22 މެއި

May 22, 2020 23
300 އަށް ވުރެ ގިނަ ބަންގްލަދޭޝް މީހުން ފޮނުވާލައިފި

ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުން ދިޔަ ބަންގްލަދޭޝްގެ 352 މީހަކު އަނބުރާ އެ ގައުމަށް މިއަދު ފޮނުވާލައިފި އެވެ.

21 މެއި

May 21, 2020 24
ގައުމަށް ދާން ބޭނުން ބަންގްލަދޭޝްގެ މީހުން ހޯދަނީ

އައްޑޫ ސިޓީގައި ދިރިއުޅޭ ބަންގްލަދޭޝް މީހުންގެ ތެރެއިން ގައުމަށް ދާން ބޭނުންވާ މީހުން ރަޖިސްޓްރީކުރުމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ހުޅުވާލައިފި އެވެ.

17 މެއި

May 17, 2020 19
ބަންގްލަދޭޝްގެ 67 މީހަކު އަނެއްކާވެސް ފޮނުވާލައިފި

ގަވައިދާހިލާފަށް ރާއްޖޭގައި އުޅެމުން ދިޔަ ބަންގްލަދޭޝްގެ 67 މީހަކު މިއަދު އަނބުރާ އެ ގައުމަށް ފޮނުވާލައިފި އެވެ.

16 މެއި

May 16, 2020 24
ބަންގްލާދޭޝްގެ އިތުރު 353 މީހަކު ފޮނުވާލައިފި

ސައްހަ ލިޔެކިޔުން ނެތި ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީން ފޮނުވާލަން ކުރަމުން އަންނަ މަސައްކަތުގައި ބަންގްލާދޭޝްގެ 353 މީހަކު މިއަދު ފޮނުވާލައިފި އެވެ.

May 16, 2020 54
ބަންގްލަދޭޝް އިން 10 ޓަނުގެ ކާބޯތަކެތި ހަދިޔާކޮށްފި

ބަންގްލަދޭޝް އިން ރާއްޖެ އަށް ހިލޭ އެހީގެ ގޮތުގައި ދިން 10 ޓަނުގެ ކާބޯތަކެތި އެ ގައުމުގެ އަސްކަރީ މަތިންދާބޯޓެއްގައި މިއަދު ރާއްޖެ ގެނެސްފި އެވެ.

15 މެއި

May 15, 2020 21
ބަންގްލަދޭޝްގެ 500 އަށް ވުރެ ގިނަ މީހުން ފޮނުވާލަނީ

ރާއްޖޭގައި ތިބި ބަންގްލަދޭޝް މީހުން ގޮވައިގެން ދެ ފްލައިޓެއް މާދަމާ އެ ގައުމަށް ދާނެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ރޭ ބުނެފި އެވެ.

14 މެއި

May 14, 2020 21
ޕޮޒިޓިވްވި ބަންގްލަދޭޝްގެ މީހުންގެ އަދަދު 500 އަށް

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި ބަންގްލަދޭޝްގެ މީހުންގެ އަދަދު 500 އަށް ވުރެ މައްޗަށް އިއްޔެ އަރައިފި އެވެ.

13 މެއި

May 13, 2020 28
ފުރުވާލާ ބަންގްލަދޭޝް މީހުން ހުޅުމާލެއަށް ގެންގޮސްފި

ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހުންގެ ތެރެއިން އެނބުރި ގައުމަށް ފޮނުވާލަން ނިންމާފައިވާ މީހުން ހުޅުމާލޭ ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފަށައިފި އެވެ.

12 މެއި

May 12, 2020 7
ބަންގްލަދޭޝްގެ ކާނާގެ އެހީ ދެނީ ބިދޭސީންނަށް

ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި ދަތިކަމުގައި، ބަންގްލަދޭޝް އިން ރާއްޖެ އަށް ދިން 100 ޓަނުގެ އެހީގެ ތެރޭގައި ހިމެނޭ ކާބޯތަކެތި ދެމުން އަންނަނީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ކަމަށް، ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.

11 މެއި

May 11, 2020 10
ކޮވިޑް-19: އިތުރު 27 މީހަކު ޕޮޒިޓިވްވެއްޖެ

ރާއްޖެ އިން މިއަދު އިތުރު 27 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެ ބަލި ޖެހުނު ބަންގްލަދޭޝްގެ މީހުންގެ އަދަދު 478 އަށް އަރައިފި އެވެ.

