މެޓަގެ ސީއީއޯ މާކް ޒަކަބާގް
16 މާޗް 2023 - 07:04
ފޭސްބުކާއި އިންސްޓަގްރާމް އަދި ވަޓްސްއެޕްގެ މައި ކުންފުނި މެޓަ އިން އަނެއްކާ ވެސް 10،000 މުވައްޒަފުން ވަޒީފާއިން ވަކިކުރަން ނިންމައިފި އެވެ.
މެޓަގެ ސީއީއޯ މާކް ޒަކަބާގްގެ ފޭސްބުކް ޕޯސްޓެއްގައި ބުނީ، އޭނާ އިއުލާނުކޮށްފައިވާ "އިޔާ އޮފް އެފިޝެންސީ" ހާސިލްކުރުމުގެ އަމާޒުގައި، ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކޮށް، އަލަށް އިއުލާނުކޮށްފައިވާ ބައެއް ވަޒީފާތަކަށް މީހުން ނެގުން ހުއްޓާލައިފައިވާ ކަމަށެވެ.
މި ބަދަލު މެޓަ އިން ގެނެސްފައި ވަނީ މީގެ ކުރިން 11،000 މުވައްޒަފުން ވަޒީފާ އިން ވަކިކުރިތާ ހަ މަސް ނުވަނީހެވެ. ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭ އޮފީހަށް ނުނިކުމެ ވަޒީފާ އަދާކުރި މީހުންންގެ އަދަދު އިތުރު ކުރުމާއެކު، މިދިޔަ އަހަރު އެ ކުންފުނީގައި 87،000 މުވައްޒަފުން ތިއްބެވެ.
"މިއީ އުނދަގޫ ނިންމުމެއް. ކުރިއަށް ހުރި މަސްތަކުގެ ތެރޭގައި ކުންފުނި އަލުން ބައްޓަންކުރުމުގެ ޕްލޭންތައް އިއުލާނުކުރާނެ. އޭގެ ތެރޭގައި، މުވައްޒަފުން މަދުކުރުމާއި މުހިންމުކަން ކުޑަ ޕްރޮޖެކްޓުތައް ކެންސަލް ކުރުން އަދި ވަޒީފާތަކަށް މީހުން ނަގާ މިންވަރު މަދުކުރާނެ،" ޒަކަބާގްގެ ޕޯސްޓުގައި ބުންޏެވެ.
ނޫސްތަކުން ބުނާގޮތުގައި، މެޓަގެ ޓެކް ގްރޫޕުގެ މުވައްޒަފުން ވަކިކުރާނީ އޭޕްރިލް މަހުގެ ފަހުކޮޅު އެވެ. އަދި ވިޔަފާރި ގްރޫޕުގެ މީހުން އަންނަ މެއި މަހުގެ ފަހުކޮޅު އެވެ.
މެޓަގެ ސީއީއޯ މާކް ޒަކަބާގް
މެޓައިން މުވައްޒަފުން ވަކިކުރަން ނިންމި ކަމުގެ ހަބަރާ އެކު އެކުންފުނީގެ ހިއްސާގެ އަގު އުފުލުނެވެ.
މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަސް ތެރޭ، ޓެކް އިންޑަސްޓްރީގެ 100،000 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ. ގޫގުލްގެ ޕޭރެންޓު ކުންފުނި އަލްފަބެޓުން 12،000 މީހުން ވަކިކޮށްފައިވާއިރު، އެމަޒޮން އިން 18،000 މުވައްޒަފުން އަދި މައިކްރޮސޮފްޓް އިން 10،000 މުވައްޒަފުން ވަކިކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބިލިއަނ
16 March 2023
ބިލިއަނަރެއްގެ ގޮތުގަ ހުރެވޭނީ އެވަރަށް މީހުންވެސް ވަޒީފާއިން ވަކިކޮށްގެން.
ޙިނި
16 March 2023
ބޯމަތީގަ އޮތީ ހަންގުރާމަ އާ ރިޝެޝަނެއް އެހެންވީމަ ކުރިޔާލާ ލޮސް ކަްޑައުންކުރަނީ.
އަލިފުޅު3
16 March 2023
ފޭސްބުކް، ޔޫޓިއުބް، ޓިކްޓޮކް، ގޫގުލް ފަދަ ކުންފުނިތައް މި ދުނިޔެ ހަލާކުކޮށް ނިންމައިފި. އެކަން އެނގޭނެ އެމީހުން އެކިޔާ 'ސަޕޯޓު' ބަޓަނުން ސަޕޯޓެއް ހޯދަން އުޅެފިއްޔާ. އެންމެ ދެކެން ބޭނުންވާ ދުވަހަކީ އެއީ...