އެމެރިކާގެ ކާޑެޝިއަން އާއިލާ ހުރިހާ ކަމެއްގައި ވެސް މަޝްހޫރެވެ.

ކިމް ކާޑޭޝިއަންގެ ކޮއްކޮ ކައިލީ ޖެނާ މަޝްހޫރު މޭކަޕް ބްރޭންޑެއް ހިންގަ އެވެ. އެ ދާއިރާ އިން އޭނާއަކީ އެތައް ބައެއްގެ ތާއީދާއި ލޯބި ވެސް ހޯދާފައިވާ ހުނަރުވެރިއެކެވެ.

އެކަމަކު މި ފަހަރު މިއޮތީ ކައިލީއަށް ގޮންޖެހުމަކަށް ވެދާނެ ކަހަލަ ކަމެކެވެ. އޭނާގެ ޅިޔަނު އަދި މަޝްހޫރު ރެޕަ ކަންޔޭ ވެސްޓް މިހާރު އަންނަނީ މޭކަޕް ވެސް ހިމެނޭ ގޮތަށް ކޮސްމެޓިކްސް ބްރޭންޑެއް ލޯންޗްކުރަން ތައްޔާރުވަމުންނެވެ.

އެ ބްރޭންޑަށް ދީފައިވާ ނަމަކީ "ޑޮންޑާ" އެވެ. އެއީ ކިމްގެ ފިރިމީހާ ކަންޔޭގެ މަންމައަށް ނިސްބަތްކޮށް ދީފައިވާ ނަމެކެވެ. ކަންޔޭގެ މަންމަ 2007 ގައި ވަނީ މަރުވެފަ އެވެ. އޭނާގެ ނަމަކީ ޑޮންޑާ ވެސްޓެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން "ޑޮންޑާ" ބްރޭންޑްގެ ކޮސްމެޓިކްގެ ތެރޭގައި މޭކަޕް ސާމާނާއި ސެންޓާއި ލޯޝަން ފަދަ ބާވަތްތައް ހިމެނޭނެ އެވެ.

ކަންޔޭގެ ކޮސްމެޓިކްސް ބްރޭންޑަށް ނަން ދީފައި ވަނީ މަންމަގެ ނަމަށް ނިސްބަތްކޮށް.
ކަންޔޭގެ ކޮސްމެޓިކްސް ބްރޭންޑަށް ނަން ދީފައި ވަނީ މަންމަގެ ނަމަށް ނިސްބަތްކޮށް.

ޑޮންޑާ ކޮސްމެޓިކްސް ލޯންޗް ކުރަން ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ވެސް މިހާރު އަންނަނީ ކުރަމުންނެވެ. އެހެންވެ މާ ލަސްތަކެއް ނުވެ، އެ ބްރޭންޑް ލޯންޗްކޮށް، ބާޒާރަށް އުފެއްދުންތައް ނެރޭނެ އެވެ.

ކަންޔޭ، 39، އަކީ މިހާރު ވެސް ތަފާތު ވިޔަފާރިތައް ހިންގަމުން އަންނަ މީހެކެވެ.

އެގޮތުން އޭނާގެ މިއުޒިކް ލޭބަލް ގުޑް މިއުޒިކްގެ ދަށުން ކުރާ މިއުޒިކީ މަސައްކަތްތަކާއި ކޭޑަބްލިއު ފުޑްސްގެ ދަށުން ރެސްޓޯރަންޓް ހިންގުމާއި ޔީޒީސްގެ ދަށުން ހެދުމާއި ސްނީކާޒް ފަދަ އުފެއްދުންތައް އަންނަނީ ވިއްކަމުންނެވެ.