ޖަޕާނުގެ އަވަށެއްގެ ރައްޔިތުންނަށް އެ އަވަށުގައި ދިރިއުޅޭ މަކުނުތަކެއް ހަމަލާ ދޭ މައްސަލަ ބޮޑުވެއްޖެ އެވެ.

ޖަޕާނުގެ ދެކުނުގެ އަވަށެއް ކަމަށްވާ ޔަމަގޫޗީގެ ޖަންގަލީތަކުގައި އުޅޭ މަކުނުތައް އަވަށު ތެރެއަށް ވަދެ މީހުންނަށް ހަމަލާ ދެމުން އަންނަތާ މިހާރު ހަފުތާ ވެއްޖެ ކަމަށް އެ އަވަށު ފުލުހުން ބުނެ އެވެ.

ފުލުހުން ބުނާ ގޮތުގައި ފާއިތުވި ދުވަސްތަކުގައި 58 މީހަކަށް މަކުނުތައް ހަމަލާ ދިން ކަމަށް ބުނެ މައްސަލަ ހުށަހަޅާފައިވެ އެވެ.

މިކަމާ ގުޅިގެން، މަކުނުތަކުގެ ފަރާތުން ސަލާމަތްވުމަށް ފުލުހުން ހާއްސަ އޮޕަރޭޝަނެއް ވަނީ ފަށައިފަ އެވެ. އެ އޮޕަރޭޝަންގައި ފުލުހުން ޓްރެންކުއަލައިޒާ ބޭނުންކޮށް މަކުނުތައް ހިފުމަށް ފަހު އާންމުން ނޫޅޭ ހިސާބު ދުރަށް ގެންދާނެ އެވެ.

ފުލުހުން ބުނި ގޮތުގައި މަކުނުތައް ކާއެއްޗެހި ބޭނުމެއް ނުވެ އެވެ. މަކުނުތައް ކުޑަކުދިންނާއި ދުވަސްވީ މީހުންނަށް ހަމަލާދެނީ ކަމަށް ފުލުހުން ބުންޏެވެ.

އެހެންވެ ފުލުހުން އަންނަނީ މަކުނުގެ ކިބައިން ސަލާމަތްވާން އަމަލުކުރާނެ ގޮތް ވެސް އާންމުންނަށް ކިޔައިދެމުންނެވެ.