ތާރާ ސުތާރިއާ.
05 ޖޫން 2022 - 06:55
ސުޓޫޑަންޓް އޮފް ދަ އިޔާ 2 އިން ބޮލީވުޑަށް ނުކުތް ތާރާ ސުތާރިއާގެ ރީތިކަމުގެ ވާޙަކަ ގިނަ ބަޔަކު ދައްކަ އެވެ. އުމުރުން 26 އަހަރުގެ ތާރާ ވަނީ އޭނާގެ މޫނު ރީތިކޮށް ހުންނަ ސަބަބުތައް ކިޔައިދީފަ އެވެ.
ތާރާ ބުނީ ސްކިންކެއާ އަށް ބަލާއިރު އޭނާއަކީ އަބަދުވެސް ވަރަށް ސިމްޕަލް ކަންކަމަށް ލޯބިކުރާ މީހެއް ކަމަށެވެ. ފެން އަދި ހަށިގަނޑަށް ފައިދާހުރި ދިޔާ އެއްޗެހި ބޮއެގެން މީީހާ ހައިޑްރޭޓްކޮށް ހުރުމަށް ވަރަށް ބޮޑު ސަމާލުކަމެއްދޭ ކަމަށް ތާރާ ބުންޏެވެ.
އޭގެ އިތުރުން ވެސް އާންމުކޮށް ވެސް ގޭގައި ފޭސް މާސްކް ހަދައިގެން އުނގުޅާ ކަމަށް ތާރާ ބުންޏެވެ. އޭނާގެ މާމަގެ ފަރާތުން ދަސްވި އެ ފޭސް މާސްކަކީ މޫނުގެ އުޖާލާކަން ދަމަހައްޓަން އާންމުކޮށް ބޭނުންކުރާ ފޭސް މާސްކެއް ކަމަށް ބުންޏެވެ.
- ޔޯގަޓް
- ރީނދޫ
- މާމުއި
- ސަނާމުގު (ހިމުންކޮށްފައި)
ތާރާ ބުނީ މި ހުރިހާ އެއްޗެއް އެއްކޮށްލުމަށް ފަހު މޫނުގައި އުނގުޅުމަށް ފަހު 15-20 މިނެޓް ވަންދެން ބެހެއްޓުމަށް ފަހު މޫނު ދޮންނަނީ ކަމަށެވެ. ތާރާ ބުނީ މިއީ އޭނާގެ ހަމާ ވަރަށް ގުޅޭ، ނަތީޖާ ރަނގަޅު އެއްޗެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިބުރާ
07 June 2022
ތާރާގެ މޫނު ތާޒާކަން މިއޮތީ ކިޔައިދީފަ
ލޮލްލޮލ
06 June 2022
މާތްލަލާކޯ މީތި ކިޔާފަ އަނެއްކާ ރާއްޖޭގަ މި ހުންނަ ޔޯގަޓުގެ ނަމުގަ ހުންނަ ފޭކު ޑެސަރޓް އާ ރުފިޔާ އަކަށްދޭ ހަނާކުރި ސަނާމުގު މުގުރައިގެން މުޅި މޫނުގަ ހާވާނީކީ ނޫން.
ބަސަންތީ
06 June 2022
މަ އުޅުނީ މިކިޔާފަ އަވަހަށް މި އެއްޗިސް ގަންނަން ދުއްވައިގަންނަން. ދެން އެކަމް ތިހެން ބުނީމަ ދިއުން މާބުއްދިވެރި ހެން ހީނުވާތީ ހިޔާލް ދޫކޮށްލައިފިން.