މީހަކު ލޯ އުނގުޅަނީ.
25 އޮކްޓޯބަރ 2020 - 07:20
ލޯ ރަތްވާން އެކި ސަބަބުތައް މެދުވެރިވެދާނެ އެވެ. ލޯ ކަހާ ގޮތްވެ، އުނގުޅާ ނަމަ ލޯ ފަސޭހައިން ރަތްވެ، އުނދަގޫތަކެއް ކުރިމަތި ކުރިމަތިވާނެ އެވެ. ލޮލަށް އެތިކޮޅެއް ވެއްޓިގެން ނުވަތަ ކޮމްޕިއުޓަރު ފަދަ އެއްޗެހި ކައިރީގައި މާ ގިނަ ވަގުތު ހޭދަކުރާ ނަމަ އެއީ ވެސް ފަސޭހައިން ލޯ ރަތްވެ، ލޯ ވަރުބަލިވާނެ ކަމެކެވެ.
އެހެންވެ ރައްކާތެރި ގޮތަކީ ސްކްރީން ދޮށުގައި ގިނަ އިރު މަސައްކަތްކުރާ މީހުން އަވަސް އަވަހަށް ބްރޭކްތައް ނަގައި، ސްކްރީނަށް ދުރަށް ޖެހިލާނެ ވަގުތު ހޯދުމެވެ. ލޯ ރަތްވުމަކީ ލޮލަށް އެތައް އުނދޫތަކެއް ކުރިމަތިވެ، ކުރަން ހުންނަ މަސައްކަތްތަކަށް ވެސް ބުރޫއަރާނެ ކަމެކެވެ. އެހެންވެ އަމިއްލަ އަށް ފަސޭހައިން މިކަމަށް ހައްލު ވެސް ހޯދޭނެ ގޮތްތަކެއް އެނގިފައި ހުރުމަކީ މުހިއްމު ކަމަކަށް ވާނެ އެވެ.
އެގޮތުން މިއީ ވަރަށް އާދައިގެ ހަތަރު ކަމެއްގެ ވާހަކަ އެވެ.
މިކަން ކުރަން އެންމެ ރަނގަޅު ގޮތަކީ ބޮޑު ބޯތައްޓެއް ކަހަލަ އެއްޗެއްގެ ތެރެއަށް ސާފު ފެން އެޅުމަށް ފަހު އޭގެ ތެރެއަށް މޫނުލައި، ފެނުގެ ތެރެއަށް ލޯ ހުޅުވައިގެން އިރުކޮޅެއް ވަންދެން އޮތުމެވެ. މިހެން ހެދުމުން ލޯ ސާފުވެ، ރަތްކަން ކެނޑެން މަގުފަހިކޮށްދޭނެ އެވެ. ލޮލުގެ ތެރޭގައި ކުނިކޮޅެއް އޮތަސް މިހެން ހެދުމުން ފަސޭހައިން ލޯ ސާފުކޮށްދޭނެ އެވެ.
ލޯ ރަތްވާ ނަމަ ކިއުކަމްބާ ފޮއްޗެއް ލޯމަތީގައި ބާއްވައިގެން 10 ވަރަކަށް މިނިޓް ވަންދެން އޮތުމުން ވެސް ހައްލަކަށް ވާނެ އެވެ. އަދި ހަމަ މިގޮތަށް އައިސް ކިއުބް ވެސް ބޭނުން ކުރެވިދާނެ އެވެ.
ލޮލުގައި ހުންނަ ރަތްކަން ކަނޑުވާލަން މާސްކާއި ސޫތިން ޖެލް އަކީ ވެސް ބޭނުންކުރެވިދާނެ އެއްޗެކެވެ. ނިދުމުގެ ކުރިން ލޯމަތީގައި ސޫތިން ޖެލްކޮޅެއް އުނގުޅާލައިގެން މާސްކް އަޅައިގެން ނިދާނީ އެވެ. އެކަމަކު މާސްކް އެޅުމުގެ ކުރިން ފްރިޖްގައި ބާއްވައިގެން އެ ފިނިކޮށްލަން ޖެހޭނެ އެވެ.
ލޯ ކަހައޮި ހިރުވައި، ރަތްވާ ގޮތްވާ ސައިފަތް ޕެކެޓް ބޭނުންކުރާށެވެ. އާާދައިގެ ސައިފަތް ޕެކެޓްގެ އިތުރުން ގްރީން ޓީ ސައިފަތް ޕެކެޓް ވެސް ބޭނުންކުރެވިދާނެ އެވެ. ސައިފަތް ޕެކެޓް ހޫނު/ފިނިފެނުން ފޯކޮށްލާފައި ލޯމަތީގައި ބާއްވައިގެން އޮތުމުން މައްސަލަ ހައްލުވާނެ އެވެ.
ސައިތައްޓެއް ހަދާފައި ސައިފަތް ޕެކެޓް ބޭނުންކުރާ ނަމަ އޭގެ ހޫނުކަން ކެނޑެންދެން ބާއްވަން ޖެހޭނެ އެވެ. އެހެން ނޫނީ ހޫނުކަންމަތީ ބޭނުންކޮށްފި ނަމަ އަނެއްކާ ލޮލަށް އިތުރު މައްސަލައަކަށް ވެދާނެ އެވެ. ހަމަ މިގޮތަށް ސައިފަތް ޕެކެޓް ފްރިޖްގައި ފިނިކޮށްލއިގެން ވެސް ބޭނުންކޮށްލެވިދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy