ލައިފްސްޓައިލް

ދޮންނަ އެއްޗެހި ގޭތެރޭގައި ހިއްކަން ނާޅާތި

ގޭތެރޭގައި އެއްޗެހި ހިއްކަން އެޅުމުން ފަންގަސް އާއި މޯލްޑް އަށަގަނޭ

ޖާގައިގެ ދަތިކަމާ ހެދި، އަންނައުނު ދޮވުމަށް ފަހު ހިއްކަން އަޅަން ޖެހެނީ ގޭތެރޭގަ އެވެ. ނުވަތަ ކޮޓަރި ތެރޭގަ އެވެ. އަވީގައި ޖައްސައިލެވޭނެ ގޮތެއް ނޯވެ އެވެ. ރާއްޖެއާ ޚިލާފަށް ހުޅަނގުގެ ގައުމުތަކުގައި ދިމާވަނީ ތަފާތު ކަމެކެވެ. އިރުގެ އަލިކަން އޮންނަ ވަގުތު ކުރީ އެވެ.

ކޮންމެ ސަބަބާ ހެދި ކުރި ނަމަވެސް، ދޮންނަ އެއްޗެހި ގޭތެރޭގައި ހިއްކަން ބެހެއްޓުމަކީ ނުރައްކާތެރި ކަމެކެވެ. ޚާއްސަކޮށް ރަނގަޅަށް ވައި ދައުރުނުވާ ތަންތަނުގައި ދިރިއުޅޭ ނަމަ ނުރައްކާ ވަކިން ބޮޑެވެ.

އިނގިރޭސި ވިލާތުގެ ޔުނިވަސިޓީ އޮފް އޮފް ނިއު ސައުތު ވޭލްސްގެ ސީނިއާ ލެކްޗަރާ އިން އެންވަޔަރަންމަންޓަލް ހެލްތު ޑރ. ނިކް އޮސްބޯން ވިދާޅުވި ގޮތުގައި ގޭތެރޭގައި އެއްޗެހި ހިއްކަން އެޅުމުން އޭގައި ޑަސްޓްމައިޓްސް އާއި މޯލްޑް އުފެދޭގޮތް ވުން ވަރަށް ގާތެވެ. މި ދޭއްޗަކީ ވެސް އިންސާނާގެ ސިއްހަތަށް ގެއްލުންތައް ކުރިމަތިކުރުވާ އަދި ނޭވާހިއްލުމުގެ މައްސަލަތައް ކުރިމަތި ކުރުވާ އެއްޗިއްސެވެ.

ޔުނިވަސިޓީ އޮފް ނިއު ސައުުތު ވޭލްސްގެ ސީނިއާ ރިސާޗް ޑރ. ކްރިސްޓީން ކޯވީ ވިދާޅުވީ ސިއްހީ ނަޒަރަކުން ބަލާއިރު ގޭތެރޭގައި ހުންނަ ބައޮލޮޖިކަލް އެޖެންޓްސްގެ ސަބަބުން ތެތް އެއްޗެހި ގޭތެރޭގައި އެޅުމުން އޭގައި ވަރަށް ފަސޭހައިން ޑަސްޓްމައިޓް ފަދަ ތަކެތި އަށަގަންނަގޮތްވެ އެވެ. ޚާއްސަކޮށް، އެތަނަކީ ރަނގަޅަށް ވައި ދަރުވާ ގޮތް ނެތް ތަނެއް ނަމަ އެވެ. އަދި މިއީ ނޭވާހިއްލުމާއި ނޭވާލުމުގެ ނިޒާމަށް ޖެހޭ ތަފާތު އިންފެކްޝަންތައް ޖެހެން މެދުވެރިވާ ކަމެކެވެ.

ޑރ. އޮސްބޯން ވިދާޅުވީ ގޭތެރޭގައި ކައްކާ އިރު ވެސް އާވި ބޭރުވާ ގޮތަށް އެކްޒޯސްޓް ފޭން ފަދަ ތަކެތި ހަރުކޮށްފައި ބެހެއްޓުން މުހިއްމު ކަމަށެވެ. އެހެންނޫން ނަމަ އެތަކެތިން ވެސް ކޮޓަރީގައި ފަންގަސް އާއި ޑަސްޓްމައިޓް ފަދަ ތަކެތި އާލާވާނެ އެވެ.

38 ކޮމެންޓް, 294 ރިއެކްޝަންސް

icon happy icon happy 27%
icon sad icon sad 60%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޕިސް ޕިސް ޕިސް

16 August 2020

ބޯހަލާކު

The name is already taken The name is available. Register?

އޮބިޓޯ4

01 February 2019

ބަލާއެންނު ދެން ޖާގަ ބޮޑު ލަގަޒަރީ އެޕާޓްމަންޓް ތައް އަަހަރެމެންނަށް ދޭން ވީއެންނު

The name is already taken The name is available. Register?

