ސްވިޑެން ލީގުގެ މެޗެއްގެ ތެެރެއިން ވިލިއަމްސް (ވ) ބޯޅަ ހިފައިގެންދަނީ.--
27 ފެބުރުއަރީ 2018 - 08:50
ލައިބީރިއާ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ކަމަށްވާ ޑިއޯ ކްލަރެންސް ވިލިއަމްސް ޓީސީ ސްޕޯޓްސް ކްލަބަށް ގެންނަން ނިންމައިފި އެވެ.
އޭނާ ގެންނަނީ ޓީސީން މި ސީޒަނުގައި ފުރަތަމަ ގެނައި ނައިޖީރިއާގެ ފޯވާޑް ޕީޓާ ކޮލަވޯލޭގެ ބަދަލުގަ އެވެ. އޭއެފްސީ ކަޕްގެ ކޮލިފައިން މެޗުތަކުގެ ކުރިން ކޮލަވޯލޭ ޓީސީއާ ގުޅުނު ނަމަވެސް އޭނާ އެ ޓީމުގެ މެޗަކުން ނުފެނެ އެވެ.
އެސްޓީއޯ މާލޭ ލީގުގައި ޓީސީ ކުޅުނު ފުރަތަމަ މެޗުން އިއްޔެ ހަވީރު ވަނީ ނިއު ރޭޑިއަންޓް އަތުން 3-0 އިން ބަލިވެފަ އެވެ. މި މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ވަނީ އަންނަ ހޮނިހިރު ދުވަހު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވިލިއަމްސް ޓީމާ ގުޅޭނެ ކަމަށް ބުނެފަ އެވެ.
އުމުރުން 31 އަހަރުގެ ވިލިއަމްސް ވަނީ 2004 އިން 2016 އާ ހަމައަށް ލައިބީރިއާ އަށް 27 މެޗުން 10 ގޯލު ކާމިޔާބު ކޮށްދީފަ އެވެ. އޭނާ ވަނީ ވޯލްޑް ކަޕް ކޮލިފައިން އާއި އެފްރިކަން ކަޕްގެ ކޮލިފައިން މެޗުތަކުގައި ވެސް ލައިބީރިއާ އަށް ކުޅެފަ އެވެ.
ޓީސީ އަކީ ވިލިއަމްސް ގުޅުނު އޭޝިއާގެ ފުރަތަމަ ކްލަބެވެ. މީގެ ކުރިން އޭނާ ކުޅެފައިވަނީ ސްވިޑެން އާއި ރަޝިއާ އަދި ޑެންމާކް ކްލަބްތަކުގަ އެވެ. މީގެ ތެރެއިން ޑެންމާކްގެ ކްލަބް އޭޖީއެފްއާ އެކު ވިލިއަމްސް ވަނީ ޔޫރޮޕާ ލީގު ކޮލިފައިން ބުރުގައި ވެސް ކުޅެފަ އެވެ.
ފާއިތުވި ތިން އަހަރު ވިލިއަމްސް ކުޅެފައިވަނީ ސްވިޑެންގެ ހެފްލް އަށެވެ. އެ ޓީމަށް ކުޅެދިން 76 މެޗުން އޭނާ ވަނީ 36 ގޯލު ކާމިޔާބު ކޮށްފަ އެވެ.
ޓީސީގެ ފޯވާޑް ލައިން މިހާރު ބަލަހައްޓަނީ އިޝާން އިބްރާހިމް (ސައްޓު) އާއި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމޭ
27 February 2018
އޭއެފްސީ ކަފަށް ދާން ލިބުނި ރަނުގެ ފުރުސަތެއް ނިޒާމް ބެ ނަގާލީ..
އުދުހޭ މުފިއްޓޭ
27 February 2018
ފުޓްބޯޅައަކީ ދަނޑް މަތީ ތިބޭ ބަޔަކަށް ބިރުދައްކާގެން ކުޅޭ އެއްޗަކަށް ހަދަށް ނޫޅިބަލަ. ބައިބަލާއެއް ނޫނޭ މީ ޓީސީ އަށް ރަގަޅު ވާނި ބައިބަލާ. ވަރަށް ވާހަކަ މި ބުނީ..
އާރީ
27 February 2018
ނިޒާމްބެ ބުނި މިދިޔަ ސީޒަނުގަ އޮތް ސުކޮޑޭ އޮންނާނި އަހަރަމެން ކުޅުންތެރިން ނުގެންނާނަމޭ އެކަމް މިހާރު ޓީމަށް ގެނައި ކުޅުންތެރިން ގިނަ މިދިޔަ ސީޒަނުގަ ތިބި ކުޅުންތެރިންނަށް ވުރެ. ދެން ބުނާނެ 10 މިލިޔަނާ 3 މިލިޔަނާ ތަފާތޭ. އަގަޔަކުން ނާރާނެ.
ދޮންކަލޯ
27 February 2018
މެސީ ގެނެޔަސް ތި ޓީސީ. ތި ނިޒާމްބެ ހުންޓާ ނުވާނެ ރަގަޅެއް