ތިލަމާލެ ބްރިޖުގެ މަސައްކަތް ފެށުމަށް އިންޑަސްޓްރިއަލް ވިލެޖުން ހުސްކުރި ބިން.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
19 ޖެނުއަރީ 2022 - 14:34
މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅައިލަން ހަދާ "ތިލަމާލެ ބްރިޖު"ގެ އެންމެ މުހިންމު ސާވޭ އަށް ބޭނުންވާ ސާމާނު މިއަދު ރާއްޖެ ގެނެސްފި އެވެ.
ޕްލޭނިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ތިލަމާލެ ބްރިޖު ހަދަން ހަވާލުކޮށްފައިވާ އިންޑިއާގެ ކުންފުނި، އެފްކޮންސް އިންފްރާސްޓްރަކްޗާގެ ފަރާތުން ތައްޔާރުކުރާ ޑީޓެއިލް ޑިޒައިނަށް ބޭނުންވާ ޖިއޯޓެކްނިކަލް ސާވޭތައް ހެދުމަށް ބޭނުންވާ ބައެއް ސާމާނު މިހާރު ރާއްޖެ ގެނެސްފައިވާ ކަމަށެވެ.
ޖިއޯޓެކްނިކަލް ސާވޭ އަކީ ބިމުގެ ވަރުގަދަކަން ވަޒަން ކުރުމަށް ކުރާ ސާވޭއެކެވެ.
ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގައި މި ސާވޭގެ އަމަލީ މަސައްކަތް ފަށަން ވަނީ ނިންމައިފަ އެވެ.
މީގެ ކުރިން ވެސް ވަނީ މި ބްރިޖްގެ މަސައްކަތް ފެށުމުގެ ކުރިން ހަދަން ޖެހޭ ސާވޭއެއްގެ މަސައްކަތް ކޮށްފަ އެވެ. މިދިޔަ އަހަރު އޮކްޓޯބަރު 28 އިން ފެށިގެން ކުރި އެ ސާވޭ އަކީ ލޭންޑް އެންޑް މެރިން ސާވޭއެކެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތް ފެށުމަށް އިންޑަސްޓްރިއަލް ވިލެޖުން ހުސްކުރި ބިން.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
މި ސާވޭގެ މަސައްކަތް ފަށާއިރު، ބްރިޖުގެ މަސައްކަތަށް މާލެ އިންޑަސްޓްރިއަލް ވިލެޖުގެ، ބޮޑުތަކުރުފާނު މަގުން ކަޅުތުއްކަލާ ކޮށީގެ ކުރިމައްޗަށް ވާގޮތަށް އޮންނަ ބިން ހުސްކޮށްފަ އެވެ. މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި އެއީ ބުރިޖްގެ ކޮންސްޓްރަކްޓާގެ ސައިޓެއް ހަދަން ހުސްކުރި ބިމެކެވެ.
މި ސަރުކާރުން ކުރިއަށް ގެންދަން ރާވާފައިވާ އެންމެ ބިޔަ މަޝްރޫއު މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅުވައިލާ "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ނުވަތަ "ތިލަމާލެ" ބްރިޖު އެޅުމުގެ މަސައްކަތް މި އަހަރުގެ ކުރީކޮޅު ފަށާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނަކާއި އެ ގައުމުން ދޭ އެހީއެއް އެއްކޮށްލައިގެން ހަރަދުކުރާ ގޮތަށް ހިންގަން ނިންމާފައިވާ ތިލަމާލެ ބްރިޖުގެ މަސައްކަތް އިންޑިއާގެ އެފްކޮންސްއާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރު އޮގަސްޓް މަހު 26 ގަ އެވެ.
މި މަޝްރޫއުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދު ގުޅައިލުމަށް 6.7 ކިލޯމީޓަރުގެ ބްރިޖެއް އަޅާނެ އެވެ. އެއީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ މަޝްރޫއެކެވެ. އެއީ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.
