ކުޅިވަރު / ޓީސީ ސްޕޯޓްސް

ޓީސީ ލަންކާގައި ތާށިވެފައި، ފުރުސަތު ލިބުނުހާ އަވަހަކަށް ގެންނާނެ

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗަކަށް ނުކުތް ޓީސީގެ ކުޅުންތެރިން ފޮޓޯ އަކަށް ހުއްޓިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކޮރޯނާވައިރަހާ ގުޅިގެން، ސްރީ ލަންކާގައި ކަރަންޓީނުކޮށްފައި އޮތް ޓީސީ ސްޕޯޓްސް ކްލަބުގެ ސްކޮޑުގެ ކަރަންޓީން މުއްދަތު ހަމަވެފައިވީ ނަމަވެސް ރާއްޖެ ގެނެވިފައިނުވަނީ ލަންކާ ލޮކްޑައުންކޮށްފައިވާތީ ކަމަށާއި ފުރުސަތެއް ލިބުނުހާ އަވަހަށް އެ ޓީމު ގެންނާނެ ކަމަށް ސްޕޯޓްސް މިނިސްޓްރީން ބުނެފި އެވެ.

ލަންކާގައި ޓީސީ ކަރަންޓީނު ކުރީ މި މަހުގެ 12 ވަނަ ދުވަހު އެވެ. އެއީ އޭއެފްސީ ކަޕްގައި ބަންގްލަދޭޝްގައި އެ ގައުމުގެ ބަޝުންދުރާ ކިންގްސްއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އެނބުރި މާލެ އެނބުރި އައި ދަތުރުގަ އެވެ. ލަންކާގައި 14 ދުވަސް ވަންދެން ޓީސީ ކަރަންޓީނު ކުރަން ނިންމީ ބަންގްލަދޭޝް އަކީ އެ ވަގުތު ރިސްކު އޮތް ގައުމެއް ކަމަށްވެފައި އެ ގައުމުން ރާއްޖެ އަށް މީހުން އެތެރެވުން މަނާކޮށްފައި އޮތުމުންނެވެ.

ލަންކާގައި ޓީސީގެ ކަރަންޓީނު މުއްދަތު ހަމަވީ މި މަހު 26 ވަނަ ދުވަހު އެވެ. އޭގެ ހަތަރު ދުވަސް ކުރިން ލަންކާ ވަނީ ލޮކްޑައުންކޮށްފަ އެވެ. އަދި ވައިގެ ދަތުރުތައް މެދުކަނޑާލައިފަ އެވެ. ސަރުކާރުން އަންނަނީ އެކި ގައުމުތަކުގައި ތިބި ދިވެހިންނަށް އެނބުރި ރާއްޖެ ގެނައުމަށް ކުރެވެން ހުރި މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން ލަންކާ އިން ވެސް މީހުން ގެންނަން މަސައްކަތްކުރެ އެވެ.

ޓީސީ ގެނައުމާ މެދު މި ވަގުތު ސަރުކާރުން ކުރަމުން އަންނަ މަސައްކަތާ ބެހޭގޮތުން ސްޕޯޓްސް މިނިސްޓްރީގެ އޮފިޝަލަކު "މިހާރަ"ށް ބުނީ ލަންކާގެ އެއާޕޯޓް ވެސް މި ވަގުތު ބަންދުކޮށްފައި އޮތުމުން އެއްވެސް ބަޔަކު ގެނެވޭނެ ގޮތެއް ނެތްކަމަށާއި އެއްވެސް ބަޔަކު ގެނެވޭނެ ފުރުސަތެއް ލިބުނުހާ އަވަހަކަށް ޓީސީގެ ކުޅުންތެރިންނާއި އޮފިޝަލުން ގެންނާނެ ކަމަށެވެ.

