11 ސެޕްޓެމްބަރ 2018 - 16:15
ދުވުމުގެ ތެރެއިން އަންހެނުން ބާރުވެރިކުރުމުގެ މަގުސަދުގައި އިންޑިއާގައި ބާއްވަމުން އަންނަ މަޝްހޫރު ދުވުމުގެ ހަރަކާތް "ޕިންކެތަން" މި އަހަރު ރާއްޖޭގައި ބާއްވަން އައި-ރަނާސް އިން ތައްޔާރުވެއްޖެ އެވެ.
ފަސް ކިލޯމީޓަރުގެ ދުވުމުގެ މި ރޭސް އޮންނާނީ އަންނަ އޮކްޓޯބަރު 19 ވަނަ ދުވަހު މާލޭގަ އެވެ. އަންހެނުންނަށް ހާއްސަ ރޭހެއް ނަމަވެސް، ސަޕޯޓްދިނުމުގެ ގޮތުން ފިރިހެންނަށް ވެސް ދުވެވިދާނެ އެވެ. ބައިވެރިވުމުގެ ފުރުސަތު ޕިންކެތަން ވެބްސައިޓުގައި އަންނަ ހޮނިހިރު ދުވަހާ ހަމަޔަށް ވަނީ ހުޅުވާލައިފަ އެވެ. ކޮންމެ ބައިވެރިޔަކު 15 ޑޮލަރުގެ ފީއެއް ދައްކަން ޖެހޭއިރު، ޓީޝާޓަކާއި ޑިޖިޓަލް ސެޓްފިކެޓެއް ލިބޭނެ އެވެ.
Pinkathon Day
The message of Pinkathon is clear. Women, we need you. Your families need you, and not just your children, but your society, your country needs you. In the words of Bishop Tutu and countless wise men before and since, “If we are going to see real development in the world then our best investment is…
ޕިންކެތަންގައި މި ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ބައިވެރިވެވޭނެ.
މި އިވެންޓް ރާއްޖޭގައި އިމްތިޒާކުރާ ރަނާސް ކްލަބް އައި-ރަނާސް އިން ވަނީ އިވެންޓް ޕްރޮމޯޓްކުރުމަށް ތަފާތު ހަރަކާތްތަކެއް ކުރިއަށްގެންދަން ރާވައިފަ އެވެ. އަދި އެ ކްލަބުން އުއްމީދުކުރަނީ މި އިވެންޓް ސިލްސިލާކޮށް ކޮންމެ އަހަރަކު ރާއްޖޭގައި ބާއްވައި އަންހެނުން ބާރުވެރިކުރުމުގައި ބާރުއެޅުމެވެ.
މި އިވެންޓަކީ ދުވުމަށް ހާއްސަ ލޯތްބެއް ޖެހިފައިވާ އިންޑިއާގެ ސުޕަ މޮޑެލް އަދި ފިލްމީ ތަރި މިލިންދު ސޯމަން 2012 ވަނަ އަހަރު ފެށި ހަރަކާތެކެވެ. ބޭނުމަކީ އުރަމަތީގެ ކެންސަރުގެ ހޭލުންތެރިކަން އިތުރުކުރުމާއި އަންހެނުންގެ މެދުގައި ދުޅަހެޔޮ ސިއްހަތު ޕްރޮމޯޓްކުރުމެވެ. އެކަމަކު މި އިވެންޓް ފުޅާވެ މިހާރު މިއީ އަންހެނުން ބާރުވެރިކޮށް އާއިލާތަކާއި މުޖުތަމައު އަދި ގައުމަށް އަންހެނުންނަކީ މިހާ މުހިއްމު ބަޔެއްކަން އަންގައިދީ ވިސްނައިދިނުމުގެ ބޮޑު ހަރަކާތެކެވެ. މީގެ ތެރެއިން ކޮމިއުނިޓީ ރަނާސް ގްރޫޕްތަކެއް އުފެދި އިންޑިއާގެ އެކިކަންކޮޅުތަކުގެ އެތައް ހާސް އަންހެނުންތަކެއްގެ ދިރިއުޅުމަށް ޕޮޒިޓިވް ބަދަލުތަކެއް މި ހަރަކާތުގެ ތެރެއިން ވަނީ ގެނެސްފަ އެވެ. ޕިންކެތަންގެ އެމްބެސެޑަރުންގެ ގޮތުގައި އިންޑިއާގެ މަޝްހޫރު ފިލްމީ ތަރިން ހަރަކާތްތެރިވެ އިވެންޓް ޕްރޮމޯޓްކޮށްދެ އެވެ.
ޕިންކެތަން އިވެންޓް މި އަހަރު މަދުވެގެން ފަސް ގައުމެއްގެ ފަސް ސިޓީގައި ބާއްވާއިރު ފަސްހާހެއްހާ އަންހެނުން ބައިވެރިވާނެ އެވެ. ރާއްޖެ އާއި މެދުއިރުމަތީގެ ގައުމުތަކުގައި ހަފުތާ ބަންދާ ދިމާކުރުމުގެ ގޮތުން އޮކްޓޯބަރު 19 ގައި ބޭއްވި ނަމަވެސް އެހެން ގައުމުތަކުގައި އޮންނާނީ އޮކްޓޫބަރު 21 ގަ އެވެ. އިންޑިއާގެ އެކި ސިޓީތަކުގައި އަހަރުގެ އެކި ހިސާބުތަކުގައި އަންނަނީ ބާއްވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިލިންދ
12 September 2018
މިފަހަރު 30 ން މަތީގެ ހުރިހާ އަންހެނުންދާނެ ދުވަން
1ހުސޭނު
11 September 2018
އަންހެނުން ބާރުވެރި ކުރުމުގެ ވާހަކަ ދެއްކުމުން ފެންނަނީ ހަމަހަމަކަން ނެތްކަން. އަންހެނަކަށް ވީތީ ނުވާކަމެއް ބުނެބަ؟ ކޮޅަށް ހުރެ މިހާރު ކުޑަކަމުވެސް ދެވޭ.
މަފް
11 September 2018
ނަސީބު ނަސީރު އިސްމާއީލް ތިޔަކަމާ ހަވާލުނުވިކަން. އައްޑޫ މެރެތަންގެ ވަނަތަން ލިބުނު މީހުންނަށް ދޭންޖެހޭ އިނާމް ފައިސާ ނުދީގެން އެކުދިން ވަރައް ވާހަކަ ދައްކަ.