ހެއުއެދޭ މީހާ

20 April 2018

މާލެ އާއިި ރާއްޖެތެރެ....މާލެ އަަކީ ރާއްޖޭގެ އެތެރޭގަަ އޮންނަަ ރަަށެއްނޫންދޯ....އެހެންވީއްޔާ ރާއްޖާގެ ވެރިިކަަން ކުރަާރަަށް ރާއްޖޭގެ ރަަށަަކަށް ބަދަލުކުރަންފެނޭ....

The name is already taken The name is available. Register?

އަހުމަދު ސަމީއު

15 August 2020

ހަމަ ކުރަން ވީ

The name is already taken The name is available. Register?

ނީޝް

18 April 2018

ތީޔަކީ މާލޭގައީ ދީރީއުޅޭދީވެހީންނަކައް މާ ފައީދާ ހުރީވާހަކައެއް ނޫން.. މީތާގަ ގޭތެރޭގަވެސް މަގުމަތީގަވެސް އޮތީ ހުސް ސީއްހަތައް ގެއްލުން ލީބޭނެހާކަމެއް ފުނީ ޖެހީފަ. އެކަން އެހެން ވެގެން އުޅެނީ ބަޔަކު މީހުން މީތަން ތޮއްޖެއްސީމަ.

The name is already taken The name is available. Register?

ބައިބައި

19 April 2018

ކަލޯ މާލެއައިސްހުރެ 25 ހާސްރުފިޔާގެ ފްލެޓްގައި އިދެ 15 ހާސްރުފިޔާގެ ސްމާޓްފޯނުނަގައިގެން ތިކޮމެންޓް ތިލިޔެވުނީ މިމާލެ ތޮއްޖެއްސީމާ.

The name is already taken The name is available. Register?

ޖުލައި

15 August 2020

ކަލޯ ބައިބައި މާލެއައިސް އުޅެވޭ ގޮޔަމތައް ހުރިހާ ހިދުމަތް އަތޮޅު ތެރެއަށް ބަދަލުކޮއްދީބަލަ. ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއެކަކުވެސް މާލޭ ނައިސްވާނާމަ މިތާކަށްނާންނާނެ.

The name is already taken The name is available. Register?

ބަސްފުޅު

17 April 2018

ލިޔުން ފުރިހަމަ ކުރުމަށް ޒަމާނީގޮތުން ހުރި ހައްލު ދިރާސާކޮށްފަ ލިޔުނުނަމަ މީހުންނަށް ފައިދާހުރި ލިޔުމަކަށް ވީސް.

The name is already taken The name is available. Register?

އައި

19 April 2018

ހަގިީގަތުގަ ވެސް ބުނަަން އުޅޭ އެއްޗެއް ސާފުކޮށް ނުދެވޭ. ވާ ގެއްލުންތަށް

The name is already taken The name is available. Register?

ހަސަންބޭ

17 April 2018

ޔުނިވަސިޓީ އޮފް އޮފް ނިއު ސައުތު ވޭލްސް އިނގިރޭސި ވިލާތުގަ ހުންނަ ކަމެއް ނުދެނަހުރިން. އެހެން ކިޔާ ޔުނިވަރސިޓީ އެއް ނުންނަނީ އޮސްޓްރޭލިޔާގަ ކަމަށް އެނގިފަ އޮންނަނީ.

The name is already taken The name is available. Register?

ާެޙަބަރޭ

03 April 2018

ޢެއީ ތެދެއް މަގޭދަރިފު ވެސް މިހާރު ނޭފަތް އިންފެކްޓް ވެއްޖެ މާލޭމީ ހުން ބުނާނެ ރަނގަޅުވާނެޔޭ ަ އޭރުނ ެ ކުއްޔައް ދެވޭނު ބޮޑު އަގުގަ

The name is already taken The name is available. Register?

ޯކުއްޖާ

02 October 2017

ދިވެހިން ތަންކޮޅެއް ފޮނި ބޮޑީ އޭ ބުނެވޭނީ.

The name is already taken The name is available. Register?

މުޑޭ

13 June 2017

ހުޅަނގުގެ ގައުމުތަކަކީ ދުނިޔޭގައި އެހެން މީހުންގެ ސަމާލުކަން ހޯދުމަށް އަބަދުވެސް މަސައްކަތް ކުރާބަޔަކެވެ .ހެޔޮނުވާނެ އެމީހުންގެ އަވާގައިޖެހޭކައް.

The name is already taken The name is available. Register?

ވިލޭއަލި

13 June 2017

މާލޭގައި ދިރިއުޅޭ މީހުންނަށް ވަރަށް ޚާއްޞަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454