ޚަބަރު / ލޯކަލް ޓޫރިޒަމް

ހޯމް ސްޓޭ ފަށަން ދިއްގަރު "މޫރިތި"ގެ ތައްޔާރު

"ޓޫރިޒަމްގެ އާ ޕްރޮޑަކްޓް، ހޯމް ސްޓޭއިން މުހައްމަދުގެ ހުވަފެން މާދަމާ ހަގީގަތަކަށް ވާނެ އެވެ. އެއާއެކު ބޮޑު ޝަރަފެއް ވެސް ލިބުނީ އެވެ."

މ. ދިއްގަރުން،  އާސިމާ ނިޒާރު، މިހާރު

31 ޑިސެމްބަރ 2021 - 15:49

27 comments

މީގެ ހަތަރު އަހަރު ކުރިން މި ރަށުގެ "މޫރިތި"ގެ ޒަމާނީ ފެންވަރަށް ހެދިޔަސް ހުންނަނީ ހުސްކޮށެވެ. ދޭތެރެއަކުން އެކި ރަށްތަކުން މީހުން އައިސް މި ގޭގައި މަޑުކޮށްލަ އެވެ. ގޭގެ ވެރިފަރާތް، މުހައްމަދު އަހްމަދުގެ ހުވަފެނަކަށް ވީ ދިވެހިންނެކޭ އެއްގޮތަށް މި ރަށަށް އަންނަ ޓޫރިސްޓުންނަށް ވެސް އޭނާގެ ގެއިން މަރުހަބާ ކިއުމެވެ. ގޭގެ ފަޅުކަން ފިލައި އާމްދަނީއެއް ވެސް ލިބޭނެތީ އެވެ. އެކަމަކު އެކަން ކުރަން އޮތް ހުރަހަކަށް ވީ ގެސްޓް ހައުސް ސިޔާސަތަށް މި ގެ އޭރު ނުފެތުމެވެ.

ޓޫރިޒަމްގެ އާ ޕްރޮޑަކްޓް، ހޯމް ސްޓޭއިން މުހައްމަދުގެ ހުވަފެން މާދަމާ ހަގީގަތަކަށް ވާނެ އެވެ. އެއާއެކު ބޮޑު ޝަރަފެއް ވެސް ލިބުނީ އެވެ. ރާއްޖޭގައި މުޅިން އަލަށް "ހޯމް ސްޓޭ ޓޫރިޒަމް" ފަށާނީ އޭނާގެ މޫރިތި ގެއިންނެވެ.

މަސްވެރިކަމުން ލިބުނު ފައިސާ އެއްކޮށްގެން ހެދި އެ ގެއަށް އެންމެ ފުރަތަމަ އަންނަން ހަމަޖައްސާފައިވަނީ ބޭރުގެ ދެމަފިރިއެކެވެ. އދ. އިން ރާއްޖެ ކަނޑައަޅާފައިވާ މަންދޫބު ކެތްރިން ހެސްވެލް ވެސް ހޯމް ސްޓޭގެ ފުރަތަމަ ޓޫރިސްޓުންގެ ގްރޫޕްގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ރާއްޖޭގައި ހޯމް ސްޓޭ ފަށާ ފުރަތަމަ ގޭ، ދިއްގަރު މޫރިތި ގޭގެ ކޮޓަރިއެއް: މި ގޭގައި ތިން ކޮޓަރި އެބަހުރި.-- ފޮޓޯ: އަމާނީ އަބްދުﷲ/ މިހާރު

"މިއީ ވަރަށް ދެކެން ބޭނުންވެފައި ހުރި ދުވަހެއް. ވަކި ހޯމް ސްޓޭ ވެގެން ނޫން، ޓޫރިޒަމް މި ތަނަށް ތައާރަފްވެގެންދާތީވެ ވަރަށް އުފާވޭ. މާދަމާ ހޯމް ސްޓޭ ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް ވެފައި މި ހުރީ. މިހާރު މި ދަނީ ގޭގައި ވައިފައި ލުމާއި ބޭރުތެރޭގައި ކުރަންޖެހޭ ކަންކަން ކުރަމުން،" މުހައްމަދު، 45، ބުންޏެވެ.

