ޚަބަރު / އިންތިގާލީ އިންސާފުގެ އޮފީސް

ތިނަދޫން މީހުން ބޭލުވި ހާދިސާގެ ބަޔާން ނަގަން ފަށައިފި، ރޮމުން ކިޔައިދިނީ ނާސިރުގެ އަނިޔާވެރިކަން

ތިނަދުން މީހުން ބޭލުމަށް އެ ރަށަށް ސިފައިން އެރުމުން އަންހެނަކު އޭނާގެ ދަރިފުޅު ގޮވައިގެން ރަށުން ފައިބާ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް: މިއީ ތިނަދޫގައި އަލުން މީހުން އާބާދުވިތާ 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން އެ ރަށުގެ ޒުވާނުންތަކެއް ތައްޔާރު ކުރި ފޮޓޯތަކެއް-- ފޮޓޯ: ނާން

ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި 1962 ވަނަ އަހަރު، ގދ. ތިނަދޫން މީހުން ބޭލި ހާދިސާގެ އަޑުއެހުންތައް އިންތިގާލީ އިންސާފުގެ އޮފީހުން ފަށައި އޭގެ އަސަރުކުރި އާއިލާތަކުގެ ބަޔާން ނަގަން މިއަދު ފަށައިފި އެވެ.

އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން، ތިނަދޫގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ކެމްޕަހުގައި ފަށައިގެން ދެ ގަޑިއިރަށް ކުރިއަށްދިޔައިރު ތިނަދޫގެ ބައެއް ދުވަސްވީ މީހުން ވަނީ އޭރުގެ ރައީސްް އިބްރާހިމް ނާސިރު، ސަރުކާރުގެ ވަފުދާ އެކު ގދ. ތިނަދު އަށް ވަޑައިގެން އެ ރަށުން މީހުންނާ މެދު އަމަލުކުރި ލާއިންސާނީ އަނިޔާތައް ވަރަށް ތަފްސީލާ އެކު ކިޔައިދީފަ އެވެ.

އާންމުކޮށް ހުޅުވާލައިގެން ފުރަތަމަ ފަހަރަށް އެ އޮފީހުން ކުރިއަށް ގެންދާ އެ އަޑުއެހުމުގައި، ރަށުން މީހުން ބޭލި ހާދިސާގައި ސީދާ އަނިޔާ ލިބުނު މީހެއްގެ ހައިސިއްޔަތުން ބަޔާންދެމުން ތިނަދޫގެ، އާދަމް ހުސެއިން ބުނީ ރަށުގައި ބަޑިޖަހާ އަނިޔާތައް ދެމުންދިޔައިރު އޭނާގެ އުމުރުން ތިން އަހަރު ކަމަށެވެ. އަދި އެ ހަމަލާތަކުގައި އޭނާގެ އެއްބަނޑެއް ބަފާ ތިން މީހުން މަރުވިއިރު މަންމައަށް ސަލާމަތްކުރެވުނީ އޭނާ އެކަނި ކަމަށެވެ.

"މިރަށުން ބޭލީ ވަރަށް ވިއްސާރަ ދުވަހެއްގެ ރެޔެއްގައި. ވާރޭވެހެމުންދިޔަ. މަންމަ ދިޔައީ ކާނޑެއްދު އަށް އަނެއް ދުވަހު މަޑަވެއްޔަށް. އާއިލާ މީހުން ތިއްބަސް އެކަކު އަނެކަކަށް އެހީވެވޭނެ ހާލަތެއްގައެއް ނޫން އެ ދުވަހު ކަންތައް އޮތީ،" ތިން އަހަރުގެ ހަނދާންތައް އާކޮށް އޭނާ ކިޔައިދޭން ފެށި އެވެ.

ދިވެހި ސިފައިންނަކީ ތިނަދޫގެ ނަސްލު އޮޅުވާލާފައި ތިބި ބައެއްގެ ގޮތުގައި ތުހުމަތުކޮށް އޭނާ ބުނީ ސިފައިން އެ މީހުންގެ ގެތަކަށް ވަން ގޮތަށް މައިންބަފައިންގެ ފޮށިތަކުން އެމީހުން ބޭނުން ސާމާނެއް ނަގައިގެން ދިޔަ ކަމަށެވެ. އަދި ރަށްރަށުގެ ކަތީބުންނާއި ވެރިން ވެސް ކަންތައް ކުރީ ވަރަށް އިހާނެތިކޮށް ކަމަށާއި އެހެންވެ ރަށުން ބޭރުވާން މަޖުބޫރުވި ކަމަށެވެ.