07 މެއި

May 07, 2020 96
ބިދޭސީންނަށް އެކޮމަޑޭޝަން ދެނީ ކުލި ދައްކާ ގޮތަށް

ރާއްޖެ އިން އެންމެ ގިނައިން ކޮވިޑް-19 ޖެހިފައި ވަނީ ބަންގްލަދޭޝްގެ މީހުންނަށް ކަމަށް ވާތީ، ގަވައިދާ ޚިލާފަށް އުޅޭ ހުރިހާ އެންމެން ބޯޓަކަށް އަރުވާފައި ފޮނުވައިލުމަށް އެކި...

May 07, 2020 64
ބިދޭސީންނާ މެދު ކޮން ކަހަލަ ވިސްނުމެއް؟

މާލޭގައި ކޮވިޑް-19 ފެތުރުމާ އެކު އެންމެ ނުރައްކާ ބޮޑުވާނެ އެއް ބަޔަކީ، އޭރު ވެސް ފެންނަން އޮތް ގޮތުގައި ، ބިދޭސީ މަސައްކަތްތެރިންނެވެ. އިންސާނުން ދިރިއުޅެން އެކަށީގެން ނުވާ...

05 މެއި

May 05, 2020 22
ބިދޭސީގެ ފުރާނަ ސަލާމަތްކުރަން ލިބުނީ ކުޑައިރުކޮޅެއް

ހެމޮރެޖިކް ސްޓްރޯކެއްގެ ސަބަބުން އައިޖީއެމްއެޗްގައި މިއަދު މަރުވި ބަންގްލަދޭޝްގެ އުމުރުން 22 އަަހަރުގެ މީހާގެ ފުރާނަ ސަލާމަތްކުރަން މަސައްކަތް ކުރަން މާ ގިނަ ވަގުތެއް ނުލިބުނު ކަމަށްް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ. އޭނާ ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ.

May 05, 2020 38
މަނަދޫ ކޭސް: ޕޮޒިޓިވް، ނެގެޓިވް، ޕޮޒިޓިވް

ފިޓްޖެހިގެން އައިޖީއެމްޗަށް ގެންދިޔަ ބަންގްލަދޭޝްގެ މީހާ މީގެ އިރުކޮޅެއް ކުރިން މަރުވެއްޖެ އެވެ. އެ މީހާ ހޮސްޕިޓަލަށް ގެންގޮސް ޓެސްޓް ކުރިއިރު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ...

May 05, 2020 5
ކޮވިޑް-19: ފިޓްޖެހިގެން ގެންދިޔަ މީހަކު ޕޮޒިޓިވް

ފިޓްޖެހިގެން އައިޖީއެމްޗަށް ގެންދިޔަ ބަންގްލަދޭޝް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓަކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ބުނެފި އެވެ.

04 މެއި

May 04, 2020 45
ބަންގްލަދޭޝްގެ 1،500 މީހުން ފޮނުވާލަނީ

ރާއްޖޭގައި މަސައްކަތް ކުރާ ބަންގަލަދޭޝްގެ 1،500 މީހަކު އަނބުރާ ފޮނުވައިލުމުގެ މަސައްކަތް މި ހަފުތާގެ ތެރޭގައި ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

27 އެޕްރީލް

April 27, 2020 17
ތުލުސްދޫން ބަންގްލަދޭޝް ދެ މީހަކު ޕޮޒިޓިވްވެއްޖެ

ކ. ތުލުސްދޫގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރަން އުޅޭ ބަންގްލަދޭޝްގެ ދެ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

22 އެޕްރީލް

April 22, 2020 17
ހަސީނާއަށް ގުޅުއްވައި، ރައީސް ޝުކުރު އަދާ ކުރައްވައިފި

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ އަށް ގުޅުއްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ޝުކުރު އަދާ ކުރައްވައިފި އެވެ.

April 22, 2020 26
ދިވެހިންނާއި ބިދޭސީން ތަފާތެއް ނުކުރާނަން: ޝާހިދު

ކޮވިޑް-19 އިން ރައްކާތެރިވާން އަޅާ ފިޔަވަޅުތަކުގައި ދިވެހިންނާއި ބިދޭސީންނާ ތަފާތު ކުރުމެއް ސަރުކާރުން ނުގެންގުޅޭނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ...

21 އެޕްރީލް

April 21, 2020 9
ބަންގްލަދޭޝްއަށް ދާން ތައްޔާރުވި ތިން މީހަކު ޕޮޒިޓިވް

މާލެ އިން ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވި 16 މީހުންގެ ތެރޭގައި، އެނބުރި ގައުމަށް ދާން ތައްޔާރުވި ބަންގްލަދޭޝްގެ ތިން މީހަކު ހިމެނޭ ކަމަށް ސަރުކާރުން ބުނެފި އެވެ.

