އެމެރިކާގެ ކުރީގެ ރައީސް ބުޝް ކުރައްސަވަނީ: މިހާރު ވަނީ ފޮތެއް ނެރުއްވާފައި.
06 މާޗް 2017 - 06:01
އެމެރިކާގެ ތާރީހުގައި އެންމެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާ ދިނީ ރައީސް ޖޯޖް ޑަބްލިއުޝް ބުޝްގެ ވެރިކަމުގަ އެވެ. ނިއު ޔޯކްގެ ޓްވިންޓަރު ގޮއްވާލައިގެން ދިން ހަމަލާގައި އެތައް ބަޔަކު މަރުވި އެވެ.
ގައުމަށްޓަކައި އެ ދުވަހު އެތައް ބައެއްގެ ފުރާނަ ދުއްވާލި ކަމާއި އެ މީހުންގެ ހަނދާންތައް ދުވަހަކު ވެސް ފިލައިގެން ނުދާނެ ކަމުގެ މެސެޖާ އެކު ބުޝް ވަނީ އަމިއްލަފުޅު ހުނަރުން ތަފާތު މަންޒަރުތަކެއް ކުރައްސަވައިފަ އެވެ. ބުޝް އަކީ ކުރެއްސެވުމަށް މޮޅު ބޭފުޅެކެވެ.
މިއީ ބުޝްގެ އޮއިލް ޕެންޓިންތަކާ އެކު އެކުލަވާލައިފައިވާ ފޮތެކެވެ. ބާޒާރަށް މިހާރު ނެރެފައިވާ ފޮތުގެ ނަމަކީ "ޕޯޓްރެއިޓްސް އޮފް ކަރެޖް" އެވެ. ފޮތުގެ އަގަކީ 35 ޑޮލަރެވެ.
މީގެ އެންމެ ބޮޑު ބޭނުމަކީ ގައުމީ ބަތަލުންގެ ހަނދާންތައް އާކޮށް، އެ މީހުންވި ގުރުބާނީގެ މަތިން ހަނދާންކޮށް، އާއިލާތަކަށް ވެސް ހިތްވަރުދީ، އަގު ވަޒަންކުރުން ކަމަށް ބުޝް ވިދާޅުވި އެވެ.
For #WorldBookDay, take a look at #PortraitsofCourage and read about the brave men and women painted by President Bush. #KnowOurVets pic.twitter.com/SihpyanM7Q
— TheBushCenter (@TheBushCenter) March 2, 2017
ބުޝްގެ ފޮތާ ބެހޭ ގޮތުން ބުޝް ސެންޓަރުންކޮށްފައިވާ ޓްވީޓެއް.
ސެޕްޓެމްބަރު 11، 2001 ގެ ހަމަލާގައި މަރުވި 66 މީހެއްގެ ތަސްވީރު ކުރަހައި އެ މީހުންގެ ބެހޭ މައުލޫމާތު ފޮތުގައި ހިމަނާފައިވެ އެވެ.
"ޕޯޓްރެއިޓްސް އޮފް ކަރެޖް" ގައި ބުޝްގެ އަނބިކަލުން ލައުޝާ ބުޝްގެ ހާއްސަ ބަސްކޮޅެއް ވެސް ހިމަނާފައިވެ އެވެ. މި ފޮތް ވިއްކައިގެން ލިބޭ ފައިސާ ބުޝް ހަދިޔާ ކުރާނީ ބުޝްގެ މިލިޓަރީ ސާވިސް އިނިޝިއޭޓިވްއަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަލާމަލާޑިން
06 March 2017
ތިކަހަލަ ދެތިން ފޮތެއް ރާއްޖޭގައިވެސް އެބަ ނިކުމޭ. ފޮތްތަކުގެ ނަންތަަކަކީ، 'ފަސްޕަސަންޓުގެ ހިތާމަ'، 'ވަގަށް ގޮއްވައިގެން ނުލިބުނު ވެރިކަން'، 'ބާތިލް ކިޔާ މީހަކަށް ވުރެ ދަށުން ލިބުނު އެވޯޓު'، 'ކޮވެލިސަނާއި އަހަރެން'، އަދި 'ފަސްހާސް ލިބުނަސް އޯކޭ" މިއެވެ.
ޙަސަނާ
06 March 2017
ބުޝް ސައްދާމު އާއި ބިންލާދިން ގެ ފޮޓޯ ކުރެހިނަމަ ތިފޮތް ފުރިހަމަ ވީސް
އެމީހަކު ބޭނުން އެއްޗެއްދޯ ލިޔާނި!
06 March 2017
ތަސްވީރު
އަހުމަދު
06 March 2017
އެމެރިކާގެ ތާރީހުގައި ބޮން އަޅައިގެން ކުށެއް ނެތް އެންމެ ގިނަ މުސްލިމް އަންހެނުންނާއި ކުޑަކުދީންނާއި ކުށެއް ނެތް މީހުން މެރީ ބުޝްގެ ވެރި ކަމުގައެވެ.
ހުސައިންގެ ދަރި
06 March 2017
ފަހަރުގަ ތީ ރަނގަޅުވާހަކަ އަކަށް ވެދާނެ، އެކަމަކުވެސް ސުވާލަކީ ތިޔަ ކުރެއްވި ކޮމެންޓާ ލިޔުމާ ހުރީ ކިހާވަރެއްގެ ގުޅުމެއްހޭ؟
އަމީން
06 March 2017
ގުޅުމަކީ ބުޝް