ގައުމީ މުބާރާތުގެ ފައިނަލް މެޗަށް ފަހު ޒިލާ (ވ) އާއި ކިންގްސްގެ ޗެއާމަން އަދި ކުރީގެ ކުޅިވަރާ ބެހޭ ވަޒީރު މުންދު ވާހަކަދައްކަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
19 ޑިސެމްބަރ 2018 - 13:58
އަންނަ އަހަރަށް ފަހު ބާސްކެޓްބޯޅަ ކުޅުން ހުއްޓާލަން ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ބާސްކެޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު ޒިލާލް ނިންމައިފި އެވެ.
އޭނާ މިކަން އިއުލާންކުރީ ޓީރެކްސް ބަލިކޮށް ގައުމީ ބާސްކެޓްބޯޅަ ޗެމްޕިއަންކަން ކިންގްސް ބީސީ އަށް ރޭ ހޯދައިދިނުމަށް ފަހު އެވެ.
ބާސްކެޓްބޯޅަ އާއިލާ އަށް އެޑްރެސްކޮށް ކްލަބަށް ފޮނުވި މެސެޖެއްގައި ޒިލާލް ބުނީ ވަރަށް ބޮޑަށް ވިސްނުމަށް ފަހު އަދި އާއިލާއާ ވެސް މަޝްވަރާކުރުމަށް ފަހު، އަންނަ އަހަރަކީ ގައުމީ ޓީމާއި ކްލަބަށް ވެސް ކުޅޭނެ ފަހު އަހަރު ކަމަށް ނިންމާފައިވާ ކަމަށެވެ.
"އަހަރެންގެ ހަޔާތުގެ ބޮޑުބައި މި ހޭދަކުރީ ތި އެންމެންނާ އެކު. އެއް ޓީމެއްގައި އަދި އިދިކޮޅަށް ވެސް ކުޅުނު ކޮންމެ މެޗެއް ވެސް އަބަދަށް ހަނދާންކުރާނަން. ދިން ލޯތްބާއި އިހުތިރާމަށްޓަކައި އެންމެންނަށް ވެސް ވަރަށް ބޮޑަށް ޝުކުރުއަދާކުރަން،" ކޯޗުންނާއި އެއް ޓީމަކަށް ކުޅުނު ކުޅުންތެރިންނާއި އިދިކޮޅަށް ކުޅުނު ކުޅުންތެރިންގެ ނަން ފާހަގަކޮށް ޒިލާލް ބުނެފައިވެ އެވެ.
އުމުރުން 33 އަހަރުގެ ކުޅުންތެރިޔާ ބުނީ ގައުމީ ޓީމަށް ކުޅުމަށާއި ކެޕްޓަންކަންކުރުމަށް އޭނާ އަށް އިތުބާރުކުރީތީ ބާސްކެޓްބޯޅަ އެސޯސިއޭޝަނަށް ވެސް ޝުކުރުއަދާކުރާ ކަމަށެވެ. އަދި ކުޅުން ހުއްޓާލުމަށް ފަހު، އޭނާ ލޯބިވާ މި ކުޅިވަރަށް އޭގެ ބަދަލު ދޭނީ އާ ޖީލެއްގެ ތަރިން އުފެއްދުމަށް މަސައްކަތްކޮށްގެން ކަމަށެވެ.
ކިންގްސް އިން ބުނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ޒިލާ އެ ޓީމަށް ކުޅުމަކީ ލިބުނު ޝަރަފެއް ކަމަށާއި އޭނާގެ ފަހު ސީޒަން ކާމިޔާބުކުރުމަށް އެންމެން އެކުގައި މަސައްކަތްކުރާނެ ކަމަށެވެ.
މިދިޔަ އަހަރުގެ ސާބާ ޗެމްޕިއަންޝިޕުގައި އިންޑިއާ ދެ ކުޅުންތެރިން ކައިރިން ޒިލާ (މ) ދެމި ގަންނަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
ކުޅިވަރު ކުޅުމާއި، މީހުން ތަމްރީނު ކުރުމުގެ ރޮނގުން ހިތްވަރުދިނުމުގެ ގައުމީ އިނާމު 2016 ވަނަ އަހަރު ހާސިލްކޮށްފައިވާ ޒިލާލް ބާސްކެޓްބޯޅަ ކުޅެން ފެށީ މަޖީދިއްޔާ ސްކޫލުގައި ކިޔަވަމުން ދިޔަ ދުވަސްވަރެވެ.
އިންޓަ ސްކޫލުން ވިދާލުމަށް ފަހު އޭނާ ކެރިއަރު ފެށީ 2002 ވަނަ އަހަރު ޔުނިޓުއާސް އިންނެވެ. ޖެހިގެން އައި އަހަރު ވިކްޓްރީ ސްޕޯޓްސް ކްލަބަށް ބަދަލުވެ ހަތް އަހަރު އެ ޓީމަށް ގިނަ ގިނަ ކާމިޔާބީތަކެއް ހޯދި އެވެ.
