ކުޅިވަރު / ގައުމީ ބާސްކެޓްބޯޅަ ޓީމް

ބާސްކެޓްބޯޅަ ސްކޮޑް ނަގަން ޓްރައި އައުޓްތަކެއް ބާއްވަނީ

2017 ވަނަ އަހަރު މާލޭގައި ބޭއްވި ސާބާ ޗެމްޕިއަންޝިޕްގެ ތެރެއިން.-- ފޮޓޯ: މިހާރު ފައިލް ފޮޓޯ

16 ޑިސެމްބަރ 2020 - 09:48

5 comments
angry icon 100%

ގައުމީ އަންހެން އަދި ފިރިހެން ބާސްކެޓްބޯޅަ ޓީމުގެ ސްކޮޑު ނެގުމުގެ ގޮތުން ޓްރައި އައުޓްތަކެއް ބާއްވާގޮތަށް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން ނިންމައިފި އެވެ.

އެމްބީއޭ އިން ޓްރައި އައުޓްތަކެއް ބާއްވަން ނިންމީ އެއް ސަބަބަކީ ކޮވިޑް-19ގެ ސަަބަބުން ދިގު މުއްދަތަކަށް ގިނަ ކުޅުންތެރިންތަކެއް މެޗުތަކެއް ނުކުޅެ ތިބުމަށް ފަހު އަލުން ގައުމީ ސްކޮޑުތައް އެކުލަވާލާއިރު އާ ކުޅުންތެރިންނަށް ވެސް ފުރުސަތު ލިބޭ ގޮތަށް ރޭވުމުގެ ގޮތުންނެވެ.

ޓްރައި އައުޓްގައި ބަައިވެރިވާން ބޭނުންވާ ކުޅުންތެރިން ފުރިހަމަ ނަމާއި އުފަން ތާރީހާއި ގުޅޭނެ ފޯނު ނަމްބަރު އަދި އައިޑީ ކާޑު ނަމްބަރު އެނގޭނެ ގޮތަށް ޖެހުމަށް ފަހު އަންނަ ހޮނިހިރު ދުވަހު 13:30ގެ ކުރިން އެމްބީއޭ އަށް މެއިލްކުރުމަށް އެ އެސޯސިއޭޝަނުން ވަނީ އަންގައިފަ އެވެ. އެމްބީއޭގެ މެއިލް އަކީ info@mba.org.mv އެވެ.

ޓްރައި އައުޓްތައް ބާއްވަން ހަމަޖެހިފައިވާ ޝެޑިއުލް

20، 22، 24 ޑިސެމްބަރު (އަންހެން) - ޔޫތު ސެންޓަރު އިންޑޯ ކޯޓު

21، 23، 26 ޑިސެމްބަރު (ފިރިހެން) - ޔޫތު ސެންޓަރު އިންޑޯ ކޯޓު

ބާސްކެޓްބޯޅަ ގައުމީ ޓީމުތަކުން މިދިޔަ އަހަރު ވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި ސައުތު އޭޝިއަަން ގޭމްސްގައި ވާދަކޮށްފަ އެވެ. މިދިޔަ އަހަރު ރާއްޖޭން ބޭރުގައި ބާސްކެޓްބޯޅަ ޓީމުތަކުން ރަނގަޅު ޓްރެއިނިން ކޭމްޕްތަކެއް ފުރިހަމަކުރިއިރު، ގައުމީ އަންހެން ބާސްކެޓް ޓީމުން ވަނީ ސައުތު އޭޝިއަން ގޭމްސްގައި ލޯ މެޑަލް ހޯދައިފަ އެވެ.

މީގެ ކުރިން އެހެން ބައެއް ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން ވެސް ވަނީ ގައުމީ ސްކޮޑު އެކުލަވާލުމަށްޓަކައި އާ ހުނަރުވެރި ކުޅުންތެރިން ހޯދުމުގެ ގޮތުން ޓްރައި އައުޓްތަކެއް ބާއްވައިފަ އެވެ. އާންމު ގޮތެއްގައި ޓްރައި އައުޓްތައް ބާއްވާ އެންމެ ބޮޑު އެއް ސަބަބަކީ އެ ވަގުތަކު އޮންނަ ގައުމީ ޓީމުގެ ސްކޮޑަށް އިތުރަށް ވަރުގަދަ ކުރުމުގެ ބޭނުމުގަ އެވެ. ޓްރަައި އައުޓްތަކުގައި ބައިވެރިވެގެން ގައުމީ ޓީމުތަކުގެ ސްކޮޑުން ފުރުސަތު ހޯދި ކުޅުންތެރިން ގިނަ އެވެ.

5 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޡާތުގެ

21 December 2020

ސުޕުން ބޭނުން ވާ ބަޔަކު ލައްވާ ޕުރެކްޓިސް ކޮއްފަ ،ދެންމިއަންގަނީ ޓުރައި އައުޓައް ، ސުޕުން ބޭރުކުރާނީ ކިހިނެއް ހެދީމަބާ

The name is already taken The name is available. Register?

ބެލެނިވެރިން

17 December 2020

ޔޫތު މިނިސްޓަރ ވެސް ބާސްކެތޯ ހުންގާ ޖަޜީމާ ތަކައް ނުކުޅު ތެރި ވެފަ ، ބޭނުން އެއްޗެއް ހަދާ ލަނީ

The name is already taken The name is available. Register?

ބަޖެޓްކާސުޕުން

16 December 2020

މި ސުޕުން އަށް މަހަކު -/30000 ދީފަ ހޮލިޑޭގައި މުޅި އަހަރު ބަހައްޓާތީ އޭ.ޖީ.އެމް ގައި ހާޑުކޮށްލީމާ ކުރިކަމަކާ ވައްތަރީ. ދެން ރެފްރީއަކަށް 1997ގައި ގެނެއި މީހަކު ޓެކްނިކަލް ޑިރެކްޓަރަކަށް ލައިގެން ތިއަނބުރާ ގޭސްގަނޑު އިނގޭ އެންމެނަށް. އެހެންނަމަ ފުޓްބޯލް ސިލެކްޝަން ހަދަން އެފް އޭ އެމް އިން އަދިވެސް ބަހައްޓާނީ ގައުމީ ޓީމްގެ ސްމިތު ވަލަޕޯލަ ދޯ؟ ބަލަދު އެރިޔަސް ބޮޑުވަރު

The name is already taken The name is available. Register?

2293

16 December 2020

ތިދެން ނަމެއްގަ ކުރާ ކަމެއް ، ރީމާ ރިސްމާ ނައްފަ ސިއުރާ ނުފޫޒް ގަދަ ހައުމާ ޓީމައް ނަގާ ދެން ޒިލާ ޒަބީ ޒަކިއްޓެ އިއްލަ އޮލިންޕިކް ޓީމައް ނަގާ ، އެޑަމް އައް ސަލާމް

The name is already taken The name is available. Register?

4090

16 December 2020

ތީ ހަމަ ނަމެއްގަ ކުރަ ކަމެއް ، ވަކިބަޔަކު ތިބޭނީ މިހާރު ވެސް ހޮވާފަ ، ތިޔަ ކުޅޭ ގޭމަކީ ނޭނގޭ ކަމެއް ނޫން ، ލޮލޮ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454