ireporter banner

ވިލިމާލެ - ޕްލޭނެއްނެތި، ތަރައްޤީނުވެ، މެދުގައި

images

ރިޔާސީ އިންތިޙާބުގެ މެނިފެސްޓޯތަކަށް ބަލާއިރު، މާލޭ ސަރަހައްދަށް ބޮޑުކުރިއެރުންތަކެއް ޕްލޭން ކުރެވެމުންދާއިރުވެސް ވިލިމާލެ ފެންނަނީ އެކަށީގެންވާ ވަރަށް އަޅާނުލެވި އޮއްވައެވެ. އަދި ފެނުނު އެއްވެސް ރިޔާސީ މެނިފެސްޓޯގައި ބުރިޖްގެ ވާހަކަ ނޫން ވިލިމާލެއާއި ސީދާގުޅޭ ވާހަކައެއް ނެތެވެ. ވިލިމާލެއަށް ކޮށްފައިވާ އެއްވެސް އުމްރާނީ ޕްލޭނެއްގެ ވާހަކައެއް އަޑެއްނާހަމެވެ. ބުރިޖު ނިމުނަސް ވިލިމާލެއަށް ހަދާނެގޮތުގެ ޕްލޭނެއް ނުދެކެމެވެ. އެންމެބޮޑު އިދިކޮޅުޕާޓީ އިން 65 ހާސް ހައުސިން ޔުނިޓާއި، 7 ހަބުގެ ވާހަކަދެއްކި އިރުވެސް ވިލިމާލެ އޮތީ ވާންވީގޮތް ނޭނގިފައެވެ. އުޖާލާ ޒަމާނުގެ މެނިފެސްޓޯގައި ބޮޑެތި މޯލް އަދި ޕާކުތައް ޕްލޭންކުރިއިރު، މުޅިންވެސް ދެއްކީ ވިލިމާލެ ވަށައިގެން އޮތް، ހުޅުމާލެ، ގުޅީފަޅު ވާހަކައެެވެ.

Flag this post

41
images
images
images
images

ސީރިއާގެ ދެމަފިރިއަކު ކުޑަކުއްޖަކާ އެކު މާލެ މަގުމަތީގައި ސަލާން ޖަހަނީ

މި ދެމަފިރިންނަށް އިނގެރޭސި ބަހުން ވާހަކަދައްކާކަށް ނޭނގެއެވެ. އެހެންވެ، މި އާއިލާ ރާއްޖެ އައީ ކޮންއިރަކު އަދި ކޮންބޭނުމަކު ކަމެއް ވެސް ސާފުވާ ގޮތެއް ނުވިއެވެ. އެކަމަކު، އެ މީހުންގެ ވާހަކަތަކުން ދޭހަވާ ގޮތުގައި، އެއީ ސީރިއާ ބައެކެވެ.

ކުޑަކުއްޖާ އޮތީ އެމީހުން ގެންގުޅޭ ޓްރޮލީއަކަށް ލައިފައެވެ. އެ އަންހެން މީހާގެ އަތުގައި ހުސްކޮށް އޮތް ބުއްފުޅިއެއް ވެސް އޮތެވެ. އެ ދެމީހުން ދަނީ ސައި ހޮޓާތަކާއި ރެސްޓޯރެންޓުތަކެއް ވަދެ، އާންމުން ކައިރީގައި ފައިސާ ދިނުމަށް ވެސް އާދޭސްކުރަމުންނެވެ.

މީގެ ކުރިން ޖަޕާނު އަންހެނަކު ވެސް މާލެ މަގުމަތީގައި ސަލާންޖަހަން އުޅުނު މައްސަލައެއް ފެންމަތިވިއެވެ.

Flag this post

27
images

މާލޭގެ އުތުރުފަރާތު ފަޅުތެރޭގެ ހާލަތު. މިއީ ކޮންމެ ދުވަހަކުވެސް މިތަނަށް މާލޭގަ ޢިމާރާތްކުރާ ފަރާތްތަކުން ބޭރުކުރަމުންދާ ޗަކަފެން. ދިވެހޮ ރާއްޖެއަކީ ޓޫރިޒަމްއަށް ބަރޯސާ ވެފައިވާ ޤައުމަކަށްވާއިރު އަދި ގިނަ އަދަދެއްގެ ފަތުރުވެރިން އަބަދުވެސް ފުރަ މާލެއަށް ޒިޔާރަތް ކުރަމުން ދާއިރު މިކަހަލަ ނަޖިސް މާލޭގެ ފަޅުތެރެއަށް ދޫކޮށްލާއިރު ވިސްނާލަންޖެހޭ. މިކަމުގެ ސަބަބުން ސިއްޙީ މައްސަލަތަށް ދިމާވުމަކީވެސް އެކަށީގެން ވާކަމެއް.

