"ފޭޝަލް ރިކޮގްނިޝަން" ޓެކްނޮލޮޖީ އުފައްދައި އެހެން ބަޔަކަށް ވިއްކުމަކީ އައިބީއެމް އިން ދެން ކުރާނެ ކަމެއް ނޫން ކަމަށް އެ ކުންފުނިން ބުނެފި އެވެ. އައިބީއެމް އިން ބުނީ، އިދާރީ ބާރުތަކުން އަދި ތަންފީޒީ ބާރުތަކުން، "ފޭޝަލް ރިކޮގްނިޝަން" ޓެކްނޮލޮޖީ ބޭނުންހިފަނީ ސުލްހަވެރި މާނައިގައި ނޫން ކަމަށެވެ.

އައިބީއެމް އިން ދެކޭ ގޮތުގައި، "ފޭޝަލް ރިކޮގްނިޝަން" ޓެކްނޮލޮޖީ ބޭނުންހިފުމުގައި ނަސްލީ ތަފާތުކުރުން ވަރަށް ބޮޑެވެ. ވަކި ނަސްލަކަށް ނިސްބަތްވުން އެއީ އިންސާނީ ހައްގުތައް އަދި އިންސާނީ ކަރާމާތް ގެއްލުވާލަން ޖެހޭ ކަމެއް ނޫން ކަމަށް އައިބީއެމް އިން ވަނީ ބުނެފަ އެވެ. އެމެރިކާގެ ކޮންގްރެސް އަށް އައިބީއެމް އިން ފޮނުވި ސިޓީއެއްގައި، ކުންފުނީގެ ސީއީއޯ، އަރުވިންދު ކްރިޝްނާ ވިދާޅުވެފައި ވާ ގޮތުގައި، މަސްލަހަތު ގެއްލުވާލަން ކުރާ މަސައްކަތްތަކަށް އައިބީއެމް އިން އެހީތެރިއެއް ނުވާނެ އެވެ.

އައިބީއެމް އިން ވަނީ "ފޭޝަލް ރިކްގޮނިޝަން ޓެކްނޮލޮޖީ" އާ މެދު ގައުމީ ބަހުސަކަށް ގޮވާލައިފަ އެވެ. މި ޓެކްނޮލޮޖީ އުފައްދަންޖެހޭ މިންވަރު، ބޭނުންޖެހޭ މިންވަރު އަދި ބޭނުންހިފާނެ މިންވަރު ކަނޑައެޅުމަށްޓަކަ އެވެ. އުނގެނުމަށް އަދި ބިނާކުރަނިވި ބޭނުންތަކަށް "ފޭޝަލް ރިކްގޮނިޝަން ޓެކްނޮލޮޖީ" އުފެއްދިދާނެ ކަމަށް އައިބީއެމް އިން ދެކެ އެވެ. ނަމަވެސް، ތަންފީޒީ ބާރުތަކުގެ އަމަލުން އެ ތަފާތު ނުފެންނަ ނަމަ އެއީ ހިތްވަރު ދެވެން ނެތް ކަމެއް ކަމަށް ވަނީ ބުނެފަ އެވެ.

"ފޭޝަލް ރިކްގޮނިޝަން ޓެކްނޮލޮޖީ" އަކީ ވަކި ބަޔަކާ ދެކޮޅަށް ބޭނުންކުރެވޭ އުފެއްދުމެއް ކަމަށް ޒަމާނުއް ސުރެ އަންނަނީ ބުނެވެމުންނެވެ. އެހެން ނަމަވެސް، މިއީ ބަޔަކު ދެނެތިބި ކަމަކަށް ނުވެ އެވެ. އައިބީއެމް އިން "ފޭޝަލް ރިކްގޮނިޝަން ޓެކްނޮލޮޖީ" ހުއްޓާލާނެކަން އެންގުމުން، ޓެކްނޮލޮޖީ މަސްރަހަށް ވަނީ ގުޑުން އަރާފަ އެވެ. އެހެން ނަމަވެސް، މި ޓެކްނޮލޮޖީ އުފައްދާ އެހެން ކުންފުނިތަކުން އަދި ވަކި ކޮޅެއް އިޚުތިޔާރެއް ނުކުރެ އެވެ. އައިބީއެމްގެ ވިސްނުމަކީ މި ސިނާއަތަށް ބަދަލު އަންނަ ވަރުގެ ނިންމުމެއް ކަމަށް މާހިރުން ގަބޫލުކުރެ އެވެ.