މި މަހުގެ 13 ވަނަ ދުވަހު ކައިވެނި ކުރި އިންޑިއާގެ ދެ ތަރިން ކަމަށްވާ ޕްރިންސް ނަރޫލާ އާއި ޔޫވިކާ ޗައުދަރީ ހަނީމޫނަށް ރާއްޖެ އަތުވެއްޖެ އެވެ.

ދެ މީހުން ވަނީ ރާއްޖޭގައި ނަގާފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯ ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. ޕްރިންސް އާއި ޔޫވިކާ ހަނީމޫން ހޭދަ ކުރަނީ އދ. އަތޮޅުގައި ހިންގާ އަމާޔާ ކުޑަ ރަށް ރިސޯޓްގަ އެވެ.

"އޯމް ޝާންތީ އޯމް" ފަދަ ފިލްމުތަކުން ފެނިފައިވާ ޔޫވިކާ އާއި ޕްރިންސް ލޯބީގެ ގޮތުން ގުޅުނީ ކަލާޒްގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 10 ވަނަ ސީޒަނުގައި 2015 ގަ އެވެ.

ޔޫވިކާ ކުޅެފައިވާ އިތުރު ފިލްމުތަކުގެ ތެރޭގައި "ނޯޓީ އެޓް 40"، "ސަމާ 2007" އަދި މި އަހަރު ރިލީޒްކުރި "ވީރޭ ވީ ވެޑިން" ހިމެނެ އެވެ.

ޕްރިންސްއަކީ އެމްޓީވީގެ ރޯޑީޒް އާއި ސްޕްލިޓްވިލާ ފަދަ ޝޯތައް ކާމިޔާބުކޮށް މިހާރު އެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރަމުން އަންނަ ފަންނާނެކެވެ. އަދި އޭނާއަކީ އެމްޓީވީން ގެނެސްދޭ "ރޯޑީޒް" ގެ މެންޓޯއެއް ވެސް މެ އެވެ.

"ރޯޑީޒް" ގައި ޕްރިންސާ އެކު ހިމެނޭ ނޭހާ ދޫޕިއާ ވެސް ދާދި ފަހުން ވަނީ ފިރިމީހާ އަދި އެކްޓަރު އަންގަދު ބޭދީއާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ.