ބޫސްޓަ ޑޯޒު އާއްމުކޮށް ހުޅުވާލައިގެން ޖެހުން ލަސްވެފައި ވަނީ ސިރިންޖް ނުލިބިގެން. ހެލްތު މިނިސްޓްރީން ޔަގީންކަން ދޭ ގޮތުގައި ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ސިރިންޖް ލިބޭނެ. -- ފޮޓޯ: އޭއެފްޕީ
11 ޖެނުއަރީ 2022 - 19:45
ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖެހުމުގެ ކެމްޕެއިން ފެށުމަށް ބޭނުންވާ ސާމާނު ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ލިބުމާ އެކު މި މަހުގެ މެދު ތެރޭގައި އާއްމުކޮށް ހުޅުވާލައިގެން ބޫސްޓަ ޑޯޒު ޖަހަން ފެށޭނެ ކަމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު މިއަދު ވިދާޅުވެއްޖެ އެވެ.
ބޫސްޓަ ޑޯޒްގެ ގޮތުގައި، ކޮވެކްސް ފެސިލިޓީގެ ދަށުން އެމެރިކާއިން އިން ފައިޒާގެ 100،620 ޑޯޒް ރާއްޖެ އަށް ވަނީ ހަދިޔާކޮށްފަ އެވެ. އެކަމަކު ގިނަ ބަޔަކަށް ބޫސްޓަ ޑޯޒު ޖެހުން ލަސްވެފައި ވަނީ އެ ވެކްސިން ޖެހުމަށް ބޭނުންވާ ސިރިންޖް ނުލިބިގެންނެވެ.
އެޗްޕީއޭ އިން ކުރިން ޝެޑިއުލްކޮށްފައި އޮތީ ބޫސްޓަ ޑޯޒު ޖެހުމުގެ ކެމްޕޭން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ފެށުމަށެވެ.
އާއްމުކޮށް ހުޅުވާލައިގެން ބޫސްޓަ ޑޯޒު ނުޖެހިޔަސް ސިއްހީ ދާއިރާ އާއި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މީހުންގެ އިތުރުން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މީހުންނާއި އެއާޕޯޓްގެ ޕްރޮންޓްލައިން މުވައްޒަފުންނަށް ބޫސްޓާ ޑޯޒް މިހާރު ވެސް ދެމުން އެބަދެ އެވެ.
ޝާހު ވިދާޅުވި ގޮތުގައި ރާއްޖޭގެ މުޅި އާބާދީއަށް ޖެހުމަށް ބޭނުންވާ ވެކްސިން މިހާރު ވަނީ ހަމަޖެހިފަ އެވެ. އެއާއެކު ވެކްސިން ޖެހުމަށް ބޭނުންވާ އިތުރު ސާމާނު ވެސް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ލިބޭނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވި އެވެ.
"ބޫސްޓާ ޑޯޒް ޖެހުމުގެ ކެމްޕެއިން އަޅުގަނޑުމެން ފުދޭވަރަކަށް ބާރަށް މި ކުރިއަށް ގެންދަނީ. މިމަހު މެދެއްހާ ތަނުގައި އެ ޕްރޮގްރާމު ކުރިއަށް ގެންދާނަން،" ޝާހު ވިދާޅުވި އެވެ.
"އެންމެނަށް ބޭނުންވާ ވަރަށް ބޫސްޓާ ޑޯޒް ހަމަޖެހިފައި ވަނީ. އޭގެ އިތުރުން ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ ކުދިންނަށް ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުންދަނީ."
ކޮވިޑުގެ ހާލަތު ރަނގަޅުވެފައި އޮތުމަށް ފަހު ގައުމުތަކުގައި ބާރަށް ފެތުރޭ އޮމިކްރޯންއާ އެކު ރާއްޖޭގެ ހާލަތު ވެސް މިހާރު ދަނީ ގޯސްވަމުންނެވެ. އެހެންވެ ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޗްޕީއޭ އިން އަންނަނީ ވަރުގަދަ ކުރަމުންނެވެ.
އެކަމަކު ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކު ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްގެން ތިބުމުން ބަލީގައި ބޮޑުވަރުވާނެ މީހުން މަދުވާނެ ކަމަށް އެޗްޕީއޭ އިން ލަފާކުރެ އެވެ.
ރާއްޖޭގައި މިހާރު ބޭނުންކުރަމުން އަންނަ ފައިޒާ ވެކްސިންގެ މުއްދަތު ހަމަވާން އޮތް ތާރީހަކީ މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލެވެ. އެކަމަކުު ޑިސެމްބަރުން ފެށިގެން އިތުރު ތިން މަހަށް ވެކްސިން ބޭނުންކުރެވޭނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ އެޗްޕީއޭއަށް އަންގައިފަ އެވެ. މިފަހުން ރާއްޖެއަށް ލިބުނު ފައިޒާ ވެކްސިންގެ މުއްދަތު ހަމަވާން އޮތް ތާރީހު އަދި ސާފެއް ނުވެ އެވެ.
