ގައުމީ ބިލިއާޑް މުބާރާތުގެ ޗެމްޕިއަންކަން އެމްއައިބީ ސްޓާފް އެސޯސިއޭޝަން (މިބްސާ) އިން ހޯދައިފި އެވެ.
މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި ގައުމީ ބިލިއާޑް މުބާރާތުގެ ޗެމްޕިއަންކަން މިބްސާއިން ހޯދީ މިދިޔަ ހަފްތާ ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗުގައި ދިވެހި ސިފައިންގެ ކްލަބާ ވާދަކޮށް 2-3 އިން މެޗު ކާމިޔާބުކޮށްގެން ނެވެ.
ޖުމްލަ 10 ޓީމު ބައިވެރިވެގެން ކުރިއަށް ގެންދިޔަ މި މުބާރާތުގެ ލީގު ބުރުގައި މިބްސާއިން ވަނީ ކުޅުނު ނުވަ މެޗުގެ ތެރެއިން އަށް މެޗު ކާމިޔާބުކޮށްފަ އެވެ. ފުރަތަމަ ސެމީ ފައިނަލުގައި ނިއު ރޭޑިއަންޓް ބަލިކުރުމަށްފަހު، ދެ ވަނަ ސެމީން މޮޅުވީ މިދިޔަ އަހަރުގެ ޗެމްޕިއަން ކްލަބް ޓީނޭޖް އަތުންނެވެ.
މިއީ ކޮންމެ އަހަރަކުވެސް ރާއްޖޭގައި ބާއްވާ ބިލިއާޑުގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި މުބާރާތެވެ. ރާއްޖޭގައި މިވަގުތު ތިބި ބިލިއާޑުގެ އެންމެ މޮޅު ކުޅުންތެރިން ބައިވެރިވި މި މުބާރާތުގެ ބައެއް ޓީމުތަކަށް ރާއްޖޭން ބޭރުން ވެސް ކުޅުންތެރިން ގެނަ އެވެ.