ދުނިޔޭގެ މަޝްހޫރު ދެ ބްރޭންޑް ކަމަށްވާ "އެލްމާސް" އާއި "ޝާޕީ"ގެ އުފެއްދުންތައް ރާއްޖޭގެ ބާޒާރަށް ނެރެފި އެވެ.
ޕްރޮކިއުއާ ޕްލަސް އިން ވަނީ އެލްމާސް ބްރޭންޑުގެ ތަފާތު އެކި ބާވަތްތަކުގެ ތެރަހާއި ސްލައިމް އާއި ޝާޕީ ބްރޭންޑްގެ މާކަރާއި ފިބާ ރާއްޖޭގެ ބާޒާރަށް ނެރެފަ އެވެ.
އެލްމާސްގެ އުފެއްދުންތަކަކީ ކްރާފްޓް މަސައްކަތްތަކުގެ އިތުރުން ސްކޫލު ކުދިންނަށް ބޭނުން ކުރުމަށް އުފައްދާފައިވާ ކޮލިޓީ ރަނގަޅު އުފެއްދުމެއް ކަމަށެވެ. އަދި އެ ބްރޭންޑްގެ ސްލައިމަކީ ވެސް ބޭނުންކޮށްލަން ފަސޭހަ، ވިހަ މާއްދާތައް ވެސް ނުހިމެނޭ އުފެއްދުމެއް ކަމަށް އެތަނުން ބުންޏެވެ.
އެލްމާސްގެ ލިކުއިޑް ގްލޫގައި ވެސް ރައްކާތެރި، ފަސޭހައިން ސާފުކޮށްލެވޭ އަދި ވިހަ މާއްދާތަކެއް ނުހިމެނެ އެވެ. އެހެންކަމުން މިއީ ކުޑަކުދިން ބޭނުން ކުރައްކާތެރި އުފެއްދުމެކެވެ.
އެލްމާސްގެ އެހެން އުފެއްދުންތަކުގެ ތެރޭގައި މެޖިކަލް ލިކުއިޑް ގްލޫ އާއި ގްލިޓާ ގްލޫ އާއި ޕްރީމޭޑް ސްލައިމް ކިޓް ހިމެނެ އެވެ. އަދި ސްލައިމް ސްޓާޓާ ކިޓް އާއި މެޓަލިކް ސްލިމް ކިޓްގެ އިތުރުން ކްލޯ އިން ދަ ޑާކް ސްލައިމް ކިޓް އާއި ކަލާ ޗޭންޖިން ސްލައިމް ކިޓް ވެސް ހިމެނެ އެވެ.
ޕްރޮކިއުއާ އިން ވަނީ އެލްމާސް ބްރޭންޑްގެ ވުޑް ގްލޫ އާއި މަލްޓި ޕާޕަސް ކްލޫ ވެސް ތައާރަފްކޮށްފަ އެވެ.
ވުޑް ގްލޫ ބޭނުންކޮށްގެން ފަރުނީޗަރާއި ގޭތެރޭގެ އެހެން ބައެއް ތަކެތި ހަލާކުވުމުން ތަތްކޮށްލެވޭނެ އެވެ. މި ތެރަހުގައި ވެސް ވިހަ މާއްދާތައް ނުހިމެނޭނެ އެވެ. ތެރަހުން ވިއްސަކަށް މިނެޓް ތެރޭގައި ލަކުޑިން ހަދާފައި ހުންނަ ތަކެތި ތަތްކޮށްލެވޭނެ އެވެ. އަދި ސެރެމިކް އާއި ލެދާގެ އިތުރުން ފޮތީގައި ވެސް ބޭނުން ކޮށްލެވޭނެ އެވެ.
އެ ފިހާރައިން ރާއްޖެ އަށް ތައާރަފް ކުރި ޝާޕީ ބްރޭންޑްގެ ގިނަ އުފެއްދުންތަކެއް ވެސް ވަނީ ބާޒާރަށް ނެރެފަ އެވެ. މީގެ ތެރޭގައި މާކަރާއި ގަލަމާއި ކުލަ ޖެއްސުމަށް ބޭނުން ކުރާ ފިބާ ވެސް ހިމެނެ އެވެ. މިއީ ވެސް ސްކޫލު ކުދިންނާއި އާޓިސްޓުންނަށް ވެސް ސްކެޖު ކުރުމާއި ކުރެހުމަށް ބޭނުން ކުރެވޭނެ އުފެއްދުންތަކެކެވެ.