މި ގޭގައި ހުރިހާ ފަރުނީޗަރާ އެކު ތިން ކޮޓަރިއާ ހަތަރު ފާހަނާ އާއި ބަދިގެއަކާއި ސިޓިން ރޫމެއް އެބަހުއްޓެވެ. މުހައްމަދު އޭނާގެ ތިން ދަރިންނާ އެކު ދިރިއުޅެމުން އަންނަނީ އަންހެނުންގެ ގޭގަ އެވެ. އެހެންކަމުން އެއްފަހަރާ ތިން ކޮޓަރި މޫރިތިގެއިން ޓޫރިސްޓުންނަށް ދޫކޮށްލެވޭނެ އެވެ.

މުހައްމަދު ބުނީ ހޯމް ސްޓޭ ފަށާ ފުރަތަމަ ގެއެއްގެ ގޮތުގައި މި ގެ ރަޖިސްޓްރީ ކުރީ ވެސް މިކަން ކާމިޔާބުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތުމުން ކަމަށެވެ. އެކަމުގައި އިސް ދައުރެއް އަދާކުރާނީ، ރިސޯޓުގައި މަސައްކަތްކުރާ ދޮއްޓަށް ހުރި ފިރިހެން ދަރިފުޅެވެ.

ރާއްޖޭގައި ހޯމް ސްޓޭ ފަށާ ފުރަތަމަ ގޭ، ދިއްގަރު މޫރިތި ގޭގެ ގޯތިތެރެ.-- ފޮޓޯ: އަމާނީ އަބްދުﷲ/ މިހާރު

"ހޯމް ސްޓޭއަށް ފެތޭ ވަރަށް މިހާރު މި ގޭ މިހުރީ ތައްޔާރުކުރެވިފައި. ހޯމް ސްޓޭ ފެށިގެން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދެވޭނެ ކަމުގެ ޔަގީންކަން ބޮޑު،" އޭނާ ބުންޏެވެ.

ހޯމްސްޓޭ ގެސްޓްހައުސްތަކުގައި ހުންނަންޖެހޭ މިންގަނޑުތައް

- އެއް ކޮޓަރިން ފެށިގެން ފަސް ކޮޓަރިއާ ހަމައަށް ޓޫރިސްޓުން ބޭތިއްބުމަށް ވަކިވަކި ކޮޓަރި ހާއްސަކޮށްފައި ހުންނަން ޖެހޭ. [ކޮޓަރި އާއި ފާހާނާ ހިމެނޭ ގޮތަށް 120 އަކަފޫޓު ހުންނަން ޖެހޭ]

- ޓޫރިސްޓުންނަށް ހާއްސަކޮށްފައިވާ ކޮޓަރިއެއްގައި ނިދަން ދެ އެނދު ހުންނަން ޖެހޭ

- ގެސްޓްހައުސްގައި ހުންނަ ޓޫރިސްޓަކަށް އެތަނެއްގެ ވެރިއަކަށް ގުޅުމުގެ އިންތިޒާމު ހަމަޖެއްސުން

ގޮންޖެހުންތައް އެބަހުރި، އެކަމަކު ޔަގީންކަން ބޮޑު

ދިއްގަރު ކައުންސިލްގެ ރައީސްގެ އަހުމަދު ނިޝާން ވިދާޅުވީ މި ރަށުގައި ގެސްޓްހައުސް ހަދައި ޓޫރިޒަމް ފެށުމަށް ފަސް އަހަރު ކުރިން ވެސް ޒުވާނުންތަކެއް މަސައްކަތްކުރި ކަމަށެވެ. އެކަމަކު، ރަށުގެ ބިން ފުރިފައި އޮތުން ފަދަ ކަންތައްތަކުން އޭރު އެކަން ކާމިޔާބެއް ނުވި އެވެ.