April 21, 2020 46
ބަންގްލަދޭޝް އިން މިފަހަރު ބޮޑެތި އެހީތަކެއް ރާއްޖެއަށް

ރާއްޖެ އަށް ކުރިމަތިވާ ބަލިމަޑުކަމާއި ކާރިސާތަކުގައި އަބަދުވެސް އެންމެ ފުރަތަމަ، އެންމެ އަވަހަށް އެހީ ދޭ ގައުމުތަކުގެ ތެރޭގައި މިހާތަނަށް ހިމެނެނީ އެންމެ ގާތް ގުޅުމެއް އޮންނަ...

20 އެޕްރީލް

April 20, 2020 23
ބަންގްލަދޭޝް އާއި ނޭޕާލުގައި ތިބި ދިވެހިން ގެނެސްފި

ބަންގްލަދޭޝް އާއި ނޭޕާލުގައި ތާށިވެފައި ތިބި ދިވެހިން، ބަންގްލަދޭޝްގެ އަސްކަރީ މަތިންދާ ބޯޓެއްގައި މިއަދު ރާއްޖެ ގެނެސްފި އެވެ.

19 އެޕްރީލް

April 19, 2020 17
ބަންގްލަދޭޝުން އަންނަ ފްލައިޓުން 70 މީހުން ފުރާނެ

ދިވެހިން ގޮވައިގެން އަންނަ ބަންގްލަދޭޝްގެ މަތިންދާބޯޓު ރާއްޖެ އިން ފުރާނީ ރާއްޖޭގައި ތިބި އެ ގައުމުގެ 70 މީހުން ގޮވައިގެން ކަމަށް ފޮރިން މިނިސްޓްރީން މިރޭ ބުނެފި އެވެ.

April 19, 2020 143
ބަންގާޅީންނޭ ބުނުމުން ޑރ. ނަޒްލާއަށް ކެތެއް ނުކުރެއްވުނު!

ރާއްޖޭގައި ދިރިއުޅޭ "ބަންގާޅީން"ގެ ސަބަބުން ބަލީގެ ނުރައްކާ ދިވެހިންނަށް ބޮޑު ކަމަށް ނޫސްވެރިޔަކު މިރޭ ސުވާލުކުރުމާ އެކު، ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ މެޑިކަލް އޮފިސަރު ޑރ....

April 19, 2020 27
ބިދޭސީމީހާ ގެންދިޔައިރު ވެސް އޮތީ މަރުވެފައި

މ. އޯޑިއޯން ކައިރި މަގުމައްޗަށް ވެއްޓިފައި އޮތް ބިދޭސީއެއް ފުލުހުން ސެނަހިޔާ ހޮސްޕިޓަލަށް މިރޭ ގެންގޮސްފި އެވެ.

18 އެޕްރީލް

April 18, 2020 11
ބަންގްލަދޭޝް އާއި ނޭޕާލުގައި ތިބި ދިވެހިން ގެންނަނީ

ކޮވިޑް-19 ފެތުރޭތީ ބަންގްލަދޭޝް އާއި ނޭޕާލުގެ ބޯޑަރުތައް ބަންދުކުރުމުން އެ ގައުމުތަކުގައި ތާށިވި ދިވެހިން، އަންނަ ހޯމަ ދުވަހު ރާއްޖެ ގެންނާނެ ކަމަށް ފޮރިން މިނިސްޓްރީން މިރޭ ބުނެފި އެވެ.

15 އެޕްރީލް

April 15, 2020 16
ބަންގްލަދޭޝްއިން ދޭ އެހީ ހިފައިގެން މަނަވަރު ފުރައިފި

ކޮވިޑް-19 އާ ގުޅިގެން ބަންގްލަދޭޝް އިން ރާއްޖެ އަށް ދޭ 100 ޓަނުގެ ހިލޭ އެހީ ހިފައިގެން އެ ގައުމުގެ މަނަވަރެއް މިއަދު ފުރައިފި އެވެ.

14 އެޕްރީލް

April 14, 2020 29
ބަންގްލަދޭޝްގައި ދިވެހިން ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި

ބަންގްލަދޭޝްގައި ކޮރޯނާވައިރަސް ބާރަށް ފެތުރެމުންދާއިރު، ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ދޭތެރޭ ޝައްކުވާ ކަމަށް ބުނެ، އެ މީހުން ވީހާ އަވަހަކަށް ރާއްޖެ ގެނެސްދޭން އެދެމުން އެބަ ދެ އެވެ.