10 އެޕްރީލް

April 10, 2018 35
ޖާބިރަށް އިނގިރޭސި ވިލާތުން ސިޔާސީ ހިމާޔަތް ދީފި

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރަށް އިނގިރޭސި ވިލާތުން ސިޔާސީ ހިމާޔަތް ދީފި އެވެ.

27 ފެބުރުއަރީ

February 27, 2018 19
މޫސާ އަންވަރަށް އިނގިރޭސި ވިލާތުން ހިމާޔަތް ދީފި

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އެކުވެރިއެއް ކަމަށްވާ މޫސާ އަންވަރަށް އިނގިރޭސި ވިލާތުން ހިމާޔަތްދީ، ސިޔާސީ ރެފިއުޖީއެއްގެ ގޮތުގައި ބަލައިގެންފި އެވެ.

08 ފެބުރުއަރީ

February 08, 2018 28
އީޔޫ ވަފުދު ފުރީ ބައްދަލުކުރަން ހަމަޖެއްސި ފަހުން

ރާއްޖޭގެ ސިޔާސީ މަސްރަހު ނުތަނަވަސް ވެފައިވާއިރު، ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުވުމަށް އައި ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކުގެ ސަފީރުންގެ...

February 08, 2018 27
އީޔޫގެ ވަފުދާ ބައްދަލުކުރަން ސަރުކާރުން ބޭނުމެއް ނުވި

ރާއްޖޭގެ މިހާރުގެ ސިޔާސީ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރުމަށް ފަހު، ރާއްޖޭގެ ހާލަތު ދެނެގަތުމަށް އައި ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކުގެ ސަފީރުން ހިމެނޭ އިސް ވަފުދާ...

02 ފެބުރުއަރީ

February 02, 2018 8
ޝަރުތެއްނެތި އަމުރު ތަންފީޒުކުރާނެ ކަމަށް އުއްމީދުކުރަން

އެކިއެކި ކުށްތަކުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ސިޔާސީ އިދިކޮޅު ބޭފުޅުން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ރޭ ކުރި އަމުރު އެއްވެސް ޝަރުތެއް ނެތި ވީ އެންމެ އަވަހަކަށް ދިވެހި ސަރުކާރުން ތަންފީޒު ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އިނގިރޭސި ވިލާތުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް މިއަދު...

25 ޖެނުއަރީ

January 25, 2018 26
"ބޭނުން މީހަކު އިހްތިޔާރު ކުރުމުގެ ފުރުސަތު ދޭންޖެހޭ"

ޑިމޮކްރެސީގެ އުސޫލަކީ ބޭނުން މީހަކު އިޚުތިޔާރު ކުރުމުގެ މިނިވަންކަން އޮތުން ކަމަށާއި ދިވެހިން ބޭނުންވާ ފަދަ ލީޑަރަކު ކަނޑައެޅުމުގެ މިނިވަންކަން އޮންނަން ޖެހޭނެ ކަމަށް އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ޖޭމްސް ޑޯރިސް މިއަދު ވިދާޅުވެއްޖެ އެވެ.

22 ނޮވެމްބަރ

November 22, 2017 30
މަޝްވަރާ އަށް ކުރީގެ ތިން މިނިސްޓަރަކު ލަންޑަނަށް

އަންނަ އަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާ މަޝްވަރާކުރުމަށް، މި ސަރުކާރުގެ ކުރީގެ ތިން މިނިސްޓަރަކު މިއަދު ލަންޑަނަށް ފުރާވަޑައިގެންފި އެވެ.

14 ނޮވެމްބަރ

November 14, 2017 62
ކާނަލް ނަޝީދު ލަންޑަނުން ގެއެއް ބައްލަވައިގެންފި

ރާއްޖެ އިން ތައިލެންޑަށް ކަނޑައެޅި ސަފީރު މުހައްމަދު ނަޝީދު (ކާނަލް ނަޝީދު) އިނގިރޭސި ވިލާތުގެ ލަންޑަނުން 57 މިލިއަން ރުފިޔާގެ (2.8 މިލިއަން ޕައުންޑް) ގެއެއް ބައްލަވައިގެންފި އެވެ.

01 ނޮވެމްބަރ

November 01, 2017 50
ރައީސް ޔާމީންގެ ފާޑުވިދާޅުވުން އިނގިރޭސި ވިލާތަށް

އިނގިިރޭސި ވިލާތަކީ އެހެން ގައުމުތަކުން ކަންކަން ކުރާ ގޮތް ބަލައިގެން ދަސްކުރާ ބައެއް ކަމަށާއި ރާއްޖެއިން ނަގައިދިން ފިލާވަޅުތައް ވެސް އެ ގައުމުން މިހާރު ބޭނުން ކުރަމުންދާ ކަމަށް ވިދާޅުވެ، އިނގިރޭސިންނަށް ރައީސް އަބްދުﷲ ޔާމީން މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.

08 އޮކްޓޯބަރ

October 08, 2017 21
ދިވެހިން ޔޫކޭއަށް އެތެރެވެވޭނެ ފަސޭހަ ގޮތެއް ހަދައިފި

އިނގިރޭސިވިލާތުގެ އެއާޕޯޓުތަކާއި ޔޫރަޕްގެ ބައެއް ބަނދަރުތަކުގައި ގާއިމުކޮށްފައިވާ "ރެޖިސްޓާޑް ޓްރެވަލް ސާވިސް"ގެ ޚިދުމަތް ދިވެހިންނަށް ލިބޭ ގޮތަށް އެ ގައުމުގެ ސަރުކާރުން ހަމަޖައްސައިފި އެވެ.

18 ސެޕްޓެމްބަރ

September 18, 2017 131
ނަޝީދަށް މުންދު: ހިމާޔަތް އޮތްކަން ލިޔުމުން ދައްކަވާ

ތިރީގައި މިވަނީ "މިހާރު"ގެ އަހުމަދު ހަމްދޫނަށް މުންދު ދެއްވި އިންޓަވިއުގެ މުހިންމު ބައިތަކެވެ.

07 އޯގަސްޓް

August 07, 2017 2
ޔޫކޭ ވިސާ އެޕްލިކޭޝަން ރާއްޖެއިން ބަލައިގަންނަން ފަށަނީ

އިިނގިރޭސި ވިލާތަށް ދިވެހިން ދިއުމުގެ ވިސާ އެޕްލިކޭޝަން ވަގުތީ ގޮތުން ރާއްޖޭގެ ފޮރިން މިނިސްޓްރީން ބަލައިގަތުމަށް ނިންމައިފި އެވެ.

26 ޖުލައި

July 26, 2017 7
އިނގިރޭސި ވިލާތުން އިދިކޮޅު ފަރާތްތަކާ ބައްދަލުކޮށްފި

އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ ނައިބު ޓޮމް ބާން، ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ އިސް ބައެއް ވެރިންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.

18 ޖުލައި

July 18, 2017 10
ފާރިސް ހައްޔަރުކުރުމުން އިނގިރޭސި ވިލާތް ކަންބޮޑުވެއްޖެ

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ދަރިކަލުން އަދި މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ހައްޔަރުކުރުމުން އިނގިރޭސި ވިލާތުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

30 ޖޫން

June 30, 2017 53
ރައީސް ނަޝީދު، މަލިކު ލަވައިގައި ތާށިވެފައި!

ރާއްޖޭގެ ސިޔާސީ މަސްރަހުގެ އޮއިވަރު ބަދަލުވަމުންދާ ގޮތާ މެދު އެންމެ ފުންކޮށް ވިސްނަވާނެ އެއް ބޭފުޅަކީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ވެރިކަންކުރާ ޕީޕީއެމްގެ ތެރޭގައި ހިނގާ ބައިބައިވުންތަކާއި އެމަނިކުފާނުގެ އެމްޑީޕީ އާއި ޕީޕީއެމްގެ އިސް ބައެއް ބޭފުޅުންނާ ދެމެދު މިހާރު އުފެދިފައިވާ ގުޅުމާ މެދު އެންމެ...

22 ޖޫން

June 22, 2017 56
ޖާބިރު އެންމެ ފަހުން ލަންޑަނަށް އެތެރެވެއްޖެ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެޑްވައިޒަރު އަދި ޔޮޓް ޓުއާޒްގެ ޗެއާމަން އަބްދުﷲ ޖާބިރުގެ ޕާސްޕޯޓު ސަރުކާރުން ކެންސަލްކޮށްފައި ވަނިކޮށް އިނގިރޭސި ވިލާތަށް ވަނުމުގެ ހުއްދަ އެ ގައުމުން ދީފި އެވެ.

05 ޖޫން

June 05, 2017 8
ހެލިކޮޕްޓަރުގެ ހިދުމަތް ފެށުމަށް ޔޫކޭގެ ލަފާ ހޯދަނީ

ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް އަލުން ފެށުމަށް އިނގިރޭސި ވިލާތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ލަފާ ހޯދަން ނިންމާފައިވާ ކަމަށް ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން މިއަދު ބުނެފި އެވެ.

07 އެޕްރީލް

April 07, 2017 16
ގާސިމް ހައްޔަރުކުރުމަކީ ލިބުނު ދެރައެއް: ޑޯރިސް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކުރުމަކީ ރާއްޖޭގެ ޑިމޮކްރަސީއަށް ލިބުނު އިތުރު ދެރައެއް ކަމަށް ވިދާޅުވެ، ރާއްޖެ އާއި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

06 އެޕްރީލް

April 06, 2017 13
ޑިމޮކްރަސީ ފައްކާވާ މަންޒަރު ދެކެން ބޭނުން: ޑޯރިސް

އެކުވެރިއެއްގެ ހައިސިއްޔަތުން ރާއްޖޭގައި ޑިމޮކްރަސީ ފައްކާވާ މަންޒަރު ދެކެވަޑައިގަންނަވަން ބޭނުންވާ ކަން، ފިޝަރީޒް މިނިސްޓަރު އަދި ސިޔާސީ ޕާޓީތަކުގެ މަޝްވަރާ އަށް ސަރުކާރުން ކަނޑައަޅާފައިވާ އިސް މަންދޫބު ޑރ. މުހައްމަދު ޝައިނީއާ އެކު ބޭއްވެވި ބައްދަލުވުމުގައި ހަނދާން ކޮށްދެއްވާފައިވާ ކަމަށް އިނގިރޭސި ސަފީރު ޖޭމްސް ޑޯރިސް ރޭ...

29 މާޗް

March 29, 2017 26
މަޖިލީހުގައި ވޯޓު ނެގީ އުސޫލުތަކާ ޚިލާފަށް: ޔޫކޭ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހަށް އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގައި ވޯޓު ނެގީ އުސޫލުތަކާ ޚިލާފަށް ކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށް އިނގިރޭސި ވިލާތުން މިއަދު ބުނެފި އެވެ.

09 ފެބުރުއަރީ

February 09, 2017 35
ރާއްޖޭގެ ކަންކަމަށް އިނގިރޭސިވިލާތުން ހައްލެއް ނުލިބޭނެ

ރާއްޖެ އަށް ދިމާވާ މައްސަލަތަކަށް އިނގިރޭސި ވިލާތުން ހައްލެއް ނުލިބޭނެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.