެވެ. ކަސްޓަމަރުންގެ މެދުގައި މަގުބޫލު އެއްޗެއްކަން އެނގިގެން ދަނީ 1927 ވަނަ އަހަރުން ފެށިގެން އުފައްދަމުން އަންނަ މާމުއިގެ މާކެޓް އެއް ދުވަހުން އަނެއް ދުވަހަށް ކުރި އަރަމުން އަންނާތީ އެވެ. އެކަމަށް ލަންގްނީސް ހަނީ އުފައްދާ ކުންފުނީގެ އޮފިޝަލުން ވެސް ސަމާލުކަންދެ އެވެ.
ލަންގްނީސްގެ ކާމިޔާބީތަކަށް ބަލާއިރު އެ ކުންފުނީގެ ދިގު ތާރީހު ހިމެނެ އެވެ. މާމުއީގެ ވިޔަފާރި ބަދަލުކޮށް، ތަފާތު ވައްތަރުގެ އުފެއްދުންތައް ނެރެ އެވެ.
މާމުއިތަކުގެ ފެންވަރު ރަނގަޅުކުރަން އެ ކުންފުނިން ހާއްސަ ސަމާލުކަމެއް ދެ އެވެ. އެގޮތުން ވަކި ފެންވަރެއްގައި ބެހެއްޓުމަށް ލެބޯޓްރީގައި ޓެސްޓުތަކެއް ހަދައި އެކަން ދެނެގަތުމާއި ފުޅިއާ ހަމައަށް މާމުއި ދަންދެން ރަނގަޅަށް ބަލަހައްޓަ އެވެ. ކުދި ބަލިތަކުގެ ފަރުވާއަކަށް އެ އެއްޗެހި ބޭނުން ކުރެވިދާނެ މާމުއި ބަންދުކޮށްފައި ވަނީ އެކަމަށް ހާއްސަ ފުޅީގަ އެވެ.
ލަންގްނީސް ބްރޭންޑުގެ ކުޑައިގެ ދަށުން ތަފާތު އެކި ފްލޭވާސްގެ މާމުއި ތައްޔާރުކުރެ އެވެ. އެގޮތުން ޕިޔޯ ބީ ހަނީ، ބްލެކްފޮރެސްޓް ހަނީ، އަކޭޝިޔާ ހަނީ އަދި މަނޫކާ ހަނީ ހިމެނެ އެވެ. ޖަރުމަނުގައި އުފައްދަން ފެށި އެ މާމުއި ދުނިޔޭގެ 50 އަށް ވުރެ ގިނަ ގައުމަށް އެކްސްޕޯޓް ކޮށްފައިވެ އެވެ. އެ އެއްޗެހީގެ ތެރޭގައި ކުޑަކުދިންނަށް ހާއްސަ މާމުއި ވެސް ހުރެ އެވެ.
ފެންވަރު ރަނގަޅު މާމުޔެއް ނަމަ އޭގައި ގިނަ އަދަދެއްގެ ވިޓަމިންނާއި މިނަރަލް ހިމެނޭނެ އެވެ. މިގޮތުން ލަންގްނީސް ފުޅިއަށް ބަލާލުމުން ވެސް މާމުއީގެ ސާފުކަން ފެނިގެންދާނެ އެވެ. ފަސޭހައިން ފެންވަރު ރަނގަޅު މާމުއި ދެނެގަންނަން ބޭނުންވާ ނަމަ، ސަމްސަލަކަށް މާމުއި އަޅާށެވެ. އެ އެއްޗެހި އަވަހަށް ވެރޭނަމަ އެއީ ސާފު މާމުއެއް ނޫނެވެ. ކޮލިޓީ މާމުޔެއް ނަމަ ސަމްސަލުން ފައިބާނީ ވަރަށް ލަސްލަހުންނެވެ.
މި ފާހަގަކުރި ކަންތައްތަކަކީ ފެންވަރު ރަނގަޅު މާމުޔެއް ނަމަ ހިމޭނެ ކަންތައްތަކެވެ. އެ ހުރިހާ ޝަރުތުތަކެއް ވެސް ޔޫރޯ ސްޓޯރުން ވިއްކާ ލަންގްނީސް މާމުއިގައި ހިމެނޭއިރު، އެއީ ބޭނުންކުރަން އެކަށީގެންވާ ރަހަމީރު މާމުޔެކެވެ. ހެނދުނުގެ ނާސްތާއިން ފެށިގެން ދުވަހުގެ އެކި ގަޑިތަކުގައި ބޭނުން ކުރެވިދާނެ ހަށިގަނޑަށް ފައިދާހުރި މާމުޔެކެވެ.