ޓީސީގެ ކުޅުންތެރިންނާއި އޮފިޝަލުން މި ވަގުތު ތިބީ ލަންކާގެ މެރީނޯ ބީޗް ހޮޓަލުގަ އެވެ. ޓީސީގެ ހަރަދުތައް ހަމަޖައްސާފައިވަނީ ސަރުކާރުންނެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ސެންޓަރުގެ ތަރުޖަމާން އަދި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްްދުލް އަޒީޒް ވިދާޅުވީ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވާހަކަ ދައްކަވައި ޓީސީ ގެނައުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރައްވާނަމަ އެކަމެއް ކުރައްވާނީ ފޮރިން މިނިސްޓްރީއާ ގުޅިގެން އެ އޮންނަ އުސޫލުގެ ތެރެއިން ކަމަށާއި އެ ގޮތަށް މީހުން އަރުވައިގެން ފްލައިޓެއް ދަތުރުކުރެވޭ ގޮތެއްވެއްޖެނަމަ އެ ފުރުސަތެއްގައި އަންނަން ތިބި އެހެން މީހުންނަށް ވެސް ރާއްޖެ އަންނަން ޖާގަ ދޭނެ ކަމަށެވެ.

ލަންކާ އިން ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 120 އަށް އަރައިފަ އެވެ. ލަންކާގައި މިހާތަނަށް މި ބަލީގައި މަރުވީ އެންމެ މީހެކެވެ. އަދި ފަރުވާ އަށް ފަހު ރަނގަޅުވެެގެން ނުވަ މީހަކު ވަނީ ދޫކޮށްލައިފަ އެވެ.

ސަރުކާރުން މި ވަގުތު ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން ރާއްޖޭން ބޭރުން އަންނަ ކޮންމެ މީހެއް ވެސް 14 ދުވަހަށް ކަރަންޓީނު ފެސިލިޓީ އަށް ގެންދާނެ އެވެ. އެ ގޮތުން މިހާރު ހަމަޖެހިފައި އޮތީ ޓީސީގެ ކުޅުންތެރިންނާއި އޮފިޝަލުން ވެސް ރާއްޖެ އައިސް 14 ދުވަހު ކަރަންޓީނުގައި މަޑުކުރާގޮތަށެވެ. ދެ ގައުމެއްގައި ވެސް ކަރަންޓީނު މުއްދަތެއް ފުރިހަމަކުރަން ޖެހުމަކީ ޓީސީގެ ކުޅުންތެރިންނަށް ކުރިމަތިވާނެ އުނދަގޫ ކަމެއް ނަމަވެސް މި ވަގުތު އަމަލުކުރަމުންދާ އުސޫލަށް ބަލާއިރު އެ ޓީމަށް ޖެހޭނީ ރާއްޖޭގައި ވެސް ކަރަންޓީނު މުއްދަތެއް ފުރިހަމަކުރާށެވެ.

އޭއެފްސީ ކަޕްގެ މެޗުތަށް ވެސް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާއިރު، ރާއްޖޭގެ ފުޓްބޯޅަ ހަރަކާތްތައް ވެސް ވަނީ ހުއްޓާލައިފަ އެވެ. ޓީމުތަކުގެ ޓްރެއިނިން ވެސް މި ދުވަސްވަރު ކުރިއަށް ނުދެ އެވެ. އަދި އެފްއޭއެމް ވެސް މި ވަގުތު ހިންގަނީ މުވައްޒަފުން ގޭގައި ތިބެ މަސައްކަތްކުރާ ގޮތަށެވެ.

މުޅި ދުނިޔޭން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 723،540 އެވެ. އެ ބަލީގައި 33,998 މީހަކު މަރުވި އެވެ. އަދި 151,824 މީހަކު ވަނީ ރަނގަޅުވެފަ އެވެ.

1 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 60%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދިވެހިން ގެ ފަރާތުން

30 March 2020

ދިވެހި ގައުމީ ނަމަކައް ކިޔާ ބާސްކެޓް ޓީމް ވެސް ވަނީ ޗައިނަ އައް ކުޅެން ގޮއްސަ ޑިސެންބަރ މަހުގެ ތެރޭ އމީހުން ވެސް ކަރަންޓީން ކުރުމައް ގޮވާލަން ، އަދި ކަޯޗަކައްހުރި ސުޕުން ވެސް ވަނީ ލަންކާއައް ގޮއްސަ ،

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454