އޭގެ ފަހުން އަލަށް އުފެދުނު ޓީރެކްސް ބީސީ އަށް ބަދަލުވެ އެ ޓީމާ އެކު ވެސް ރާއްޖޭގެ ހުރިހާ ކާމިޔާބެއް ހާސިލްކުރި އެވެ. އަދި މިހާރު ކުޅެމުން އަންނަ ކިންގްސްއާ ގުޅުމުގެ ކުރިން ރެޑްލައިން ކްލަބަށް ވެސް ކުޅެ ތަށި ހޯދައިދިނެވެ.
ހަވީރު ސްޕޯޓްސް އެވޯޑްސްގައި ހޮވަމުން އައި ރާއްޖޭގެ އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިޔާގެ މަގާމް 2008، 2011 އަދި 2012 ވަނަ އަހަރު ހޯދި ޒިލާލް އަށް ނުލިބޭ ކްލަބް ފެންވަރުގެ އަދި އިންޑިވިޖުއަލް ކާމިޔާބެއް ނެތެވެ.
ގައުމީ ޓީމާ އެކު ވެސް އޭނާ ކާމިޔާބީތަކެއް ހާސިލްކުރި އެވެ. އެގޮތުން 20111 ވަނަ އަހަރުގެ ސައުތު އޭޝިއަން ބީޗް ގޭމްސް އިން ރާއްޖޭން ލޯ މެޑަލް ހާސިލްކުރިއިރު އަދި 2016 ވަނަ އަހަރުގެ ސާބާ ޒޯންގެ ފީބާ އޭޝިއާ ޗެލެންޖްގެ ކޮލިފިކޭޝަންގައި ރިހި މެޑެލް ހޯދި ޓީމުގައި ހިމެނުނެވެ. އަދި 2013 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް ސާބާ ޗެމްޕިއަންޝިޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދި އެވެ.
މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ސާބާ ޗެމްޕިއަންޝިޕުގައި ޒިލާގެ މޮޅު ކުޅުމާ އެކު ރާއްޖެން ވާދަވެރި ސްރީ ލަންކާ ބަލިކުރި ކުރުމަކީ ފާހަގަކުރަން ޖެހޭ ކާމިޔާބެކެވެ. ޒިލާމެނަށް ކުޑައިރުން ފެށިގެން ކޯޗުކޮށްދިން ސްރީ ލަންކާގެ އަހުމަދު ސުޕުން ވިމާލްގެ ކޯޗުކަމުގެ ދަށުން ލަންކާގެ މައްޗަށް ކުރި ހޯދިއިރު، ލަންކާ ބަލިކުރުމަކީ ރާއްޖޭގެ ބާސްކެޓްބޯޅައިގެ ގިނަ ދުވަސްވީ އުއްމީދެކެވެ.
ޒިލާ ފަހަކަށް އައިސް ކޯޗިންގައި ވެސް އައީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން ވަޒީފާ އަދާކުރަމުން އަންނަ އިމިގްރޭޝަންސްގެ އިތުރުން ސްކޫލްތަކާއި ކްލަބްތަކަށް ކޯޗުކޮށްދީ ކާމިޔާބީ ހޯދައިދީފައިވެ އެވެ.
"ދެން ބޮޑަށް ފެންނާނީ ޑިވެލޮޕްމަންޓް ސައިޑުން،" ޒިލާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑިމޯ
20 December 2018
ދިވެހި ބާސްކެޓް ބޯލް އުވާލުމައް ގޮވާލަން ސުޕުން ބަހައްޓްއިގެން ކުރިއެރުމެތް ނުލިބުނު ، ވަރައް ބޭއިންށާސާފު ކަންތައް ކުޜާ ގޮތް
ޝިދާ
20 December 2018
ޒިލާ ހާދަ ރީއްޗޭ އަދިވެސް.
ޟަވ3ސް
19 December 2018
(ޜުހުމުގެ ލޮލަކައް އައިބެއް ނުގެންނާނެ) ބާސްކެޓްބޯލް އެސޯސިއޭސަން ގެ މޮޓޯ ދިވެހި ބާސްކެޓް ގަ ކިތައްކުޅުން ތެރިން ހިދުމަތް ކޮއްފަ އެބުރި ހިގައްޖެ ، ބުނެލަން އޮތީ ދިވެހި ބާސްކެޓް ގަ ދެކެން ބޭނުން ވަނީ ސުޕުން ނުހުންނާނެ ދުވަހެއް (ހަސަންބަނޑޭ ހަޖަމް)
ބޯގަންވިލާ
19 December 2018
ޒިލާ ތިނިންމުމަކީ ސުޕުން ބައްޕަ ގެ ނަސޭހަތެއް ތޯ
ަފޭން
19 December 2018
ޒިލާ އަށް މަރުހަބާ! ތީ ނަމޫނާ ކުލުންތެރިއެއް!