19 ޑިސެމްބަރ 2020 - 08:40
ޓްވިޓާ އެކައުންޓްތައް ވެރިފައިކޮށްދިނުމުގައި އަންނަ މަހުގެ ތެރޭގައި އާ ޕްރޮސެސްއެއް ކުރިއަށް ގެންދާނެ ކަމަށް ޓްވިޓާ އިން ބުނެފި އެވެ.
ޓްވިޓާ އިން ބުނި ގޮތުގައި މިހާރު ވެރިފައިކޮށްދީފައި ހުރި އެކައުންޓްތައް ބޭނުންކުރާ މީހުން ޓްވިޓާގެ އުސޫލުތަކާ ހިލާފުވުމާއި ބޭނުން ނުކޮށް ގިނަ ދުވަސްތަކެއްވެފައި ހުރި އެކައުންޓްތަކާއި މަރުވެފައިވާ މީސްމީހުންގެ އެކައުންޓްތައް ވެރިފައިކުރުމުގައި ދެން އަމަލުކުރާނީ އާ އުސޫލުގެ ދަށުންނެވެ. މަރުވެފައިވާ މީހުންނަށާއި އޮޓޮމޭޓެޑް ނުވަތަ ބޮޓް އެކައުންޓްތަކަށް އާ އެކައުންޓްތަކެއް ހުޅުވުމުގެ ފުރުސަތު އޮންނާނެ އެވެ.
ޓްވިޓާ އިން ބުނީ މަރުވެފައިވާ މީސްމީހުންގެ އެކައުންޓްތައް ދެން ހިމަނާނީ "ހަނދާނީ" އެކައުންޓްތަކެއްގެ ގޮތުގައި ކަމަށެވެ.
About verified accounts https://t.co/IRVMHsf95P
— Adhushan (@Adhushan1) December 18, 2020
ޓްވިޓާގެ އުސޫލުތަކާ ހިލާފުވެގެން ވެރިފައި ބެޖް ގެއްލުމުގެ ބިރު އޮތް މީސްމީހުންނަށް އެކަމުގެ ނޯޓިސް ޓްވިޓާ އިން އަންނަ މަހު އީމެއިލަކުން ފޮނުވާނެ އެވެ. އެއާ އެކު އަލުން ވެރިފިކޭޝަން ކަށަވަރުކުރަން ޓްވިޓާ އިން ބުނާ ކަންކަން ފުރިހަމަކޮށް އަންނަ މަހުގެ 20 ގެ ކުރިން ހުށަޙަޅަން ޖެހޭނެ އެވެ. އެހެން ނޫން ނަމަ ވެރިފިކޭޝަން ބެޖް ގެއްލޭނެ އެވެ.
"އެހެންވީމާ އަންނަ މަހުން ފެށިގެން މުޅި އަހަރުގެ ތެރޭގައި އަހަރެމެން ކުރިއަށް ގެންދާނަން އެކައުންޓްތަކުގެ އިވެލުއޭޝަންތައް. އޭގެ މާނަ އަކީ އުސޫލުތަކާ އެކި ގޮތްގޮތަށް ހިލާފުވާ އަދި ތަކުރާރުކޮށް އުސޫލުތަކަށް ބޯނުލަނބާ މީހުންގެ އެކައުންޓްތަކުގެ ވެރިފިކޭޝަން ބެޖް ގެއްލުމުގެ ފުރުސަތު ވަރަށް ބޮޑުވާނެ،" ޖެކް ޑޯޒީގެ ޓްވިޓާ އިން ބުންޏެވެ.
އަލަށް އަމަލުކުރަން ފަށާ އުސޫލުގެ ދަށުން ބައެއް ލުއިތައް ވެސް ދޭނެ އެވެ. އެގޮތުން އެކައުންޓެއް ހަދާއިރު މިހާރު ހިމަނަން ޖެހޭ ޕްރޮފައިލް ބައޯ ނުވަތަ ފޮޓޯ ހިމަނަން މަޖުބޫރެއް ނުވާނެ އެވެ.
"އެކަމަކު އާ ވެރިފިކޭޝަން ޕްރޮސެސް ހަރުދަނާކުރުމުގެ ގޮތުން އަހަރެމެން ޕްލޭންކޮށްފައި އޮތް ގޮތެއް ޑިމޮގްރެފިކް އިންފޮމޭޝަން އޮޕްޝަނެއްގެ ގޮތުގައި ހިމެނުމަކީ،" ޓްވިޓާ އިން ބުންޏެވެ.
މީގެ 14 އަހަރު ކުރިން ވުޖޫދަށް އައި ޓްވިޓާ އަކީ މިހާރު އެންމެ މަގުބޫލު އެއް ސޯޝަލް ޕްލެޓްފޯމެވެ. އެ ބޭނުންކުރާ މީހުންގެ އަދަދު 321 މިލިއަނަށް އަރަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy