ރިހާކުރާއި ތެލުލިފަތް އޮންނާނީ ދިވެހިން ރާއްޖެއިން ބޭރަށް ދާއިރު ގެންދާ ތަކެތީގެ ލިސްޓުގެ އެންމެ ކުރީގަ އެވެ. މި ފޮށީގައި މި ހުރީ ވެސް އެ ލިސްޓުގައި ހިމެނޭ އެއްޗިއްސެވެ. "ހިނި އަންނަނީ" ނަމުގައި ޔޫޓިއުބްގައި ހަދާފައިވާ ޗެނަލަކަށް މި މަހުގެ 14 ވަނަ ދުވަހު އަޕްލޯޑް ކޮށްފައިވާ މި ވީޑިއޯގައި ދައްކަނީ ދިވެހި ދަރިވަރަކު ރާއްޖެއިން ބޭރަށް ދާއިރު ގެންދާނެ ކަމަށް ބުނާ އެއްޗިއްސެވެ.

ވަޅޯމަހާއި ރިހާކުރާއި ގުޅަ އާއި ފެން ފައިވާނާއި ގިތެޔޮ މިރުހާއި ޕެނަޑޯލާއި ކޯރާޑި ތެލާއި އައްޑޫ ބޮނޑި އާއި ކާއްޓާއި ސުޕާރީ އާއި ފޯއް ޕެކެޓާއި މަސް ދަޅު ވެސް ހުރެ އެވެ.

ހުނިގޮނޑިއެއް ވެސް ފޮށިން ނަގަ އެވެ. ވީޑިއޯ އަށް ކޮށްފައިވާ ކޮމެންޓެއްގައި އެކަމާ ސުވާލު އުފައްދާފައިވެ އެވެ. ޗެނަލް އިން ޖަވާބު ދީފައި ވަނީ އެއީ ވީޑިއޯ މަޖާކޮށްލަން އިތުރުކޮށްލި އެއްޗެއް ކަމަށެވެ.

އެހާ ސީރިއަސްކޮށް ނުނަގާށެވެ. ފޮށީގައި އެއްޗެއް މަދުހެއްޔެވެ؟