ރާއްޖޭގައި ހޯމް ސްޓޭ ޓޫރިޒަމް ފަށާ ފުރަތަމަ ގޭ، ދިއްގަރު މޫރިތި ގޭގެ ވެރިފަރާތް، މުހައްމަދު ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: އަމާނީ އަބްދުﷲ މިހާރު/ މިހާރު

އާބާދީގައި 1،435 މީހުން ރަޖިސްޓްރީވެފައިވާ ދިއްގަރުގެ 70 ޕަސެންޓް ޒުވާނުން ވަޒީފާ އަދާކުރަނީ ރިސޯޓުގަ އެވެ.

"އުއްމީދުކުރަނީ މި ފެށުން، ރަނގަޅު ފެށުމެއްގެ ގޮތުގައި ދާނެ ކަމަށް އަދި ނަމޫނާއެއްގެ ގޮތުގައި ދިއްގަރުން ފެށިގެންދާނެ ކަމަށް. މިކަމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް،"

ނިޝާން ވިދާޅުވީ ޓޫރިޒަމް ފެށުމަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބިން ކުޑަވުން ކަމަށެވެ.

"ހޯމް ސްޓޭ ތައާރަފްވެގެން އައީމަ މި ފަދަ ރަށްރަށުގައި ވެސް ކޮޓަރިތައް ޓޫރިޒަމަށް ހާއްސަކުރެވޭ. އެ ފުރުސަތު ލިބިގެން ދިއުމާއެކު މި ދެންނެވި ފަރާތްތަކުން ވެސް ވަރަށް އުފަލުން ތިއްބެވީ. ކުރިއަށް އޮތް ތަނުގައި ގިނަ ފަރާތްތަކެއް މި ކަމުގައި ޝާމިލްވެ، މި ރަށަކީ ޓޫރިޒަމްގައި ކުރިއަރައި އަދި ރަށުގެ ރައްޔިތުންނަށް އާމްދަނީ އިތުރުވެގެންދާ ރަށެއްގެ ގޮތުގައި ވާން،" އޭނާ ވިދާޅުވި އެވެ.

ގޮންޖެހުންތައް ހުރި ނަމަވެސް މިކަން ދެމެހެއްޓެނިވި ގޮތެއްގައި ގެންދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ނިޝާން ވިދާޅުވި އެވެ.

ހޯމް ސްޓޭ ޓޫރިޒަމް ފެށުމަށް މޫރިތި ގޭ ތައްޔާރުވަނީ.-- ފޮޓޯ: އަމާނީ އަބްދުﷲ/ މިހާރު

"ވަރަށް ގިނަ ޒުވާނުން ބޭނުންވޭ ރަށުގައި، އާއިލާ ކައިރީގައި އެ ހިދުމަތް ދެވޭނެ ފުރުސަތު ފަހިވެގެން ދިއުން. މި ފުރުސަތާއެކީ އެ ބޭފުޅުންނަށް އެކަން ފަހިވެގެން ދިޔައީމަ އުއްމީދުކުރަން ފެށިގެން ދާނީ ވަރަށް ފުރިހަމައަށް އަދި ކުރިއަށް އޮތް ތަނުގައި ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރެވިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ގެސްޓްހައުސް ހިންގަން ޓޫރިޒަމް މިނިސްޓްރީން ހުއްދަ ދެނީ ހަތަރު ކޮޓަރިއަށްވުރެ ގިނަ ކޮޓަރިއާ އެކު ރެސްޓޯރެންޓެއް ހުންނަ ނަމަ އެވެ. ނަމަވެސް ހޯމް ސްޓޭ ހިންގަން ފަސް އަހަރަށް ހުއްދަދޭއިރު އެ ކަމަކަށް ނުބަލަ އެވެ. ޓޫރިސްޓުންގެ ކެއިން ބުއިމުގެ ކަންކަން ހަމަޖައްސަން ޖެހޭނީ އެ ރަށެއްގެ ކައުންސިލުންނެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރިން ބުނެފައިވަނީ ދިއްގަރު ކައުންސިލްގެ މި ދައުރު ނިމުމުގެ ކުރިން ރަށުން 200 އެނދު ނެރުމަށް ތައްޔާރުވެފައިވާ ކަމަށެވެ. މިކަމުގެ ފެށުމަށް މޫރިތިގެ މާދަމާ ޓޫރިސްޓުންނަށް ހުޅުވާލާނެ އެވެ.