ތިލަމާލެ ބްރިޖަކީ މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމާއި ގުޅިފަޅު ތަަރައްގީކުރުން ވެސް ހިމެނޭ ބޮޑު ޕްރޮޖެކްޓެއްގެ އެއް ބައެވެ. ފިޔަވަހިތަކަކަށް ބަހާލައިގެން މަސައްކަތް ކުރިއަށް ގެންދާ މި ބްރިޖުގެ ފުރަތަމަ ފިޔަވަހީގައި މާލެ އާއި ވިލިމާލެއާ ގުޅުވައިލާނެ އެވެ. މި ސަރުކާރުގެ އަމާޒަކީ އަންނަ އަހަރު ދައުރު ނިމުމުގެ ކުރިން ފުރަތަމަ ފިޔަވަހި ނިންމާލުމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަކަރުގޭ ކުލޫނީ
20 January 2022
އޭ މިތިބަ ސޮހޮލުންތަކާ. ތަނެއް ދޮރެއް، އުޑެއް ބުޑެއް ނޭނގުނަސް ތީ ބޮޑުވަރު. ޗައިނާގެ ސީސީސީސީ އާ ތިޔަ ބުރިޖުހެދުން ހަވާލުކުރިނަމަ މިހާރު ތިޔަ ޕްރޮޖެކްޓު ނިމި އަތްދޮވެލެވޭ ހިސާބަށް ގޮސްދާނެކަން ކަށަވަރު. ސަލާމަތް ނުވާވަރުގެ ބޮޑެތި ލޯނުނަގައި ދައުލަތް ވިކި ސަރުކާރު ބަނގުރޫޓޫވެގެންވެސް ތިޔަ އުޅޭނީ އެންމެ ފިޔަވަޅެއްވެސް ކުރިއަށްނޭޅިގެން.
ސަވަރުމާ
20 January 2022
ސާވޭ ސާވޭ ސާވޭ ފިނި ފިނި ދޮން ދޮން ސާވޭ.
ނަމަސްތޭ
19 January 2022
ހަމަކަށަވަރުންވެސް ތިބުރިޖުވާނެ ދުނިޔޭގެ ރިކޯރޑަކަށް އެންމެ ލަހުންނިމޭ ބުރިޖުގެ ގޮތުގަ
ކަހުރަބު ޖިންނި
19 January 2022
ތިޔާއީ އެއްވެސް ޝައްކެއްނެތްގޮތުގަ ޖިންނިން ބިނާކުރާ ލޮލަށްނުފެންނަ މެޓީރިއަލްއަކުން އަޅާ ވަރަށްވެސް އަޖަޢިބުވަނިވި ބުރި ޖެއް.
ސަލްވާ
19 January 2022
ބުރިޖު އަޅަން ބަންދުކުރާ ސަރަހައްދުގަ ޖަހާ ފެންސުންވެސް ޗައިނާ އަދި އިންޑިޔާގެ ފެންވަރު ހާމަވޭ
ްޖޯޖް
21 January 2022
ބިލްގޭޓް އަދި ސްޓީވް ޖޮބް ގެ ދިރިއުޅުން ފެންނަނީ ވަރައް އާދައިގެ ގޮތުގައި ޓީޝާޓް ގަނޑަކާ ޖިންސެއް އެކަނި އެކަމަކު ދިވެހި ފަގީރު މީހާ ލާއެއްޗިއްސާ ދުއްވާ ސައިކަލު ބަކާބަލަ ދިވެހިންނަކީ ނުފޯރާފޮތިން ފޫގަޅާ ބައެއް އަދި މީހާ ޖަޖުކޮއްލަންވެސް ޗަރައް ކުޅަދާނަ ޖާހިލު ބައެއް
ނަރީމާންސް
19 January 2022
ބަރަވެލި ސްޕީޑްގައި! 10 އަހަރުންވެސް އިންޑިއާ މީހުންނަކަށް ތި ނޭޅޭނެ!