"އެ ހިސާބުން ދިރިއުޅުމުގެ ހުރިޙާ އެއްޗެއް ގެއްލުނީ. މައުލޫމާތު ލިބޭ ގޮތުގައި އަޅުގަނޑުމެންގެ ގެ ވެސް ވަނީ ސިފައިން ވަނީ ހުޅުޖަހައި އަންދާލާފައި. ކޮބައިތޯ އިންސާނިއްޔަތުކަމަކީ،"

"މާތްالله ހަޒުރަތުގައި މި ދައުވާކުރުމަށް ފަހު ނޫނީ ދުވަހަކު ވެސް ނާސިރަށް މާފެއް ނުކުރާނަން،"

ތިނަދޫ މީހުން ކުރި ކުށަކީ ކޮބައިކަން އެ މީހުންނަށް ސާފުކޮށްދޭން ޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.

"އަޅުގަނޑުމެން ރަށުން ބޭރަށް އެއްލާލީ ކީއްވެކަން ބުނެދޭން ޖެހޭ. ހަމަ ސީދާ ކަނޑަށް އަޅާލީ. އެތައް ބަޔަކު ނިޔާވީ. ކަނޑުގައި ފަތަފަތާ މަންމަ ކޮތީ ކުޑަކުޑަ ތާހަކަށް އަޅުގަނޑު ލައިގެން. ބަޔަކު ކަނޑުފައްޗެއްގައި އައިސް ސަލާމަތްކުރީ،" އޭނާ ބުންޏެވެ.

ތިނަދޫން މީހުން ބޭލުވި މައްސަލައިގައި އާދަމް ހުސެއިން ބަޔާން ދެނީ--

މަޑަވެއްޔަށް ދިއުމަށް ފަހު ވެސް އުޅެން ޖެހުނު ނިކަމެތި ހާލު ކިޔައިދެމުން އޭނާ ބުނީ ގޭގެއަށް ނާށި ހިފައިގެން ދައްތައާ އެކު ސަލާން ޖަހަން ދިޔަ ކަމަށާއި އެ ނާއްޓަށް ބަޔަކު ގަރުދިޔަކޮޅެއް އަޅައިދިނުމުން ދެން ގޮސް ވަލުތެރެއިން ކިހާ ހޯދައިގެން ކައި އުޅުނު ކަމަށެވެ.

"އަޅުގަނޑުގެ ދައްތަ ނިޔާވީ މީދާ ވިހަވެގެން. ކާނެ އެއްޗެއް ނެތި ތަންތަނުން ފެނުނުހާ އެއްޗެއް ކައިގެން،" އޭނާ ރޮވުމުން ބުންޏެވެ.

އެ ހާދިސާއާ އެކު ވަރަށް ބޮޑަށް ނަފްސާނީވެފައިވާ ކަމަށާއި އެކަމުގައި ދައުލަތަށް ބަދަލެއް ދެވޭނެ ކަމަށް ގަބޫލުނުކުރިޔަސް އެ ބަޔާން ދެނީ މީހުންނަށް އެކަމުގެ މައުލޫމާތު ދޭން ކަމަށް އޭނާ ބުންޏެވެ.

އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ އެ އަޑުއެހުމުގައި ޗީފް އޮމްބަޑްސްޕާސަން އަބްދުއްސަލާމް އާރިފް ވަނީ އޭނާއާ އިތުރު ސުވާލުތައް ވެސް ކުރިމަތިކޮށްފަ އެވެ. އޭގެ ތެރޭގައި ވަކިއިރެއްގެ ކުރިން ރަށުން ފޭބުމަށް އެންގިތޯ އާއި މުދާތައް އަންދާލި ގޮތުގެ މައުލޫމާތު ވެސް އޮޅުންފިލުއްވި އެވެ.