ރާއްޖެއިން މިހާތަނަށް 368،238 މީހަކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާއިރު މިއީ ރާއްޖޭގެ އާބާދީގެ 80 އެއްހާ ޕަސެންޓެވެ. ބޫސްޓާ ޑޯޒް ޖަހާފައި ވަނީ 27،762 މީހެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާރައެކެއް
12 January 2022
އިންޑިއާ މީހަކު ޖެހި ގޮތަށް 11 ވަރަކަށް ޑޯޒު ޖަހާލަން ބޭނުން. އެވެސް މަހެއްހާ ދުވަސް ތެރޭ. އެމީހާ ބުނަނީ އެހާ ބައިވަރު ޑޯޒު ޖަހައިގެން އެމީހާގެ އެހެން ބަލިތަކަށް ލުއި ލިބުނުކަމަށް.
ރަންނަމާރި_001
12 January 2022
ރިސޯޓް ބޯއީސް ބޫސްޓަރ ޑޯޒް ޖަހަނީ ބަލި ޖެހުނަސް ބޮޑުވަރު ނުވެ، ރިސޯޓް ބަންދުގައި ތިބެގެން ރިސޯޓް މަހުޖަނުންނަށް ގުލާނުކޮށް ދޭން ތޯ؟ ތިޔަ ބޫސްޓަރ ޑޯޒް ޖަހައިގެން ރިސޯޓް ބޯއީސްއަށް އޮތީ ދެން އިތުރު ކޮން އުފަލެއް ތޯ؟ އޮފް ދުވަހު އޮފް ނަގައިގެން ރިސޯޓްގައި އޮންނަން ޖެހޭ ކަމަށްވަނީ ނަމަ ތިޔަ ބޫސްޓަރ ޑޯޒް ޖެހުމުގެ މާނައެއް މިހާރު ރިސޯޓް ބޯއީސްއަކަށް ނެތް. ދެ ޑޯޒް ވެކްސިން ފުރިހަމަކޮށްގެންވެސް ރިސޯޓް ބަންދުގައި. މިކަމަށް އަވަސް ހައްލެއް ބޭނުންވޭ.
ޕޫސްޓަރ
12 January 2022
02 ޑޯޒް ފުރިހަމަ ކޮށްގެންވެސް ރިސޯޓް ބަންދުގައި. ބޫސްޓަރ ޑޯޒް ޖަހައިގެންވެސް ރިސޯޓް ބަންދުގައި. ދަތުރުކުރާކަމަށް ވަނީނަމަ ޕީސީއާރު ހަދަން ޖެހޭ. ދެން ތިޖެހުމުގެ މާނައެއް ނެތް
ދާލު ސީޕޯޓް
11 January 2022
ތި ބޫސްޓަރ ޑޯޒް ޖަހައިގެންވެސް ނިޔާމަ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް އަދި ކަނޑިންމަ މޯލްޑިވްސްގެ މުވައްޒަފުންނަކަށް ރިސޯޓަކުންނެއް ނުފޭބޭނެ. 02 ޑޯޒް ޖަހައިގެންވެސް މިއޮތް ހުރިހާ ދުވަހު ރިސޯޓް ބަންދުގައި. ކުރިން މިބުނި ދެ ރިސޯޓްގެ މުވައްޒްފުން ތިޔަ ބޫސްޓަ ޑޯޒް ޖެހުމުގެ މާކަ ބޮޑު ބޭނުމެއް ނޯނާނެ
ކަތްދައްތަ
11 January 2022
ތިޔަ ބޫސްޓަރަކު ވަރެއްނެތޭ. ރޭންޖު ކަޓާފަ އޮންނަނީ ލެބް ހިންގާ މީހުންގެ ފައިސާ ތާށިވާއިރަށް. މަތިމައްޗަށް ހައެއްކަ ބޫސްޓަރު ގަޔަށް އަމުނާލިޔަސް ޕީސީއާރު ދޭން އެބަޖެހޭ. ޗުއްޓީއަށް ޑިސްކައުންޓް ރޭޓުގަ އެހުރީ ޕީސީއާރު ވިއްކަ. ވަކިފަރުދަކަށް 4 ސަތޭކަ ގުރޫޕްޕެއް ގެނައިމަ އެކަތި ހިލޭ. ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތޭ.
މާސްޓަރ
11 January 2022
ކޯޓު އަމުރެއްގެ ދަށުން ނޫނީ މަށަށް ތިއެއް ދެން ނުޖެހޭނެ!
ޢިބޫ
11 January 2022
ކޮންމެ އެއްޗެއް ޖެހިޔަސް ޕީސީރ ހަދަންޖެހޭނެ،