ހާމިދު ޝާޙިދު
19 January 2022
ޖަޕާނު، ޗައިނާ، ސައުތު ކޮރެއާ މީހުން އުމްރާނީ ތަރައްގީގެ މަޝްރޫޢު ހިންގާ ގޮތަކަށް އިންޑިއާއަކަށް ނުވާނެ. އެމީހުން ފިނިހަކަ ދުވެލީގައި ތަރައްގީކުރާބައެއް. ސަރުކާރުތެރެއަށް ކިރިޔާ ލޮޅުމެއް އަރާއިރަށް މިކަހަލަ ކިތަންމެ ޕްރޮޖެކްޓެއް މަޑު ޖައްސާލާނެ. ޗައިނާއިން ބްރިޖް އަޅަން އުޅުނު އިރު ކަމެއް ބަޔަކު ކުރަަން އުޅޭކަން އެންމެންނަށްވެސް ފެނިގެން ދިޔަ. އެހެންވެ،
ޖޯޖް
21 January 2022
ކަލެއަށް ކޯޗެއް އިނގެނީ
އަސް
19 January 2022
ކޮމެންޓް ތަކުން ތިކަން ލަސްވެގެން އެންމެން އުޅޭ ކަމަށް ބަލެވޭ. ރަގަޅަށް ސާވޭ ނަހަދާ ތިފަދަ ކަމެއް ކުރަން ހެޔޮ ނުވާނެ.
ހާމިދު ޝާހިދު
19 January 2022
ހަގީގަތުގައި، ގުޅީފަޅުން ތަންކޮޅެއް ހިތްކައިގެން އެމްޑީޕީ ސަރުކާރުން އުޅޭތާ 14 ވަރަކަށް އަހަރު މިވަނީ. އެމީހުންގެ ފުރަތަމަ ސަރުކާރުގައި އެގެންދިޔަގޮތަށް އެތަން އާބާދުކޮށް، އެތަނުން ގޯތިދީ ބަޔަކަށް ދިރިއުޅެވޭ ގޮތް ހެދިފައި އޮތްނަމަ، ތިޔަ ބްރިޖަކީ ވަރަށް ބޭނުންތެރި ބްރިޖެއް. ޔާމީނު ބްރިޖެއް އެޅީމާ މަށްެވެސް ބްރިޖެއް އެޅިދާނޭ ބުނެ އަޅަން އުޅޭތަން ލަސްވެގެން ދާތަން މިފެންނަނީ. ތިއައީ ސަސްޓޭނަބަލް ބްރިޖަކަށް އަދިނުވާނެ. ތިއަޅަންވީ 2026 ގައި
މާކުންބޭ
19 January 2022
ނޭގޭ ބަޔަކަށް ނޭނނެއްކަމަކު ވަރަށް ބާރަށް ބްރިޖްގެ މަސައްކަތް ކުރަމުން އެބަގެންދޭ، ބްރިޖްގެ މަސައްކަތްކުރަމުން ދަނީ ދުނިޔޭގަވެސް ތިބި މިދާއިރާގެ އެންމެ ފުންނާބު އުސް އެކްސްޕާރޓުން.
ހުސެންް
19 January 2022
ކޮންމެ ކަމެއްގެ ކުރިޔަށް "މާލެ" މިލަފުޒު ލާކަށް ނުޖެހޭ. ތިތަންތަން ތަރައްގީކުރަން ޖެހޭނީ ވަކި ސިޓީތަކެއްގޮތަށް. މާލޭމީހުން ރާއްޖެތެރޭމީހުން ފެލާ ދިޔަނެރެފި. ހުޅުމާލެ އަކީ ވަކިސިޓީއެއް. މާލޭއަކީވެސް ވަކި ސިޓީއެއް އަދި ގުޅިފަޅަކީވެސް ވަކި ސިޓީއަކަށް ހަދަންވީ. މިނޫން ގޮތަކަށް މިގައުމުގެ ނަސްލީއިންތިޔާޒު ނައްތައެއްނުލެވޭނެ. މިގައުމުގެ ސިޔާސީމީހުން އެބަޖެހޭ މިކަމާއިދޭތެރޭ ވިސްނަން.