އޭނާގެ މަންމަ އާއި އަދިވެސް ރަށުގެ އިތުރު މީހުންނާ ހަވާލާދީ އޭނާ ބުނީ ރަށުން ފޭބުމަށް އެންގީ އެ ދުވަހުގެ އިރުއޮއްސި ހައެއްގެ ކުރިން ކަމަށާއި އެކަމަކު އެ އެންގުން އެންގި ވަގުތު ސާފުނުވާ ކަމަށެވެ.

އެ އަޑުއެހުމުގައި ބަޔާން ދިން ތިނަދޫ، އައިޝަތު ހުސެއިން ބުނީ އޭނާގެ ބައްޕަ ނިޔާވީ ނާސިރާ އެކު ދިޔަ ސިފައިން ދިން ބަޑީގެ ހަަމަލާގައި ކަމަށެވެ. އޭރު މަންޒަރު ފެނި މަންމަ ހެޔަށް ގޮތްވެގެން ގެއަށް ގެންދިޔަ ކަމަށާއި އޭނާގެ ކުދި ކުދިންތައް ކިހިލި ޖަހައިގެން އޭރު ވެސް އެތަނުގައި އޭނާ ހުރި ކަމަށެވެ. އަދި ރަށުން ފައިބަން އެންގުމުން ރަށުގެ ރައްޔިތުން ބައްތެލިތަކާ ދިމާލަށް ދުވެފައި ދިޔަ ކަމަށާއި އޭރު ބައެއް ގެތަށް އަނދަންމުންދިޔަ ކަމަށެވެ.

އައިޝަތު ހުސެއިން ބަޔާން ދެނީ--

ރަށުން ފައިބަން އެހެން ރަށަކަށް ދޯނީގައި ދިއުމަށް އުފުލި ތަކުލީފްތައް ވެސް އޭނާ ކިޔައިދިނެވެ. އަދި ރަށަށް އަނބުރާ އެރުވީ އެ ހާލެއްގައި އެތައް އަހަރަކު ތެޅުވުމަށް ފަހު ކަމަށް ބުންޏެވެ،

އެ ރަށު އައިޝަތު ފަރީދާ އޭނާއަށް ދިމާވި ހާދިސާތައް ކިޔައިދެމުން ބުނީ ގެއިން ބޭރުކޮށް ދިން އަނިޔާތަކުގެ ވާހަކަ އެވެ. އޭނާ ބުނީ މަގުމަތިން ހުއްސަރި ބައި އަންހެނަކު ފެނިއްޖެ ނަމަ، އެއީ ރަށަށް އެރި ސިފައިންގެ މީހުންގެ އަނބިގެން ގޮތުގައި ހަދައިގެން އުޅުނު ކަމަށާއި ބަޑި ޖަހައި އެތައް ބަޔަކު މެރި ކަމަށެވެ.

އޭރު އުމުރުން 17 އަހަރުގެ ފަރީދާ ބުނީ، ގެއާއި މުދަލާއި ހުރިހާ އެއްޗެއް އެމީހުން ނެގި ކަމަށެވެ. އާއިލާގެ ބައެއް މީހުން ޖަލަށް ލައި ވަރަށް ގަދައަށް އަނިޔާކޮށް އަރުވާލުމުގެ ސަބަބުން ނަފްސާނީވި ކަމަށް އޭނާ ކިޔައިދިނެވެ. އެ ދިން އަނިޔާތަކާ އެކު ދަރިން ގޮވައިގެން އޭނާ އައީ މާލެއަށެވެ. އަދި ފަހުން ރަށުގައި ދިރިއުޅެން ފެށީ ދެވަނަ ފަހަރަށް ރަށުގައި މީހުން ވަޒަންވެރިވާން ފެށުމުންނެވެ.

ދައުލަތުގެ މީޑިއާ އިން ލައިވްކުރަމުން އަންނަ އެ މައްސަލަގެ އަޑުއެހުންތައް ދެން ކުރިއަށްދާނީ މިއަދު މެންދުރު 2:30 އިން ހަވީރު 6:00 އަށެވެ.

