ގިނަ އަދަދެއްގެ ޗުއިންގަމް ވަގަށް ނެގުމުން ހައްޔަރުކުރި އެލީ ބެނޭކް
06 އޯގަސްޓް 2022 - 07:33
އެމެރިކާގައި ޒުވާނަކު 35،000 ޑޮލަރު (539،700ރ.)ގެ ޗުއިންގަމް ވަގަށް ނެގި މައްސަލާގައި އިއްވި އަށް މަހުގެ ޖަލު ހުކުމް ބާތިލްކޮށްފި އެވެ.
އެމެރިކަން ފުޓްބޯޅާގައި ކުރިއަރަމުން ދަނިކޮށް މަސްތުވާތަކެތީގެ ތެރެއަށް ވަދެވި ކިޔެވުމާއި ކެރިއަރު ހުއްޓުމަކަށް އައިސްފައި ހުރި އެލީ ބެނޭކް، 20، އިތުރު ޒުވާނަކާ އެކު އެމެރިކާގެ އިލިނޯއި ސަރަހައްދުގައި ލޮރީއަކުން ޗުއިންގަމް ވަގަށް ނެގީ މަސްތުވާތަކެތި ގަނެފައި އެޔަށް ދައްކަންޖެހޭ ފައިސާ ނުދެއްކިގެން ކަމަށް ވަނީ ބުނެފަ އެވެ.
ބެނޭކް ވަނީ އޭނާ ވައްކަން ކުރި ކަމަށާއި ހައްޔަރުކުރި އިރު ވެސް އަތުގައި ޑްރަގްސް ހުރި ކަމަށް ކޯޓުގައި އެއްބަސްވެފަ އެވެ. އޭނާގެ ދިފާއުގައި ވަކީލުން ވިދާޅުވީ ބެނޭކް އަކީ އުނގެނުނުމުގައި އުނިކަމެއް ހުންނަ ޒުވާނެއް ކަމަށާއި ފުޓްބޯޅައިން ކުރިއަށްދާން ފެށުމާ އެކު ސްކޫލަށް ދިއުން ހުއްޓާލައިގެން އުޅެނީ ވެސް އޭނާއަށް ނުކިޔެވޭތީ ކަމަށެވެ.
ދޮޅު އަހަރު ފަހުން ތަންފީޒުކުރަން ފަށަންޖެހޭ ގޮތަށް އިއްވި ޖަލު ހުކުމް ބާތިލްކުރަމުން ފަނޑިޔާރު ވަނީ ބެނޭކް އަކީ އެހީވާނެ އާއިލާއެއް އޮތް ޒުވާނެއްކަން އެނގޭ ކަމަށާއި ވައްކަމުގެ މައްސަލާގައި ބެނޭކް ހައްޔަރުކުރުމުން އާއިލާއަށް ބޮޑު ސިހުމެއް ލިބުނު ކަމަށެވެ.
"ޑްރަގާ ދުރަށް ދާން އެބަ ޖެހޭ. އެއީ އެއްވެސް މީހަކަށް ފައިދާއެއް ހުރި އެެއްޗެއް ނޫން. ތިޔައީ ފުޓްބޯޅައިން ރަނގަޅު ކެރިއަރެއް ބިނާކުރެވޭނެ ޒުވާނަކަށް ވުމުގެ ފުރުސަތު އެބަ އޮތް،" ފަނޑިޔާރު ވިދާޅުވި އެވެ.
ޖަލު ހުކުމް ބާތިލްކުރުމަށް ފަހު ފަނޑިޔާރު ވަނީ އުޖޫރައެއް ނުލިބޭ ގޮތަށް 140 ގަޑިއިރު މުޖުތަމައުއަށް ހިދުމަތް ކުރުމަށް ހުކުމްކުރައްވައިފަ އެވެ. އަދި އޭނާ އުޅޭ ގޮތް 18 މަސް ދުވަހުގެ މުއްދަތަކަށް ބަލަން ވެސް ވަނީ އަންގަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
06 August 2022
މުރަނގަ ފަތް ބިނުން، ރިހާކުރި ފުޅި އެއް ނެގުމުން ރާއްޖޭގަ ޖަލު ޙުކުމަކަށްވުރެ ދަށެއް ނުވާނެ، އެކަމަކު މިލިޔަނުން ވައްކަން ކޮށް، އެވަރުގެ ޑްރަގް ޝިޕްމެންޓް އެތެރެކޮށްލީމަ އެއްކަމެއްވެސް ނުވާނެ!
އައްލާ
06 August 2022
އެމެރިކާގައެއް ނޫން! އިނގިރޭސިވިލާތުގެ ގްލޯޗެސްޓަރގައި
ޖިމްބީ
06 August 2022
މަމެން ގައުމުގަ ހުކުމް ލުއިވަނީ ކުރި ވައްކަން ބޮޑުވާވަރަކަށް'
އަސްލުވެސ
06 August 2022
ހެހެހެ..މިސާލަކަށް:އެމްއެމްޕީއާރުސީ ވައްކަން ،ޑުރަގް ގޭންގު ލީޑަރުން ކިލޯ ކިލޯއިން މަސްތުވާތަކެތި އެތެރެކުރުން
ވޮޗްޑޯގް
06 August 2022
އެމެރިކާގައި މީ ކަޅު ނަސްލު މީހެއް ނަސޭހަތް ދީފަައި ދޫކޮށްލާނެތޯ.. ވައިޓް ޕްރިވިލެޖް؟
ށަވިޔަނި
06 August 2022
ދިވެހިންވެސް ތިކަހަލަ ހުކުމްކުރޭ.