27 ކޮމެންޓް, 31 ރިއެކްޝަންސް

icon happy icon happy 23%
icon sad icon sad 3%
icon angry icon angry 55%
icon wow icon wow 0%
icon inlove icon inlove 19%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވާނުވާ ބަލަމާ

01 January 2022

ދުނިޔެއަށްތޓަކާ އާހިރަތް ވިއްކާނުލާ

The name is already taken The name is available. Register?

އަބްޑޫޅް

02 January 2022

ބަޔަކު މީހުންނަށް ޑޮލަރުކޮޅެއް ލިބެން އުޅޭތީ ހަސަދަވެރި ވީ ދޯ؟

The name is already taken The name is available. Register?

ޢަލީ ސޯ

01 January 2022

އައްމާތް.. އަހަރެންގެ ނާފިޢު ވެސް ހޯމް ސްޓޭ އަށް ރެޑީ ކުރަނީ ދޯ

The name is already taken The name is available. Register?

ސަމްރަތު

01 January 2022

ތިބުނާބަޔަކު ދަނޑުވެތިކަމާ މަސްވެރިކަން ކޮއްގެންއުޅެބަލަ ރިސޯޓުތައް ހަދަންފެށީމަބަޔަކުތިހެންކިއާ އުޅުނު މިރާއްޖޭގެ ސަގާފަތާނުގުޅޭ ކުރުތާލާ ހަރުކަށި މީހުން ހިފާ ހަތްޔަރު ކުރަންވީ

The name is already taken The name is available. Register?

ތިމާވެށި

01 January 2022

ގެސްޓް ހައުސް ތަކަށް ހެދި ގަވާއިދު ތައް ނުހިފެހެއްޓުނެވެ. ދެން ހޯމް ސްޓޭ އެވެ. ރިސޯޓް ތަކުން ލިބޭ ފައިސާ އިން އެންމެނަށް އުޅޭ ވޭނެ އެވެ. އެކަމު އެފައިސާ ވަންނަ ތަނެއް ނޭނގެ އެވެ. ޑޮލަރެއް ނުލިބެ އެވެ.، 300 ރިސޯޓް އާ އެތައް ގެސްޓްހައުސް އެއް އަދި 1200 ފަޅު ރަށް އޮއްވަ ހޯމް ސްޓޭ ހަދަން ޖެހޭ ސަބަބެއް ނެތެވެ. މިނިވަން ކަމާ އެކު ދީންތަކަށް ގޮވާލަން ހުޅުވޭ ދޮރެކެވެ.

The name is already taken The name is available. Register?

ދުމައިން

01 January 2022

ތިހިރަ ވީޑިއޯއިން ތިފެންނަނީ ތި ފެންވަރު. ތިތަންތަނަށް ގެސްޓުންލައިގެން ރާއްޖެއިން އެތަށް އަހަރަކުން އުފެއްދި ބްރޭންޑް ފުނޑާލަނީ. ތުވާލި އަޅުވަން ކޮޓަރިތެރޭ އެސްލޯން ހޮޅިން އެއްޗެއް ހަދާފަ. މިތަނުގެ ފެންވަރަށް ބަލާފަ މިބުނަނީ ތިއިން ރޫމެއް 10 ޑޮލަރަށް ވިކުނަސް ނަސީބު. އިގިތިސާދަސްމިވާނީ މުސީބާތަކަށް

The name is already taken The name is available. Register?