މީގެ ދެ އަހަރު ކުރިން ފާސްކޮށް، އަމަލުކުރަމުން އަންނަ އިންތިގާލީ އިންސާފުގެ ގާނޫނުގައި އޮތް ގޮތުން އެ ގާނޫނުގެ ދަށުން އިންސާފު ހޯދޭނީ ޖެނުއަރީ 1، 1953 އިން ނޮވެމްބަރު 17، 2018 އާ ހަމަ އަށް ހިންގާފައިވާ ކަންކަމަށެވެ. އެ މުއްދަތުގައި ދައުލަތުންނާއި މުއައްސަސާތަކުން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތައް ބަލައި ތަހުގީގުކޮށް ހަގީގަތް ހާމަކޮށް، އިންސާފު ހޯދައިދިނުން ގާނޫނުން އެ އޮފީހަށް ލާޒިމްކޮށްފައިވެ އެވެ.

118 ކޮމެންޓް, 46 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 63%
icon angry icon angry 28%
icon wow icon wow 2%
icon inlove icon inlove 2%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޝައިނީ

21 March 2022

މާލެ މީހުންނާއި ދެން ތިބި ބަޔަކު ހީކުރަނީ އެއީ ތިނަދޫ މީހުންގެ ކުށެއް ކަމަށް. ބަޢާވާތް ކުރަން ޖެހުނީ އަސާސީ ޙިދުމަތްތަކުން މަހުރޫމުކޮށް އެހެން ޤައުމެއްގެ ބަޔަކަށް ހަދާގޮތަށް މާލެ އަރަން ވިސާ ހޯދަން ޖެހި ، މާލެއަށް ޖިޒީ ދައްކައިގެން އުޅެން މަޖުބޫރުކުރީމަ. މިހާރުވެސް ޤުދުރަތީ ވަސީލަތްތަކާއި ރަށްތައް ގިނަ ސުވަދީބަށް މިނިވަންވެވިދާނެ.

The name is already taken The name is available. Register?

ސޮރީ

21 March 2022

އެއީ އޭރު ކުރަންޖެހޭކަމެއް. އެކަން އެގޮތަށް ނުކުރިނަމަ ސޮވިއެޓް ޔޫނިއަން ރޫލުނުހެން މިޤައުމު ގެ އަތޮޅުތައް ބައިބައިވީސް. އިނގިރޭސިންގެ ބަލާވެރިކަން އެއީ. ތަނެއްގެ ވެރިން ނުބައިވީމާ ހުރިހާ ބަލާވެރިކަމެއް ޖެހޭނީ ރައްޔަތުންނަށް، ތަނެއްގެ ރައްޔަތުން ނުބައިވީމާ ވެރިނަގެ ބަލާވެރިކަން ނުޖެހި ނުދާނެ.

The name is already taken The name is available. Register?

ކަކުނިބޯ

21 March 2022

މިއީ ޝަރީއަތެއްތަ ނޫނީ ޕްރޮޕެގަންޑާ ފެތުރުންތަ. މައްސަލަ ރައްދުވަފަރާތް ދުނިޔޭގައިވެސްނެތް އަދި އެއްކޮޅުން ދައްކާވާހަކަ އަޑުއަހާ ހުކުން އިއްވުން މީ ކޮންކަހަލަ އިންސާފެއް

The name is already taken The name is available. Register?

ފަޒީލާލާ

21 March 2022

ތި ހާދިސާއަކީ އަހަރެމެން ހިތާމަކުރާ ކަމެއް. އަނިޔާވެރިވުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން. އެހެނަސް ތިނަދޫ މީހުން ރަށުން ބޭލުމުން ހުވަދުއަތޮޅުގެ އެކި ރަށްރަށަށް ގޮސް ކުރި ކަންތައްތައްވެސް ރަނގަޅެއް ނޫން. ގދ.ގައްދޫއިން ވައްކަންކޮށް، މުދާ ލޫޓުވާ އަންހެނުންގެ އިއްފަތް ފޭރުނު. މިއީ ހަގީގަތް. ގއ.ވިލިނގިލިން އެމީހުންނަށް ހިމާޔަތްދީ ހެދި، އެކަމަކު ތިނަދޫ މީހުންނަކީ ވަރަށް ނުބައި ބައެއް. ކިތަންމެ ހެޔޮ ކަމެއް ކޮށްދިނަސް ހަނދާނުގަ ނުހުންނަ ބައެއް

The name is already taken The name is available. Register?