ގުދުގުދާބެއްޔާ
20 January 2022
ބޭފުޅާ ތިޔަ ބުނީ މާލޭ ސަރަހައްދު! އެސަރަހައްދުގައި އޮވޭ މާލޭސިޓީކައުންސިލް! މާލެއަކީ ތިޔަ ރަށްރަށުގެ މީހުންއެރިއިރު ގަހެއް ރުކެއް ނެތް ދިރުމެއް ނޫޅޭ ތަނެއްނޫން! މާލޭގައި މާލޭގެ އަސްލުވަޒަންވެރިން ވޭ! އަދި އިސްކަންދެވެންޖެހޭނީ ތިޔަބޭފުޅާގެ ރަށައް އިސްކަން ދެވޭއުސޫލުން! ބިންވެސް ލިބެންޖެހޭނީ މާލެއަށް އުފަން މާލޭމީހުންނަށް މިސަރަހައްދުން! ރާޢްޖޭގެ ހުރިހާތަނަކަށް އަހަރުމެންގެ ޓެކްސްފައިސާވެސް ޚަރަދުކުރޭ!
އިސްމާލި
20 January 2022
ބޮޑުތާ ޖެހުނީ. މާލެ މީހުނާ ޖެހި ނުގަންނަ ގޮތަށް މި ސަރަހައްދުގައި ނެތީ ދޯ އެއްްކަމެއްވެސް ކުރެވެން. ތިޔަ ގޮތަށް މާލޭ މީހުނާ ދެކޮޅަށް ގެންގުޅޭ ނަސްލީ އިމްތިޔާޒު ހުއްޓާލަން ވެއްޖެ އެއްނު. މާލެ ސަރަހައްދަށް އިސްކަން ދެނީ އެއީ ވެރިކަން ކުރާ ރަށް ވީމައި. ރާއްޖޭގެ ބޮޑު އާބާދީއެއް މިތާ އުޅޭތީ. އެތައް ބައިވަރު އިންށަސްޓްރިއަލް ކަންކަން މި ސަރަހައްްދުގައި ހިނގާތީ. މި ކަންކަން ފަސޭހަކޮށް ލުއި ކުރުމަށް. އަތޮޅުވެރިކަން ކުރާ ރަށަށް ވެސް އިސްކަންދޭ އުސޫލުން.
ހުސެންފުޅާ
20 January 2022
މާލެ ކޮބާތަ މާލެ މީހުންގެ ތަނަކަށްވެފަ؟ ރަގަޅަށް ބަލައިލީމަ މާލޭގަ ގިނަވާނީ ރަށްރަށުގެ މީހުން. މާލެ ތޮއްޖެހުން ބޮޑުވެގެން އުޅެނީ މާލެ މީހުން އެކަނި ދަރިން ހޯދައިގެންނެއް ނޫން. މާލެ ސަރަހައްދުން ފްލެޓާ ގޯތި ލިބިފަ ތިބި އެތައް ރަށެއްގެ މީހުންގެ އާއިލާތައް މާލޭގަ އާބާދުވެއްޖެ. މާލެ ސަރަހައްދަށް ކުރާ އެއްވެސް ކަމެއް އެއީ މާލެ މީހުންނަށް ކުރާ ކަމެކޭ މިހާރު ނުކިޔޭނެ. އެއީ ހުރިހާ ރަށެއްގެ މީހުން އެކުލެވޭ ގޮތަށް ކުރެވޭ ކަންކަމަށް މިހާރު ކިޔޭނީ.