ބަބޫ

01 January 2022

އާޚިރުގަ ނިމިގެންދާނީ ދޮންކުދިން ގިފިއްޔަށް ވަނީމަ ބޭބެމެނަށް ކެތް ނުވެގެން ގިފިލި ބަލައިގެން

The name is already taken The name is available. Register?

ސަމާހި

31 December 2021

މީވަރަށްދެރަކަމެއް އަޅުގަނޑުމެންގެ ނިދާކޮޓަރިއާ ސިޓިންގރޫމަށް ގެސްޓުން ވެއްދުން އަޅުގަޑުމެންގެ ދަރިންކޮޅު މިހަލާކުވީ.

The name is already taken The name is available. Register?

ދ‫ިއްގަރު ރިހާކުރު މަންސޫހުވުން

31 December 2021

ދ‫ިއްގަރު މީހުންގެ އާންމު މަސައްކަތް މިކަމުގެ ސަބަބުން ހުއްޓިގެން ނުވާނެ

The name is already taken The name is available. Register?

2021

31 December 2021

އަހުން ހިތަަށް އަރަނީ ހޯމް ސޮޓެ ކިޔާގެން ކުދިކުދި ބިންފުރިފަ އޮތް ރަށެއްގެ ކޮންގަޑެއްގަންނަން ބާއޭ މިއުޅެނީ.....ބޮއިހަލާކު

The name is already taken The name is available. Register?

ކޯއްޗެއް

01 January 2022

ބޮއި ހަލާކު؟

The name is already taken The name is available. Register?

ނަން.

31 December 2021

ހޯމް ސްޓޭގެ އެންމެ ބޮޑު އެއް މައްސަލައަކީ ކޮލިޓީ ނުހިފެހެއްޓޭނަމަ ނޫނީ ހިނގާ ބައެއް ނޭދެވޭ ކަންކަމާ މީހުންގެ ފިކުރުން ރާއްޖޭގެ މެދު ފަންތިއާ ޕްރީމިއަމް ޓުއަރިޒަމަށްވެސް ކުރާނެ އަސަރު. ޓުއަރިޒަމްގެ ބްރޭންޑް އިމޭޖް މިހާރު އޮތް އުސްމިނަށް ގެންދެވުނީ އެތައް އަހަރަކުން އެކަމަކު މިޒަމާނުގަ ވަރަށް ފަސޭހައިން މި ހަލާކުވެސް ކޮށްލެވިދާނެ. މީހުން ނެގެޓިވް ރިވިއުސް އެއްޗިހި ލިޔާއިރު އޭގެ އަސަރު އެހާވަރުން ބިލްޑް ކުރި ޕްރީމިއަމް ބްރޭންޑަށްވެސް ހަމަ ކުރާނެ.

The name is already taken The name is available. Register?

ހަޑިގިއްލާ

01 January 2022

ރާއްޖޭގައި ކުރަމުންއައި ވަންއައިލެންޑް ކޮންސެޕްޓަކީ ވަރަށް ލަގްޒަރީ ކޮންސެޕްޓެއް. އަގުވެސް ބޮޑު އެހާމެ ކޮލިޓީވެސް ހުންނަންޖެހޭ... ނަމަވެސް ހޯމްސްޓޭއަކީ ވަރަށް ބަޖެޓު ކޮންސެޕްޓެއް. ރިސޯޓަކުން ދޭހިދުމަތް ލިބޭނެކަމަކަށް އެތަނަނަށް އަންނަ ގެސްޓ މީހާވެސް އެކްސްޕެކްޓެއް ނުކުރާނެ. މީ ޕްރީމިއަމް ޓޫރިޒަމެއްް ނޫން. މިހާރުވެސް ރާއްޖޭގައި ހޯމްސްޓޭ މާކެޓު ވަރަށް ފުޅާ...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454