އެއްވެސް ފަރާތަކުން މިކަހަލަ ކަންތައްތަކާ އަޅާނުލާ ދޫކޮށްލާފަ އޮތުމަކީ ވަރަށްވެސް ދެރަކަމެއް.

Flag this post

25
images

ރިޔާސީ އިންތިހާބު 2023 ގެ ކެމްޕެއިން ބެނަރތައް މާލޭގެ ބޮޑުތަކުރުފާނުމަގުގައި އިންދާފައި ހުރި ކަދުރު ރުއްތަކަށް ވައު ޖަހައި، ދަމަމުން ގެންދާތީ، އެކަމާއި ކަންބޮޑުކޮށް ފާޅުކޮށް މާލޭ ސިޓީ ކައުންސިލުން މިއަދު އާއްމު އެންގުމެއް ނެރެފިއެވެ.

މިއެންގުމުގައި ކެންޕޭނުގައި ބޭނުންކުރެވޭ ދިދަ، ބެނާ ނޫނީ އެހެނިހެން ލިޔުމެއްވެސް ހޮޅިދަނޑި ނޫނީ މަގުމަތީގައި ހަރުކުރެވޭނީ ކަނޑައެޅިގައިވާ އުސޫލުގެ ތެރެއިން ހުއްދަ ނަގައިގެންނެވެ.

މިހާރުވެސް ވަރަށް ގިނަ އަދަދެއްގެ ބެނާތައް ކަދުރު ރުއްތަކުގައި ދަމާފައި އެބަހުއްޓެވެ.

Flag this post

22
images
images
images

"އުފާވެރި އަމާންރާއްޖެ" ކެންޕެއިނުގެ ތެރެއިން މިރޭ މާލޭ ސޯސަލް ސެންޓަރުގައި ބޭއްވި ބޮޑު ޖަލްސާ. މި ޖަލްސާގައި ބައިވެރި ވުމަށްޓަކައި މާލެއަާއި މާލޭ ކައިރި ސަރަހައްދު ތަކުން އިބްރާހިމް މުޙައްމަދު ޞާލިހަށް ތާއީދުކުރާ ވަރަށް ގިނަ ބަޔަކު ބައިވެރިވޭ.

Flag this post

18

މިލިއަން ރުފިޔާގެ އަސާސީ ޙައްޤު

ރިޔާސީ ރޭހުގައި ފައިހަމަ ކުރަންނުކުތް ހުރިހާ ފަރާތްތަކުންވެސް، އެންމެ ދައްކާހިތްވާ، އަދި އެންމެ ދަންކަންބޭނުންނުވާ ވާހަކައަކީ ވެސް މާލޭ ރަށްވެހިނަށް ލިބުނު ގޯތީގެ ހައްޤުގެ ވާހަކަ އެވެ. ކޮންމެ ކެންޑިޑޭޓަކު ވެސް ބަލަމުން ދަނީ އަނެއްމީހާއަށް ވުރެ މޮޅު ޕޮލިސީއެއް ގޯތިޕްލޭނަށް ހެދޭތޯއެވެ.

ވިސްނާލަން ޖެހޭ ކަމަކީ، އެންމެންގެވެސް ފޯކަސް މާލެ ސަރަހައްދަށް ހަނިވެ، މިސަރަހައްދުން އެންމެ ވޯޓެއްވެސް ގެއްލިދާނެކަމުގެ ބިރުވެރިކަމުގައި ބަހުރުވަ ބަހައްޓަމުން ދިޔުމެވެ. އެތައްބަޔަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެވެން އޮތް ބިމެއްގައި، ސިޔާސީބޭނުމަަކަށް ވިޔަސް، ވަކިބަޔަކަށް ލިބިގެންދިޔަ މިލިއަން ރުފިޔާގެ އަސާސީ ޙައްޤަކީ އިންސާފުވެރި ޙައްޤެއްތޯ ކުރެވޭނެ ބަހުސް އަދިވެސް އޮތީ ކުރިޔަށެވެ.

Flag this post

17