ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ލެޕްޓޮޕް ވިއްކަމުން އަންނަ "ލެޕްޝޮޕް" ފިހާރަ ރީބްރޭންޑްކޮށް، 25 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ލެޕްޝޮޕްގެ މާކެޓިން މެނޭޖަރު އަހުމަދު އާޒިމް ވިދާޅުވީ ޕްރޮމޯޝަން ކުރިއަށް ގެންދާނީ އަންނަ މަހުގެ އެއް ވަނަ ދުވަހާ ހަމައަށް ކަމަށެވެ. އަދި ލެޕްޓޮޕްތަކުގެ ފެންވަރު ރަނގަޅު ވެފައި، އަގު ހެޔޮވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ސީދާ އެމެރިކާ އިން ލެޕްޓޮޕްތައް މި ގެންނަނީ، އޮރިޖިނަލް ފެކްޓަރީ ވޮރެންޓީއާ އެކު. މަޝްހޫރު ހުރިހާ ބްރޭންޑެއް ވެސް އަޅުގަނޑުމެން ވިއްކަން،" އާޒިމް ވިދާޅުވި އެވެ.

ލެޕްޝޮޕް: މަޝްހޫރު ހުރިހާ ބްރޭންޑެއްގެ ލެޕްޓޮޕެއް ވެސް ވިއްކާ.
ލެޕްޝޮޕް: މަޝްހޫރު ހުރިހާ ބްރޭންޑެއްގެ ލެޕްޓޮޕެއް ވެސް ވިއްކާ.

ލެޕްޝޮޕް ރީބްރޭންޑް ކުރިއިރު، އެތަނުގެ ރަސްމީ ކުލައަކީ މަޑުނޫކުލަ އަށް ވަނީ ބަދަލުކޮށްފަ އެވެ. ކުރިން އެ ފިހާރައިގެ ރަސްމީ ކުލައަކީ ރަތެވެ. އަދި ފިހާރައިގެ ލޯގޯ، ޕަވާ ބަޓަނަކުން ލެޕްޓޮޕަކަށް ވަނީ ބަދަލުކޮށްފަ އެވެ. ލޯގޯ ބަދަލުކުރީ ކުރީގެ ލޯގޯ ބައެއް އެހެން ފިހާރަތަކުން ބޭނުން ކުރަން ފެށުމުން ކަސްޓަމަރުންނަށް އޮޅުން އަރާތީ ކަމަށް އާޒިމް ވިދާޅުވި އެވެ.

ލެޕްޝޮޕްގެ ކުރީގެ ލޯގޯ (ވ) އަދި އާ ލޯގޯ.
ލެޕްޝޮޕްގެ ކުރީގެ ލޯގޯ (ވ) އަދި އާ ލޯގޯ.

ކުރީގެ އެމެޓީ ހިޔާ ކުރިމަތީގައި ހުންނަ ލެޕްޝޮޕް ފިހާރައިގެ ވިޔަފާރި ފުޅާކުރުމަށް ނިންމާފައިވާ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ލެޕްޝޮޕް ފިހާރަ އާއި ސާވިސް ސެންޓަރުގައި މަސައްކަތް ކުރަމުން އަންނަނީ ހުސް ދިވެހިންނެވެ.