04 ޖޫން 2021 - 07:59
މައިކްރޮސޮޓްގެ ވިންޑޯސް އަށް ގެންނަން ނިންމާފައިވާ ބަދަލުތައް ދައްކައިލަން ބާއްވާ އިވެންޓް މި މަހުގެ 24 ގައި ބާއްވަން ނިންމައިފި އެވެ.
އެކަން ޓްވިޓާގައި އިއުލާންކޮށް އެ ކުންފުނިން ވަނީ ވާޗުއަލް އިވެންޓްގެ ދައުވަތު ފޮނުވައިފަ އެވެ.
އަލަށް ގެންނަން އުޅޭ ބަދަލުތަކާ ގުޅޭ ގޮތުން މިހާތަނަށް މާ ބޮޑު ތަފުސީލުތަކެއް ދީފައި ނެތަސް އެންމެ ބޮޑު އެއް ބަދަލަކަށް ވާނީ ވިންޑޯސް 95 މާޒީގެ ތެރެއަށް ދޫކޮށްލައި، މި ޒަމާނުގެ ފާޑުވެރިކަން ވިންޑޯސް އަށް ގެނައުމެވެ. އޭގެ ތެރޭގައި ވިންޑޯސްގެ ލޯގޯ އާއި ކުލަތަކަށް މި ޒަމާނުގެ ޖީލާ ގުޅޭ ކުލަވަރު ގެންނާނެ އެވެ.
Join us June 24th at 11 am ET for the #MicrosoftEvent to see what’s next. https://t.co/kSQYIDZSyi pic.twitter.com/Emb5GPHOf0
— Windows (@Windows) June 2, 2021
ބައެއް މީޑިއާތަކުން ބުނި ގޮތުގައި 24 ގައި ބާއްވާ އިވެންޓްގައި ވިންޑޯސް 11 ވެސް ދައްކައިލާނެ އެވެ.
މައިކްރޮސޮފްޓްގެ ސީއީއޯ ސަޓިއާ ނަޑެލާ ދާދި ފަހުން ވިދާޅުވެފައިވާ ގޮތުގައި ވިންޑޯޒް އަށް ޒަމާނީ ބޮޑެތި ބަދަލުތަކެއް ގެންނަ އިރު ދެއްވަން ބޭނުންވާ ޔަގީން ކަމަކީ ގަޔާވާނެ ކަހަލަ ފުރިހަމަ އަދި ޗާލު ބަދަލުތަކެއް ގެނެސްދޭނެކަމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy