މުނިފޫހިފިލުވުން / ދިވެހި ފިލްމް އިންޑަސްޓްރީ

މި އެކްޓަރުންގެ ތަރި އޮއްސުނީބާ؟

ލޫއްޕެ: މިހާރު ފިލްމްތަކުން އެއްގޮތަކަށް ވެސް ނުފެނޭ.

ދިވެހި ފިލްމީ ދާއިރާ އަށް ބަލާއިރު ފިލްމް ކުޅެން މާ ގިނަ ތަރިންތަކެއް ނެތެވެ. އެކަމަކު ދެހާހުގެ އަހަރުތައް ފެށިގެން އައި އިރު ވަރަށް ޒުވާން އަދި ހުނަރުވެރިން ތަރިންތަކެއް އުފެދެގިން އައެވެ. އޭގެ ތެރޭގައި ފާހަގަކޮށްލެވޭ ލިސްޓެއް އެކުލަވައިލެވިދާނެ އެވެ.

ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި އަލީ ސީޒަން ފަދަ މަޝްހޫރު އެކްޓަރުންގެ ލީގަށް ނެގިދާނެ ތަރިންތަކެއް ކުރިން ވަަރަށް ހަރަކާތްތެރިކޮށް ފިލްމީ ދާއިރާ އިން ފެނުނެވެ. އެކަމަކު މީގެ ތެރެއިން ބައެއް އެކްޓަރުންނަކީ މިހާރު ހާލަކުން ފަހަރަކު ނޫނީ އެއްގޮތަކަށް ވެސް ނުފެންނަ ތަރިންނޭ ބުނެވިދާނެ އެވެ.

އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)

މިއީ ފިލްމީ ދާއިރާ އިން ފެނުނު އެންމެ ހުނަރުވެރި އެކްޓަރޭ ބުނެވިދާނެ އެވެ. ކޮޕީ އިއްސެ ނޫނީ ރާއްޖޭން ބޭރުން، ފަހުރުވެރި އެވޯޑެއް ދިވެހި އެކްޓަރަކު މިހާތަނަށް ވެސް ނެތެވެ. ފިލްމް އިނގިލި 2014 ގައި ސާކް ފިލްމް ފެސްޓިވަލްގައި ބައިވެރިކޮށްގެން ސަރަހައްދީ އެހެން ގައުމުތަކުގެ އެކްޓަރުންނާ ވާދަކޮށް، އޭނާ ވަނީ އެންމެ މޮޅު އެކްޓަރުގެ އެވޯޑް އުފުލާލައިފަ އެވެ. އެންމެ ފަހުން ބޭއްވި ގައުމީ ފިލްމް އެވޯޑްސްގެ އެންމެ މޮޅު އެކްޓަރަކީ ވެސް މިއީ އެވެ. އެއީ ލޫދިފާ (2011) ގައި ކުޅުނު ރޯލުންނެވެ.

އިއްސެގެ ކެރިއަށް ބަލާ އިރު "އިނގިލި" އާއި "ލޫދިފާ" އަކީ ވަރަށް ހާއްސަ ދެ ފިލްމަށް ވާނެ އެވެ. އޭނާގެ ފާހަގަކޮށްލެވޭ އިތުރު ފިލްމްތަކުގެ ތެރޭގައި "އެދިއެދި ހޯދީމޭ"، "ސަޒާ" އަދި "ދިލަކަނި" ފަދަ ފިލްމްތައް ހިމެނެ އެވެ.

ކުރު ފިލްމްތަކާއި ޑްރާމާތަކުން ވެސް އާންމުންގެ މަގުބޫލުކަން ހޯދި އިއްސެ މިހާރު ފިލްމަކުން ވަރަށް ނުފެނެ އެވެ. އެކަމަކު އޭނާ ކުޅުނު ތިން ފިލްމެއް އަދި ރިލީޒް ނުވެ ވެސް އެބަ އޮތެވެ. އެއީ "ޕްލޭން ބީ" އާއި "ހަތަރު ހަޅަ" އަދި "މާޔޫސް" އެވެ.

އިއްސެ އެނބުރި ބޮޑު ސްކްރީނަށް އައުމުގެ އުންމީދުގައި އޭނާގެ ފޭނުން ތިބި އިރު، ދެން އެންމެ އަވަހަށް އޭނާ ފެންނާނީ މި މަހުގެ 20 ގައި ރިލީޒް ކުރާ ނިއުމާ މުހައްމަދުގެ "ސެލެބްރޭޓިން 20" ގެ ލަވައަކުންނެވެ.

އަބްދުﷲ މުއާޒް (މުއާ)

މުއާއަކީ އޭނާގެ ވަރަށް ގިނަ ފިލްމްތަކެއް ފެންނާނެ ކަމަށް އުންމީދު ކުރެވުނަސް، މަސައްކަތް ވަރަށް މަދު އެކްޓަރެކެވެ. ވީޑިއޯ ލަވަތަކުން މަޝްހޫރުކަން ހޯދުމަށް ފަހު، މުއާ ކުޅުނު ފުރަތަމަ ފިލްމަކީ "ހިތް ރޮއްވާނުލާ" އެވެ. އޭނާ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނުނީ މިދިޔަ އަހަރު އެޅުވި ފިލްމް "ވީބޭވަފާ" އިންނެވެ. އެކަމަކު އެ ފިލްމަކީ ފަސް އަހަރު ކުރިން މަސައްކަތް ނިމި، ރިލީޒް ނުވެ އޮއްވައި މިދިޔަ އަހަރު ސިނަމާ އަށް ގެނައި ފިލްމެކެވެ.

ސިޔާސީ މަގާމެއްގައި މިހާރު ހުރި މުއާގެ މަސައްކަތްތަކަށް ބަލާއިރު އޭނާގެ އެންމެ ފާހަގަކޮށްލެވޭ ފިލްމަކަށް ވާނީ "އިނގިލި" އެވެ. އޭނާގެ ފިލްމޮގްރަފީ ވަރަށް ކުރެވެ. ކުޅުނު ފިލްމްތަކުގެ ތެރޭގައި ދެން ހިމެނެނީ "ނިއުމާ" އެވެ.

މުއާގެ ވަރަށް ތަފާތު ފިލްމެއްގެ މަސައްކަތް އޭނާގެ އެންމެ ރަން ޒަމާނުގައި ފެށުނެވެ. އެއީ "އިންދިރާސް" އެވެ. އެކަމަކު އެ ފިލްމް ވަކި ހިސާބަކުން ހުއްޓި، ވަތްގަނޑުގައި އޮންނަތާ ވެސް މިހާރު އަހަރުތަކެއްވެއްޖެ އެވެ. އެހެންވެ އުންމީީދީ އެކްޓަރެއްގެ ގޮތުގައި ކުރިން ބެލެވުނު މުއާގެ ފިލްމީ ކެރިއަރު ވެސް އިންދިރާސްވީ ބާވަ އެވެ.

ލުފްޝާން ޝަކީބް (ލޫއްޕެ)

މިއީ ފިލްމީ ދާއިރާ އަށް ތައާރަފުވެގެން އައި ދުވަސްވަރު، ވަރަށް ބޮޑު މަޝްހޫރު ކަމެއް ލިބުނު ތަރިއެކެވެ. ވަރަށް ގިނަ ވީޑިއޯ ލަވަތަކާއި ޑްރާމާތައް ލޫއްޕެ ކުޅެފައިވެ އެވެ. އޭނާ ކުޅުނު ފާހަގަކޮށްލެވޭ ބައެއް ފިލްމްތަކުގެ ތެރޭގައި "އެ ދަތުރު"، "ހެޔޮނުވާނެ،" އަދި "ސަޒާ" ފާހަގަކޮށްލެވެ އެވެ.

ފިލްމީ ދާއިރާ އިން ލިބުނު މަޝްހޫރުކަމާ އެކު ލޫއްޕެ ވަނީ ފަހުން، ސިޔާސީ ދާއިރާ އިން ވެސް ފެނިފަ އެވެ. އެގޮތުން އޭނާ ވަނީ މާލޭ ސިޓީ ކައުންސިލްގެ މެމްބަރުކަން އެއް ދައުރެއްގައި ކޮށްފަ އެވެ.

އަހުމަދު އާސިމް

އާސިމް އެންމެ ބޮޑަށް މަޝްހޫރުވެގެން ދިޔައީ އޭނާ ކުޅުނު ޑްރާމާ ސިލްސިލާތަކުންނެވެ. އޭގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވޭ ޑްރާމާއަކީ ނިއުމާއާ އެކު ކުޅުނު "ވައިރޯޅި އަށް ވެސް ސިއްރުން" އެވެ. ފީޗާ ފިލްމްތަކުގެ ލީޑް ރޯލުން ނުފެނުނު ނަމަވެސް، އާސިމަކީ އޭނާ ކުޅުނު ވީޑިއޯ ލަވަތަކާއި ގިނަ އަދަދެއްގެ ޑްރާމާތަކުން ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި އެކްޓަރެކެވެ.

އޭނާގެ ބައެއް ފިލްމްތަކުގެ ތެރޭގައި "އެ ދަތުރު"، "ލޫދިފާ" އަދި މި އަހަރު އެޅުވި "މަލިކާ" ހިމެނެ އެވެ. "މަލިކާ" އަކީ ސްކްރީނާ ވަރަށް ގިނަ ދުވަހު ދުރުގައި ހުރުމަށް ފަހު، އާސިމް ފެނިގެން ދިޔަ ފުރަތަމަ ފިލްމެވެ.

8 ކޮމެންޓް, 79 ރިއެކްޝަންސް

icon happy icon happy 49%
icon sad icon sad 28%
icon angry icon angry 23%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބްދުއްލާ

15 October 2017

ތިޔައީ ކާކު ؟ އެކް ޓަރު ނުވަތަ ސްޓާރ އެއް ތަ؟ ލީޑަރެއްތަ ؟ ވަކި ހިސާބަކުން ފްލޮޕް ވީމާ މަގު ގެއްލިދާނެ . ދެން އަޅަނުލުން ބުއްދިވެރި

The name is already taken The name is available. Register?

ވައި މީ

15 October 2017

ތީ އެކްޓަރުންތަ ނުވަތަ އެކްޓިވިސްޓުންތަ؟

The name is already taken The name is available. Register?

ދކހިކާ

15 October 2017

އެކްޓިވިސްޓުންނޫނީ ދެންތިބީކޮންބަޔެއް މަގައުމުގަ؟

The name is already taken The name is available. Register?

ހައްހާ

15 October 2017

ހުރިހާ ކަމެއްގަ އުޅެންވީމަ އެހެންވާނީ

The name is already taken The name is available. Register?

މާރިޔާ އަހުމަދު ދީދީ

15 October 2017

ތަރި އެރިތަ، އޮއްސެން؟

The name is already taken The name is available. Register?

ޅިޔަންބެ

14 October 2017

"ހާކާލީ ބުރުވާލީ ލައްވާނުލާ ހާޖާނުހައްދާ ވަގައްއޮވެ ބަލާ"

The name is already taken The name is available. Register?

ހަލީމާ

14 October 2017

ނޮޓް އިންޓަރެސްޓެޑް .................

The name is already taken The name is available. Register?

ހަލީމު

14 October 2017

އާޓަކަލް ކިޔާ ބަހައްޓާފަ ބުނެފި ނޮޓު އިންޓަރެސްޓެޑް އޭ....ހަހަހަހަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454