ތަކުރުފާނުން

21 March 2022

ބަޣާވާތް ކުރިޔަސް ރަށުން ބާލާކަށް ނުޖެހޭ. މުދާ ލޫޓުވާކަށް ނުޖެހޭ. ރޭޕްކުރާކަށްނުޖެހޭ. އަނިޔާތަކެއް ދޭކަށް ނުޖެހޭ. ސަރުކާރުން އޭރު އަމަލުކުރީ ޤާނޫނާ ޚިލާފަށް. ރަށް ސަރުކާރުގެ ބާރުގެ ދަށަށް ގެނެސް، އަދުލުވެރި ޝަރީއަތެއްކޮށް، ހެޔޮގޮތުގައި ވެރިކަން ކުރެވެން އޮވެމެ އިހްތިޔާރުކުރީ އަނިޔާވެރިކަން.

The name is already taken The name is available. Register?

އައިމިނާ

20 March 2022

" ކޮނުނު ކޮނުނުހެން ފަސް ގިނަވާނީ. ބިތު ފަންގި ނެގި ވަރަކަށް ކެޔޮކޭވަރު އެނގޭނީ." މާ އާއިލީ ވަންތަ ބަޔަކު އާއިލާގެ މޮޅުވާހަކަ ދައްކަން ކަރާ ފަޅަނީ. 4000 މީހުންގެ އާބާދީ އަކުން ހެކި ދައްކަން ޖެހޭނީ މިހާ މަދު މީސްކޮޅެއްބާ!

The name is already taken The name is available. Register?

ކަރުކައި

20 March 2022

ނުހިގޭ ފުރައިގެ ތުއްތު ކުދިން ބަގާވާތެއް ނުކުރޭ. އެކުދިންގެ ގެދޮރު އެކުދިންގެ ބައްޕަ ކުރި ކުށަކަށް ދައުލަތުން ގޮސް އަންދާލުމަކީ ޖަރީމާއެއް. ސަރުކާރާ ދެކޮޅު ހެދުމަކީ ކުށަކަށް ވަންޏާ ދެކޮޅު ހެދި ބަޔަކު ގެނގޮސް އަދަބުދިނީމަ ނިމުނީ.

The name is already taken The name is available. Register?

މިސްޓަރ ބަގާވަތް

20 March 2022

ތިނަދޫ ރައްޔިތުން ކުރީ ހަމަ ބޮޑު ބަގާވަތެއް. ނާސިރު ގައުމުގެ ވެރިއެއްގެ ހައިސިއްޔަތުން ކަން ކުރީ ރަނގަޅަށް. ގައުމުގެ ވެރިކަން ވައްޓާލަން މަސަކަތް ކުރީ. އަހަރުމެން ދެރައެއްނުވޭ. އަަހަރުން ދަރިންނަށްވެސް ކިޔައިދޭނީ ހަމަ މިހެން.

The name is already taken The name is available. Register?

އައިމިނާ

20 March 2022

ތިމާމެންގެ މުއްސަނދި ކަމުގެ ނާޖާއިޒް ފައިދާ ނަގައިގެން ރަށުގެ އަންހެނުންނާ ބެހިފަ ދެން ކޮން ހާސަރުތަކެއް މި ދަމަނީ.

The name is already taken The name is available. Register?

67932

20 March 2022

މީ ގައްދާރުންގެ ރަހުމްކުޑަކަމުން އެގައްދާރުންގެ އަހުލުވެރިން ބުއިބޮނޑިއެއް.މިވާހަކަ މީ ވީ އިހާނެތިކަމެއްކަމަށް ބަދަލުކުރަން އުޅެނީ ގައްދާރުކަން ހިތުގައި އަދިވެސް ހުރިމީހުން.ތިމާގެމައިންނާބަފައިން ގެ ކުއްގަބޫލްކޮއް ތިމާއިސްލާހުވެ މުޖުތަމައުގެ މީހުނާއެއްކޮއް އެއްގައުމެއްކަން ގަބޫލްކުރުން މާ ބުއްދިވެރި.އަދިވެސް މުދަލުގެ ދަހިވެތިކަމުގަ ބަދަލު ފައިސާއިން ލިބޭތޯ މި ނުކްނަންނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454