ހޭންޑްސް ޓުގެދާގެ ނަމުގައި، މަސްތުވާތަކެތީގެ ފަރުވާ ބޭނުންވާ މީހުންނަށް ވަކާލާތުކުރާނެ ޖަމިއްޔާއެއް އުފަން ޖެހުނީ ވެސް މަޝްވަރާގެ ރީތި އުސޫލުން ކަންކަން ހައްލުނުވުމުންނެވެ.

އެ ޖަމިއްޔާގެ ކޯ-ފައުންޑަރު މުހައްމަދު ނަވީޒު (އައްކު) ބުނީ ފަރުވާ ނުލިބި ލަސްވާތީ އެ ޖަމިއްޔާގެ އެކި މީހުންނަށް ކޮންމެ ދުވަހަކު ވެސް މަދުވެގެން ދެ ބެލެނިވެރިން ގުޅާ ކަމަށެވެ. އަދި އެގޮތަށް ގުޅުމުން ފަރުވާގެ ކަންކަމުގައި ހޭންޑްސް ޓުގެދާއިން އާއިލާއަށް އެހީތެރިވެދެ އެވެ.

އައްކު ބުނި ގޮތުގައި ޖަމިއްޔާއަށް މި ވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެތައް ބަޔަކަށް ފަރުވާ ހޯދުމަށް ވަނީ އެހީތެރިކަން ހޯދައިދީފަ އެވެ. ނަމަވެސް، އެކަން ކުރުމުގައި ވެސް އެންޑީއޭގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބޭ ކަމަށް އޭނާ ބުނެ އެވެ.

މި ވީޑިއޯގައި އައްކު ކިޔައިދީފައިވަނީ ފަރުވާ ހޯދުމުގައި އެންޑީއޭގެ ތެރޭގައި ހުރި ގޮންޖެހުންތަކާއި ދަތިތަކެވެ.