ކުރިއަށް އޮތް ރޯދަމަހު މުދާ ވިއްކާ ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ އެންމެ ފަހު ގަޑިއަކީ ދަންވަރު 1:00 ކަމަށް އިކޮނޮމިކް މިނިސްޓްރީން މިރޭ ކަނޑައަޅައިފި އެވެ.
އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ އެ ގޮތަށް އަމަލު ކުރަން ފަށާނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އަދި ޝައްވާލު މަހުގެ ހަތް ދުވަސް ނިމެންދެން އެގޮތަށް އަމަލު ކުރުމަށް ވަނީ އަންގައިފަ އެވެ.
މި މުއްދަތުގައި ކެފޭ/ރެސްޓޯރެންޓު ހުޅުވާފައި ބެހެއްޓޭނީ ހަވީރު 5:30 އިން މެންދަމު 3:00 އަށެވެ.
މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި ގޮތަށް އަމަލު ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އަންގައިފަ އެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަ މަސް ފެށޭނީ އަންނަ މަހުގެ ދެވަނަ ދުވަހު އެވެ.