15 ސެޕްޓެމްބަރ 2021 - 07:08
މަަޝްހޫރު ޓެކް ކުންފުނިތަކުން އެކި ފީޗާތައް ހިމަނައިގެން ސްމާޓް އައިނު އުފައްދަން މަސައްކަތްކުރުމަކީ ވަރަށް ބޮޑަށް ވައިގައި ހިފާފައި އޮތް ކަމެކެވެ. މިދިޔަ ހަފުތާގައި ފޭސްބުކާއި އިޓަލީގެ މަޝްހޫރު އައިނު ބްރޭންޑް، ރޭ-ބެން ގުޅިގެން "ރޭ-ބެން ސްޓޯރީޒް" ގެ ނަމުގައި ވަނީ ސްމާޓް އައިނެއް ބާޒާރަށް ނެރެފަ އެވެ.
ފޯނު އުފައްދާ ޗައިނާގެ ކުންފުނި ޝޯމީން ވެސް މިހާރު މި ވަނީ އެ ކުންފުނިން ވެސް ސްމާޓް އައިނަކަށް ކުރާ މަސައްކަތް އާންމުންނާ ހަމައަށް ވަރަށް ބޮޑަށް ތިލަކޮށް ދީފަ އެވެ. "ޝޯމީ ސްމާޓް ގްލާސެސް" ގެ ނަން ދީފައިވާ މި އުފެއްދުމުގެ ކޮންސެޕްޓް ޑިޒައިން މިހާރު ވަނީ ދައްކާލައިފަ އެވެ. އެކަމަކު އަދި އެހާ އަވަހަކަށް މި އައިނު ބާޒާރަށް ނެރެ ވިޔަފާރި އުސޫލުން އައިނު އުފައްދަން ޝޯމީ އޮތީ އަދި ތައްޔާރެއް ނޫނެވެ.
އެހެންވެ އެ ކުންފުނީގެ ސްމާޓް އައިނަށް ކުރަން ޖެހޭ އިންތިޒާރު ދިގުވެދާނެ އެވެ.
Introducing #XiaomiSmartGlasses, our first pair of smart eyewear.
— Xiaomi (@Xiaomi) September 14, 2021
Imagine every smartphone function integrated into what you wear.👓 #NeverStopExploring https://t.co/jdykEJX4UT
ނަމަވެސް "ޝޯމީ ސްމާޓް ގްލާސެސް" އާ އެކު ޝޯމީން ވަނީ ވަރަށް ހާއްސަ ވާހަކައެއް ބުނެފަ އެވެ. އެއީ އަމާޒަކަށްވެފައި އޮތީ މިހާރު ބޭނުންކުރާ ސްމާޓް ފޯންތަކުގެ ބަދަލުގައި ބޭނުންކުރެވޭ ސްމާޓް އައިނެއް އުފެއްދުމެވެ. ސްމާޓްފޯނަކުން ކުރެވޭ ހުރިހާ ކަމެއް ކުރެވޭ ސްމާޓް އައިނެއް ހެދުމެވެ.
އެ ކުންފުނިން ދައްކައިލި އައިނުގެ ކޮންސެޕްޓަށް ބަލާ އިރު އޯގްމެންޓެޑް ރިއަލިޓީ (އޭއާރް) އަށް ބަރޯސާވާ މި އުފެއްދުމަކީ މޮނޮކްރޯމް މައިކްރޯލެޑް ލެޑްސިސްޓަމް އެކުލެވޭނެ އުދެއްދުމެކެވެ. އެހެންވެ އޯލެޑަށް ވުރެ ޑިވައިސްގެ ލެންސް ނުވަތަ ޑިސްޕްލޭގެ ފެންވަރު އެތައް ގުނައެއް ރަނގަޅުވެފައި، ބޭނުންކުރަން ފަސޭހަ ވާނެ އެވެ. އަދި އައިނު ބޭނުންކުރެވޭ މުއްދަތު ވެސް ދިގުވާނެ އެވެ.
#XiaomiSmartGlasses, the future now is in front of your eyes. #NeverStopExploring https://t.co/SCIholvdmk
— Xiaomi (@Xiaomi) September 14, 2021
މީގެ ލެންސްގައި ހިމެނޭ އެންމެ ހާއްސަ އެއްޗަކީ ހަނޑޫފުކެއްހާ ވަރުގެ އަލިކޮޅެކެވެ. މިއީ ދެ މިލިއަން ނިޓްސްގެ އަލިކަން ގެނުވައިދޭނެ އެއްޗެކެވެ. އެކަމަކު އެ އަލީގެ ސަބަބުން ލޮލަށް ނޭދެވޭ އެއްވެސް އަސަރެއް ނުކުރާނެ އެވެ. މި އައްޔަކީ ނެވިގޭޝަނާއި ލައިވް ޓްރާންސްލޭޝަނާއި ނޮޓިފިކޭޝަން ފަދަ ފީޗާތަކާ ގުޅިފައި އިންނާނެ އައިނުގެ ވަރަށް ހާއްސަ ބައެކެވެ.
ޝޯމީން ބުނި ގޮތުގައި "ޝޯމީ ސްމާޓް ގްލާސެސް" އަކީ އެއްވެސް އިތުރު ޑިވައިސްއަކާ ކަނެޓްކޮށްގެން ބޭނުންކުރަން ޖެހޭ އެއްޗަކަށް ނުވާނެ އެވެ. އެހެންވެ މުޅިން "އިންޑެޕެންޓް" ޑިވައިސްއެއްގެ ގޮތުގައި ބޭނުންކުރެވޭނެ އެވެ. މީގެ ފީޗާތަކުގެ ތެރޭގައި ކްއަޑް-ކޯ އާމް ޕްރެސޮސަ އާއި ވައިފައި އާއި ބްލޫޓޫތާއި ބެޓެރި އާއި ފަސް މެގަޕިކްސެލްގެ ކެމެރާ ވެސް އިންނާނެ އެވެ
ޑިވައިސްގެ ބަރުދަނުގައި ހުންނާނެ ކަމަށް ޝޯމީން ބުނަނީ 51 ގްރާމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަހަނ
15 September 2021
މަގުމަތީގަ ދާއިރު ފޯން ނުގެންގުޅެން އަބަދު އިޝްތިހާރު ކުރަނީ. މީގެ އައިނެއް އަޅައިގެން މަގުމަތީ ދިއައިމަ ކިހާ ވަރަކަށްބާ އެކަން ހައްލުވަނީ؟